އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ބައިވެރިއަކަށް، އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެ މީހާއަށް އަނިޔާވެފައި ވަނީ އެއްވުން ރޫޅާލަން އުޅުމުގެ ތެރޭގައި، ފުލުހުންގެ އަތުންނެވެ.

އަނިޔާވެފައި ވަނީ ފިރިހެނެކަށެވެ.

އެ މީހާ ބިންބައްޗަަށް ވެއްޓުނުއިރު، އޭނާ އޮތީ ހޭނެތިފައެވެ. އޭނާގެ ގައިން ލޭ ވެސް ފައިބައިފައި ވެއެވެ.

އެ މީހާ މިހާރު ވަނީ ފުލުހުންގެ ވެހިކަލްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މުޒާހަރާ ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހުންގެ އަތުން އަނިޔާވި މީހާގެ ގައިން އޮހުރުނު ލޭ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަމަވެސް ފުލުހުން ވަނީ އޭނާއަށް އަނިޔާވީ މުޒާހަރާގެ ބައިވެރިންގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަައްކަތް ކުރަމުންދިޔަ ފުލުހުންގެ ސަފު ރޫޅާލައި، ކެފޭއެއްގެ ތެރެއަށް ވަން މުޒާހަރާގެ ބައިވެރިންގެ ގައިގައި އެތަނަށް މީހަކު ޖެހި ވެއްޓުމުގެ ސަބަބުން ބޯފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އަދި އެ މީހާ މިހާރު ފުުލުހުންގެ ވެހިކަލްގައި އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މުޒާހަރާގެ ތެރެއިން އިތުރު ބައެއް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަފީ

    ކޮންމެ ބަޔަކު ކުރިޔަސް މިހާލަތުގައި މުޒާހަރާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

    16
    50
    • ކެއްތެރިކަން

      އިޒުރެލުގެ ޒައިނިސްޓުން ފަލަސްތީނުގެ ރައްޔިތުންގަޔަށް ބޮލަށް މިއަރަނީ މިމަންޒަރު ސިފަވަނީ އަންހެނެއްފިރިހެނެއް މުސްކުޅިޔެއް ބެލުމެއްނެތި ޕޮލިހުން ހަނދާން ކުރަތި އމޑނ ހަމިދުގެ އޯޑަރަށް ތިއަނިޔާކުރަނީ ދިވެހި ރައްޔިތުންނަށް ހަމައެއްވލަމައެއް ނުބަލާ ޖަންގަލީގެ ސިންގާއެއްހެން ގަޔަށް ބޮލަށް އަރާ ތި ތަޅާގަންނަނީ ހަމައަންނަގޮތަށް ދިވެހި ރައްޔިތުނގެ ލޭ ތިކޮށަލަނީ ގަޔަށް ބޮލަށް އަރާ ތަޅައެއް ނުގަނެވޭނެ ތީ ވަރށް ނުބައިމެސެޖެއް ތިދެނީ މި ވެސް ދިވެހި ރައްޔިތުން ލާދީނި ހަމީދު ބޭނުން ގޮތެއް ނެހެދޭނެ ހަނދާންކުރާތި

  2. ދިވެއްސެއް ވީމަ ބުނަމޭ

    ގައުމެއް ބިނާ ކުރުމުގައި ޝަހީދުންނާއި ގުރުބާނީ ވާ މީހުންނަކީ ވަރަށް މުހިންމު ބައެކެވެ ގުރުބާނީ ވާނެ ބަޔަކު ނެތްނަމަ ގައުމު ފަސާދަވެ އަތްދަށުން ބީވެގެން ހިގައިދާނެއެވެ ފަލަސްތީނު ދުނިޔޭގެ ޗާޓުން ނުފޮހެވި އެއޮންނަނީ ޝަހީދުންގެ ދަރިން މަގުތަކަށްނުކުމެ އެ ކުރާ އިންތިފާޡާ ގެ ސަބަބުންނެވެ ކަނޑި ބަޑީ ގެ ކުރިމަތީ ތުއްތު ކުދިންގެ ތުއްތު އަތްތަކުން އުކާލާ ހިލަކޮޅު ތަކާ އޮއްގައު ކޮޅު ގެ ބާރުގައެވެ މީ ތިބާގެވެސް ގައުމެވެ ވިސްނާލާށެވެ ގްރުބާން ވާން ފަސް ނުޖެހޭށެވެ އަނިޔާވެރިކަމަށް ނޫނެކޭ ބުނާށެވެ މިގައުމު އަންނަން އޮތްޖީލުތަކަށް ފޯރު ކޮށްދިނުމަށް އަދުރޭ ތިކުރާ މަސައްކަތައް ސާބަހެވެ

    54
    4
  3. ވގ ޔނ

    މިސްކިތުގަ ހުއްޓަތަ އަނިޔާވީ ފުލުހުންނައް ފިލަން ދުވަނިކޮން ވެއްޓުނީ

  4. ބަޑިތަކުރު

    ކޮން ހާލަތެއްތޯ މީހަމަ އާދައިގެ ރޯގާއެއްނު ހުންއަންނާނެ ކަމައް ރަޖާލާކަށް ނުވާނެ ކޮވިޑޭ ކިޔާފަ ގައުމު އޮޔާދާން ދޫކޮށްލާފަ ތިބެގެން ނުވާނެ

    19
    1
  5. އަނިޔާ

    އޭނަޔަށް އަނީޔާވީ މުޒާހަރާގެ ބައިވެރިއެއް ފިލަން ދުވަނިކޮށް އޭނަގެ ގައިގަ ޖެހި ވެއްޓި. ވަގަށް ސައިކަލެއް ނަގައިގެން ފިލަން ދުއްވަނިކޮށް އެކްސިޑެޓްވީމަ އެވެސް ކިޔާނީ ފުލުހުން އަތުން އެކަސިޑެންޓުވީޔޭތަ.

    4
    16
  6. ޙާކިމާ

    ޢަފީ! ނޯނޯ . ކުރަން އެބަޖެހޭ. ހާލަތު ވަރަށް ގޯސް .