މުޒާހަރާތައް ކުރިއަށްގެންދަން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެންގުޅުއްވާ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ އަދުރޭގެ ލީޑަރޝިޕްގެ ދަށުން އިދިކޮޅު ކޯލިޝަނުން ބާއްވަމުންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވަމުނެވެ.

އެގޮތުން މިނިސްޓަރ ކުރެއްވި ޓުވިޓުގައި ވިދާޅުވީ، މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓެޖީ އެބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މިނިސްޓަރ އެކަމާއި ގުޅޭގޮތުން އިތުރު އެއްޗެެއް ވިދާޅެއް ނުވެއެވެ.

މިއަދު އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ހުރަސް އަޅާފައިވާ ކަމަށާއި އެހެން ނަމަވެސް ބުނެފައިވާ ގަޑިއަށް އެބޭފުޅުން މުޒާހަރާ ބާއްވާނެ ކަމަށެވެ.

އިދިކޮޅުން މިއަދު މާލޭގައި ކުރިއަށް ގެންދިއުމަށް ހަމެޖުހުނު މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މުޒާހަރާއަށް ހުރަސް އަޅާ ބައެއް ފަރާތްތަކުން ހައްޔަރު ކޮށްފައެވެ. އެގޮތުން މިހާތަނަށް 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި އަދުރޭ އާއި ކޯލިޝަންގެ އިސް ފަރާތްތަކުން ހިމެނެއެވެ.

އިދިކޮޅުން މިއަދު ހަވީރު މާލޭގައި މުޒާހަރާ ކުރިއިރު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރަބަރޭ

    މަނިކުފާނު ދުޢާ ސަސްކޮށްދެއްވާ ގޮތް އަދުރޭއަށް ވެސް އެގެޔޯ

    17
  2. ޜޮދި

    މުނާފިގުހު

    17
  3. ސޯޓް

    ހަހ ހިނާ ހިފަ ހައްޓަން ރާއްޖޭގަ ތިބި ހާ ސިފައިން

    28
    1
  4. އާދަންބެ

    އަޅުގަނޑުމެންނައްވެސް އެނގޭ އކަން އެއީ އެކުގަ މުޒާހަރާކޮއްފައިވާ ބަޔަކައް އެނގޭނެނޫންތޯ އަނބަނކު ވަރިކޮއްފަ ހުއްޓަސް އެއަނބިމީހާގެ ހުރިހާ ކަމެއް އެނގޭނެ ނޫންތޯ ތިޔަވާކަ ނުދެއްކިޔަސް ތިޔައީ އެންމެން ދަންނަ ސިއްރެއް

    32
  5. ޒާ

    އިމްރާން ދެން ފެންކުޅިކުޅެން ގޭގަ ނުބަހައްޓާނެ.

    34
  6. ސަމީ

    މިނިސްޓަރ އޮފް ސްޓްރެޓެޖީ ކޮބައިތަ މޭޑޭ ގަ ހިފައިގެން ހުރި ލިޔުންތައް ކޮންތާކައްތަ އެ ލިޔުންތައް ލާފަ ތިޔަ އުޅެނީ

    40
  7. ީިޔަޚްޔާ

    ޢިމްރާން ވަރުގެ ޔަހޫދީ އިންސާނަކުވެސް މިރާއްޖޭގަ ނުހުނޤނާނެ ގޮތްކުޑަ މީހެއްތީ ކަލޭގެ ބަހެއް މިރާއްޖެއަކު ދެން ނުވިކޭނެ

    36
  8. ހަޔަސިންތް

    ގުދޯ ގުދޯ ނުގޮވާ

    29
    1
  9. Anonymous

    އެއްވެސް މީހަކު ހީނުކުރާތި ތިމެންނަ މީ އެއްމެ އެގޭ މީހާކަމަށް.! އެގޭ އޭ ބުނާމީހުން

    32
  10. ސިޔާސީއިމްރާން

    އަހަންނައްވެސް އެނގޭ ކަލޭ ކަންތައްކުރާނެގޮތުގެ ސްޓެރަޖީ
    ޥަރައްރަނގަޅައް އެއްޗެއްބުނެވިއްޖެދޯ

    30
  11. ބޮލި މުލައް

    އެހެންވެތަ ދެން ވެދާނެ ގޮތަކާމެދު ގަންނާކުރައްވާ ބިރުން މުޒާހަރާ ނުފަށަނީސް މީހުން ހައްޔަރުކުރަންފެށީ

    33
  12. ނާގާބިލު

    މިއުޅެނީ ސްޓްރެޖީ ނޭގިގެން ތަ މިއުޅެނީ އަގަޔާ އަތާ ދިމާ ނުވެގެން

    33
    1
  13. ޓޭންކަރު

    ކަލެެެޔަށް އެކަށްޗެެއްވެސް ނޭނގެ

    28
    1
  14. ހުސެން

    ގަދަ ބަސް ނުބުނޭ.ﷲ ގެ އިރާދައެއް ކަލެއަކަށް ނޭގޭނެ.އިސާހިތަކު ﷲ ގެ ރަޙުމަތުން މިސުންޕާ ވެރިކަން ނިމޭނެ.ބޮޑާ ނުވޭ.ރަނގަޅު ގޮޅިއަށް އަރަން އުޅޭ.އެހެން ނޫނީ އެ ނުބައި ގޮޅިއާއެކު ހުރޭ.ކޮންމެވެސް ގޮތެއް ނިންމާ.

    34
    2
  15. ކޮރޯނާ

    ދީނީ އިލްމުވެރިއަކުން ޓެކްޓިކަލް ޕްރޮޓެސްޓް ސްޓްރެޓެޖީ އެނަލިސްޓަކަށް މިވީ. ކިތެއް ފުލެޓު މި ކަލޭގެއަށް ލިބުނުބާ؟

    30
    1
  16. Anonymous

    ދެން އިންގިގެން އޮވެ ބަލަ

    27
    1
  17. ލ

    ދެން އިންގިގެން އޮވެ ބަލަ

    23
    2
  18. އަލިދީދީ

    ތިހެން ވީއިރު ކިޔާދީ ބަލަ އަލީ ވަހީދުގެ ސްޓްރެޓެޖީ އަކީ ކޮބާކަން.. ދަންނަ އެދުރު

    14
  19. ފަހަރި

    ދިވެސަރުކާރުދުއްއެންމެނާގާބިލު
    ހޯމްމިނިސްޓަރ
    މޭޑޭގައިއޮރިޔާންހާލުގަތިބިއަންހެނުންނާ
    މަސްތުގެހާލަތުގައިތިބިިމީީހުުންގޮވާގެން
    އިސްލާމީމަރުކަޒައްނަމާދައްދާންކަމައްބުނެ
    ފުލުހުންގެސަފުތައްފަޅާލާދާންމަސައްކަތް
    ކުރީ،ފުލުންނައްއަނިޔާކުރުވީކޮންކަހަލަނިޔަ
    ތެއްގަތޯ؟

    11
  20. ކޮލެޖް

    މިގައުމުގައި އެބަތިބި އިމްރާނު މީހުންނަށް އިސްތިހާރާ ނަމާދު ކުރަން ދަސްކޮއްދޭގޮތް އެނގޭ މީހުން ، ޚިދުމަތް ދޭން އިމްރާނު ގެންގުޅޭ އުކުޅުތައްވެސް އެނގޭ މީހުން ، އަދި މިގައުމުގެ ރައްޔިތުންނަށް އެނގޭ އިމްރާނަކީ ދީން ވިއްކައިގެން ވާހަކަ ކިޔައިދޭ މީހާކަން.

    11
  21. މަސް އޫދު

    މިހިރަ ޖިންސީ ފުރައްސާރަގަޑާ އަދުރޭމެން ކުރާކަމެއްގެ ދޮންޅުވެސޭގޭނެ! އިގޭނީ އަންހެނުންގެ ލަދުވެތި ގުނަވަނުގައި ހިފަން!

    14
  22. އމ އަދުރޭ

    ލަދުވެތިކަން ކޮބާ ތަ ކަލޭގެ ؟