އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމްގެ އޮފީސް ބަންދުކުރިޔަސް ސަރުކާރުގައި ހުރި މައްސަލަތައް ހައްލު ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި އެކޯލިޝަންގެ އިސް ލީޑަރުން ހައްޔަރު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އަދި މުޒާހަރާގެ ތެރެއިން އެސްއޯ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ބަންދުކޮށް، އެތަނުގެ އެތެރޭގައި ތިބި މީހުން ހިފަހައްޓާފައެެވެ. ފުލުހުން އެ އޮފީސް ބަންދުކޮށްފައި ވަނީ އެތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތަށް، ފުލުހުން ދޮރުމަތީގައި ގާޑުކޮށްގެން ތިބެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޮޑު މުޒާހަރާ ބޭއްވުމަށް ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

މީގެ ކުރިން އިދިކޮޅުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ސިލްސިލާ މުޒާހަރާތަކެއް ބޭއްވިއެވެ.

އިދިކޮޅުން މިއަދު ހަވީރު މުޒާހަރާކޮށްފައި ވަނީ "އިންސާފު ކޮބާ؟" ގެ ނަމުގައާއި "މަގޭ ފްލެޓް ކޮބާ؟" ގެ ނަމުގައެވެ.

މި މުޒާހަރާއަށްފަހު ޑރ. ވަހީދު ކުރި އެޓްވީޓްގައި ވަނީ ރައީސް ޔާމީން މިނިވަންކުރުމަށާއި، ސަރުކާރުން ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ ލީޑަރުންވެސް ދޫކޮށްލުމަށް ގޮވާއްލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ޢޭފިލިއާ ކަލޭ ކިއްވެ ކަލޭ ނުދިޔައީ ކަލޭތީ ފިލާއޮވެ އަގަތަޅާ މީހާ ދޯ

  5
  33
 2. މަނީމަނީ

  ބާގިރު ބަލާނީ މައްސަލައުފައްދައިގެން ބަގާވާތެއްކުރެވޭތޯ

  4
  25
 3. އަލްޖިބްރާ

  ބާރުގެ ބޭނުންކޮށްގެން ޕީ.ޕީއެމް ޔާމީނު ދަމައިގަތީމަ ސަރުކާރުގެ މައްސަލަތަށް ހައްލުވިތަ ؟ ކަލޭތީ އަނެއް ފެނުކައްކާ ބޮލި !

  7
  26
 4. ސަނީ

  ރަނގަޅު ވާހަކައެއް

  25
  2
 5. ބަހަނ1ީމް

  ވަހީދޫ ކަލޭ ކޮންތާކު އޮވެފަ ތިނުކުތީ

  6
  21
 6. ތިރިބެ

  މިގޮލާ ވެރިކައްޖަހައިގަނެގެއް ކުރިއިރުވެސް އެއްމެން ޖަލުގަ ގުދޯގުދޯނުގޮވާ

  6
  32
 7. ދަންފުޅި

  ވަހީދު ވިދާޅުވީ ތެދުފުޅެއް ރައްޔިތުން ނުކުންނަން މަޖުބޫރުކުރުވީ ބޮޑުޚިޔާނުތުގެ ވަގުން ފޮރުވާފައި ޔާމީނު ޖަލަށްލައި ފުލެޓުތައް ވަގަށް ނަގަމުންދާތީ ރައްޔިތުންނަށް ނުތިބެވިގެން އިންސަފުހޯދަން

 8. Happy

  މި ބާގީވެސް ހައްޔަރުކުރޭ ފިތުނަފަސާދާއިގެ ވެރިއްމީ..

 9. މާވަޑި ފަލާހު

  ބޭކާރު އަނގަނުތަޅާ ހިމޭނުންހުރުން ބުއްދިވެރި، މީނަގެ ސަބަބުން ޤައުމު މިހާލަތައް ވެއްޓުނީ، އަމިއްލަ އެދުމާ، ޖާހަތާ، ލައްޒަތާ، ވެރިކަން ބޭނުންވެގެން ހަރާމްވެގެންވާ ބަޤާވާތެއްކުރީ، މީނައަށް ހުވަފެނުގަވެސް ވެރިކަންކުރާތަން ނުފެންނާނަކަން އިނގޭ، އެހެންވެގެން ބޮޑުބަޤާވާތެއްކޮށް ޤާނޫނު އަސާސީއާ ހިލާފަށް ކުޑަކޮޓަރިއެއްގެ ތެރޭ ހުވާކުރީ،

 10. އަބުދުއްރަޙީމު

  ޑޮކްޓަރ މުޙައްމަދުވަޙީދުޙަސަންމަނިކު ޓްވީޓްކުރީމާ ރުންކުރު ކޮމެންޓް ކޮއްފަވަނީ ޕީޕީއިން އަދި ޕީއެންސީ ބައިބައިކުރުމަށްޓަކައި އެމްޑީޕީއިން ރާވައިގެން އެޕާޓީ ކުދިން ލައްވާ ކުރުވާ މުޑުދާރު އަމަލު ހަރުކަށިކޮށް ކޮށްވެރިކުރަމެވެ.

 11. ކަރީމްބޭ

  ޑޮކްޓަރ ވަހީދުގެ އިދިކޮޅު ކޮމެންޓްކުރިފަރާތްތައް ޕީޕީއެމް އެންޑް ޕީއެންސީގެ ވަރުގަދަ ފަހުލަވާނުންގެ ޑިސްލައިކުން ލަދުގަންނުވާލައިފި 30-3 Anonymous، މަނީމަނީ
  1-23، އަލްޖިބްރާ25-3، ބަހަނ1ީމް20-3، ތިރިބެ 27-3،

 12. ޖުހާ

  2023 ގެ ރައީސް