އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު 16:00ގައި ފަށަން އޮތް މި މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރު ކުރަން ފަށާފައެވެ.

ފުލުހުން ވަނީ މިއަދު މުޒާހަރާ ފެށުމުގެ ގަޑިއެއްހާ އިރު ކުރިން މުޒާހަރާ ކުުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށްވެސް ވިދާޅުވެފައެވެ،

އެހެން ނަމަވެސް އިދިކޮޅު މުޒާހަރާ ފެށިއެވެ. އަދި މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ހެން ފުލުހުންގެ އެސްއޯ ޓީމުން މަގުތައް ބަންދު ކުރިއެވެ. އަދި މުޒާހަރާ ކުރިއަށް ގެންދަން ހުރަސް އަޅާ ކަންކަން ކުރިއެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ފަށާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުޒާހަރާއިން މިިހާތަނަށް 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިދިކޮޅުން މުޒާހަރާކޮށްފައި ވަނީ މުޒާހަރާ ކުރާނެ ކަން މީގެ ފަސް ވަރަކަށް ދުވަސް ކުރިން އިއުލާނު ކުރި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ﷲاكبر ﷲاكبر ﷲاكبر

    ޔާﷲ މުނާފިޤުންނަށް ބޯލަނބާ ޖާ ހިލުން ބައިބައިކޮށް ނިކަމެތިކޮށް އެޖާ ހިލުންގެ އަނިޔާވެރިކަމުގެ އަނިޔާވެރިކަން އެޖާ ހިލުނަށް އަނިޔާވެރިގޮތަކަށް އެޖާ ހިލުނަށް ދައްކަވާނދޭ ނުބައި ނުލަފާ ފާޝިގުން ބައިބައިކޮށް ނިކަމެތިކުރައްވާނދޭ ޔާﷲ

    4
    1
  2. އަނދުން ޝަހިމެޓިކްސް

    އެހެންތަ؟ ހައެއްކަ މީހުންތެރޭން 28 މީހުން ހައްޔަރު ކޮށްފި! ހާދަ މޮޅޭ.

  3. Happy

    ÷ޕޕއމ ކިހާބޮޑު ބަލާވެރިކަމެއް!