2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ހަތަރަކާއި 50 ގުނަކުރުމުން ދެލައްކަ އަންނާނެ ކަމަށް ވިދާޅުވެ "ޖެހި ހިސާބުގައި" މައްސަލައެއް އޮތްކަމަށް އަދިވެސް ގަބޫލު ނުކުރައްވާ ކަމަށް އިދިކޮޅު އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ހަތަރަކާއި 50 ގުނަކުރުމުން ދެލައްކަ އަންނާނެ ކަމަށް އަދުރޭ ވިދާޅުވުމުން އޭނާއަށް ބައެއް މީހުން ފާޑުކިޔުން އަމާޒުވެ ޖޯކެއްގެ ގޮތުގައި އަދިވެސް އެވާހަކަ ދައްކައެވެ.

"ވަގުތު" އަށް މިދިޔަ ހަފްތާގައި ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ ހަތަރަކާއި 50 ގުނަ ކުރުމުން ދެލައްކަ އަންނާނެ ކަމަށް އޭނާ ވިދާޅުވެ ދެއްކެވި ވާހަކަފުޅު ރަނގަޅަށް އަޑުއެހިނަމަ އޭނާ ދެއްކި ވާހަކައިގައި ގޯހެއް ނެތްކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ވާހަކަދައްކަމުން ދެންނެވީ އަޅުގަނޑުމެން ފުރަތަމަ ޖެހީ 30000 ގޮނޑިއޭ. ދެން ޖެހީ 20000 ގޮނޑިއޭ. އެހެންވީމަ އެވީ ފަންސާހޭ. ގުނަ ކުރައްވާށޭ ހަތަރަކާއި. އަޑުއަހާލީމަ އެނގޭނެ އަޅުގަނޑު ދެންނެވީ 30000 ގޮނޑިއޭ. ދެން ޖެހީ 20000 ގޮނޑިއޭ. އެހެންވީމަ އެވީ 50000 އޭ. 50000 ހަތަރަކާއި ގުނަ ކުރީމަ އަންނާނީ ދެލައްކަ. އަޅުގަނޑު އަދިވެސް ގަބޫލެއް ނުކުރަން އެއްކޮށް އަޑުއެހީމަ (ގޯހެއް އޮތް ކަމަކަށް.)" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ އޭނާގެ އިންޓަވިއުގައި އޭނާގެ ބައެއް އަމިއްލަ ވާހަކަތައް ވެސް ހިއްސާ ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ލިބުނު ނާކާމިޔާބާއި ގުޅިގެން މެލޭޝިއާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވާ ތިން މަސް ދުވަސް ވަންދެން އިނގިރޭސި ކިޔަވަން ވަޑައިގެންނެވި ކަމަށް ވެސް އަދުރޭ މިރޭ ވިދާޅުވިއެވެ. ނަމަވެސް ކިޔެވުން ހުއްޓާލުމަށް ފަހު އެނބުރި ވަޑައިގެންނެވީ އެނބުރި ސިޔާސީ ދާއިރާއަށް ނިކުންނަން ރައީސް ޔާމީން އެދިވަޑައިގެންނެވުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އަކީ މިހާރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަ ވަޑައިގަންނަވާ ލީޑަރެވެ. އޭނާގެ މައްޗަށް ވެސް މިހާރު ދައުލަތުން ވަނީ ޖިނާއީ ދައުވާއެއް އުފުލާފައެވެ. ހުތުރު ބަހުން ވާހަކަދެއްކި ކަމަށް ބުނެ އުފުލާފައިވާ އެދައުވާގެ ޝަރީޢަތް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޕުޗުސް

    މިކަހަލަ މޮޔައިންނަށްވެސް މުއްސަނދި ވެވެންޏާ ކޮންމެ މީހަކަށް ވެސް މުއްސަނދި ވެވޭނެ. ހުރިހާ ކުދިންވެސް މޯޓިވޭޓް ވޭ.

    31
    31
    • ޢިންސަފް

      މިއަދު ފެނިގެންދިޔައީ ޕޮލިހުންގެ އަނިޔަވެރިކަންހައްދު ފަހަނަ އަޅާފަވާ މންޒަރު އެމަންޒަރު ސިފަވީ އިޒުރޭލުގެ ޒައިނިސްޓް ޔަހުދީ ޕޮލިހުންސިަައިން ފަލސްތީނުގެ ރައްޔިތުންނަށް ދޭ ލާއިނސާނީ އަނިޔާތަށް ދޭ މންޒަރު އިންޑިޔާ ގެރި ފައުޖު ކަސްމީރުގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ތަފާތެއްނެއް މީ ސަދޫމުތަ ހަމައެއްލަމައެއް ނެތި ރައްޔިތުން ގަޔަށް ބޮލަށް މިއރަނީ ލޭ ކޮށާލާ ލިމަތި ފަޅާލާ މީ ތަންފުކެއް ބޮޑުވަރު ކެއްތެރިކަން ކޮޅުންލާ ހިސާބައް މިދަނީ މަވެސް މީ ޕޮލިހެއް ޕޮލިހުން ވިސްނާ އމޑ އެން ހަމިދު އަންގާ ގޮތޮމީ ީ

      14
      14
  2. ޗަކޮސް

    މިސޮރުގެ ބިޒްނަސްތައް ފެއިލް ވާން ވެއްޖެ އެންނު މިހެން ހިސާބު ހަދަންޏާ. އަދުރޭ. 10 އަކާއި 10 އަކާއި ގުނަ ކުރީމަ ވަނީ ކިހާވަރެއް؟ ބުނޭ ޖަވާބު އޮތީ ޔާމީނުގެ ޖަންގިޔާ ތެރޭގައޭ.

    23
    48
  3. ރައީސް ޔާމިން

    ސާބަހޭ އަދުރޭ. އައި މިސް ޔޫ ސޯ މަޗް ލޯބްސް.

    31
    15
  4. އަލި ދީދީ

    އަދުރޭގެ ތިބި ދަރިން ލަދު ގަންނާނެ ވަރު ވިސްނި މަވެސް އެބަ ލަދު ގަނޭ..

    31
    35
  5. ޕުޗުސް

    ވެއަރ މައި ކޮމެންޓްސް

    18
    4
  6. އާދަނު

    އަދުރޭއަށް ޖޯކު ޖަހާ މީހުންވެސް ގުޅާފަ ބުނަނީ ބްރޯ 2 އެއް ޓްރާންސްފަރ ކޮއްލަދޭށޭ. އަދުރޭ ކުރު ކޮއްލާފަ ބުނީމަ ގޯސް. އަމިއްލައަށް ދުއިސައްތަން ނޫނީ ދެހާސްކަން ވަކިނުވާގޮތަށް ބުނަން އޯކޭ.

    16
    5
  7. ތެދު

    އިން ދަ ކޮންޓެކްސްޓް އޮފް ސިނާޖީ... ޔެސް އިޓްސް ޓްރޫ

    5
    2
  8. އަބުސީ

    ޢަދިރޭ އަކީ ފައްކާ ރޯނު އެދުރެއް..ވެރިކަން ކުރެވިފަ ތިޔައޮތީ..

    15
    5
  9. ހެހެހެ

    ނަމާދު ކުރަން ބޭނުންނުވާ މީހުން އަޑުއަހާނީ ނަމާދާގައިނުވުމަށް އޮތްބައި އެކަނި އެހެނީ ތި 50 ގެ ވާހަކަ ދެއްކިއިރު 20000 އަދި 30000 ހާހޭ 2 ނުވަތަ 3 ފަހަރަށް ކިޔާފަ ބުނީ އެއީ 50 ހޭ އޭގެ މާނައެެއްނޫން ކަންނޭގެ ހަމައެކަނި 50 ކަމަކަށް އެބުނީ 50000 ކަން އަޑުއަހަން ތިބި މީހުނަށް ފަހުންވާނެ ދެން އަމިއްލަ ނަފުސާ ސުވާލުކޮށްލާ ތިމާ ރައްޓެއްސެއް ކައިރީގަ ލޯނަށް އެދޭ އިރު 5 ވަރު އޯކޭ ބުނީމަ އެބުނީ 5ރުފިޔާތޯ.

    16
    7
  10. ގޯހެއް ނޫން

    ބައްލަވާ އެއީ މިހާރު ހަމަ އާންމު ކޮށް ދިވެހިން ވާހަކަ ދައްކާ އުޅޭ ގޮތް.. ތި ވާހަކައިން ފާހަގަވީ އަދުރޭގެ ބަހުގެ މުއްސަނދިކަން.. ބަޔަކަށް އަދުރޭ ބުނީމަ އޭތި ޖޯކަކަށް ވިޔަސް..🧑‍🏫🧑‍🏫

    10
    5
  11. ހަސަދު

    ގައުމުގެ ރައީސް ކަން ކުރެވޭރަށް ހިސާބު އިލްމު ލިބިއްޖެ.

  12. ބަކޭ

    އަދުރޭ ބުނީމަ ޕީޕީ ކުދިން ކޮޅަށް ވާނީ އަދުރޭގެ ބަސްމޮށުންތެރިކަން މޮޅު ކަމަށް 😂😂. މުޅި ހިސާބު އިލްމަށްވެސް ހުރި ބޮޑު ޖޯކެއް. ލާރި ކެވުނު ވަރު ނޭންގޭ ހިސާބަށް ދިޔައިމަ ވާނެ ތިހެން.

    3
    2
  13. ޖަނާޒާ

    ސަޅި ފޯމިއުލާއެއް! 50/4 ކުން 200000 ފެނޭ ! ސާބަހޭ އަދުރޭ