ހުޅުމާލެ ފޭސް ދޭއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ ފަރުކޮޅު ފުށި ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއްގައި ކަމަށެވެ.

މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވަނީ ހުޅުމާލޭގައި ހުންނަ އެމްއެންޑީއެފް ސްޓޭޝަންގެ ސިފައިންނެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، އެ ސަރަހައްދުގައި ރޯވެފައި ހުރި މަންޒަރު ފެނެއެވެ. އަދި ވަރަށް ބޮޑަށް ދުން އަރާ މަންޒަރުވެސް ފެނިގެން ދެއެެވެ.

އަދި އަލިފާން ރޯވި އެ ސަރަހައްދުގައި ހައިމާކުން ސާފް ކުރުމުގެ މަސައްކަތް ކުރާ މަންޒަރުވެސް ފެނިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅަބޭ

    އަޅާނުލާ ރޯވާން ދޫކޮއްލާ. ތީކީ ރައްޔިޔަތަކައް އެއްވެސް ފައިދާއެއްވި ތަނަކައް ނުވި. ތިތަން "ތިލަފުށި ޕޭސް 2" ކިޔާފަ ކުނި އަންދާތަނަކައް ހަދާ.

    7
    1