މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 133 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 117 މީހުން ފައްސިވީ މާލެއިންނެވެ. އަތޮޅުތެރޭގެ ރަށްތަކުން މިއަދު ހަތަރު މީހަކު ފައްސިވެފައިވެއެވެ. އޭގެ އިތުރުން ރިސޯޓްތަކުން މިއަދު 12 މީހަކު ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19479 އަށް އަރާފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު މިއަދުވެސް އިތުރެއް ނުވެއެވެ. މިހާރު ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 162 މީހުންނަށެވެ. ފާއިތުވި ތިން ދުވަހު ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުންގެންދާ މީހުންގެ އަދަދަށް ބަދަލެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލި ދީދީ

    މިއަދު ކަލޭމެން ހަނު ހުރެއްޖެ ނަމަ މާދަމާ ކަލޭމެންގެ ދަރިންނާއި ދަރިންގެ ދަރިން ނޯށުން ރޯނެ..

  2. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    (1) ނަންބަރު ތައް ދަށްކުރުމުގެ އެންމެ ބޮޑު ފާލަކަށް ވާނީ ފެންވަރު ރަނގަޅު ވެކްސިން އެއް ރާއްޖެ އަށް ސަރުކާރުން ގެނެވިގެން. މިހާރު ރާއްޖޭގައި ބޭނުންކުރާ ވެކްސިން އަކީ ދުނިޔޭ ގެ ތަރައްޤީ ވެފައިވާ "އެއްވެސް" ޤައުމެއްގައި ބޭނުންކުރާ ވެކްސިން އެއް ނޫން. އެއީ އިތުބާރެއް ނެތް ވެކްސިން އަކަށް ވެފައި، މާތް ﷲ އިންސާނާ ގެ ނަސްލު ދެމެހެއްޓެވުމަށްޓަކައި ލެއްވެވި ނިއުކުލިއަސް ގައިވާ ކޯޑު ކަމަށްވާ ޑީ.އެން.އޭ އަށް ވަދެގެން މަސައްކަތް ކުރާ ވެކްސިން އަކަށް ވާތީ. މި ވެކްސިން އުފެއްދި ކުންފުނީ ގެ ފެކްޓް ޝީޓް ގައި މި ވާހަކަ ކަނޑައެޅިގެން ލިޔެފައި އޮވޭ. (2) ކޮންމެ އިންސާނަކަށް ވެސް ޅަ އެއްޗެހި އެޅޭނެކަން ސަރުކާރުން ޤަބޫލް ކޮށް، ހޭހަން ހުރި ޤައުމު ތަކުގައި ބޭނުން ކުރާ ވެކްސިން އެއް (މިހާރު ވެކްސިން ނުޖަހާ ތިބި މީހުންނަށް ޖެހުމަށް ނަމަވެސް) އެތެރެކުރެވިގެން ނޫން ގޮތަކަށް ނަންބަރު ތައް ތިރިއެއް ނުކުރެވޭނެ. (2) މިހާރު ޖަހާ ވެކްސިން ގެ ކަންތައް ކޮށްފައި މިއޮތީ ރާއްޖޭގައި މަސްތުވާ ތަކެތި ވިއްކާ މީހުން ކަންތައް ކުރާގޮތަށް. އެމީހުން ފުރަތަމަ "ފަތް" ނުވަތަ މަރިޖުއާނާ ދެނީ ހިލޭ. އެ ބޮއި ރަނގަޅަށް ޢަމަލު ޖެހުނީމާ، ބޮޑު އަގުގައި ވިއްކަނީ. (3) މި ވެކްސިން ގެ ދެވަނަ ޑޯޒް ގަންނަން ސިންގަޕޫރަށް ދާންޖެހޭ ސަބަބަކީ އެއީ. އޭރުން ކުންފުންޏާ ގުޅިފައި ތިބި ފަރާތްތަކަށް ބައިއެޅިގެންދާނެތީ. މިގޮތަށް ބްރޯކަރުންނެއް "ފައިޒާ" އަދި "މޮޑާނަރ" އަކު ނުތިބޭ. ގަންނަން ޖެހެނީ ސީދާ ކުންފުނިން. ރާއްޖޭ ގައި ތެޅިފޮޅިގަނެގެން ވެކްސިން ޖަހަން ފެއްޓި ސަބަބެއް ނޭންގެ !

    • ތޮއްޑު އައްޔަ

      މިއީސަރުކާރުގެ ޑޮކްޓަރެއްނޫން ވީމާ ޤަބޫލް ކުރެވޭ. ސަރުކާރުގެ ޑޮކްޓަރުންނަށްތިބެނީ އޭތި މީތިދީފަ. ޢަލީލަތީފްއަށް ވެސް ރޯ ހައުސް އެއް އޮވޭދީފަ. މުޙައްމަދުޢަލީ ވެސް އެއީސަރުކާރުގެ ވަޒީފާގައިހުރިމީހެއް. މުޙައްމަދު ޢަލީ ވެސް އުޅެނީވައިޖަހަން. ރޯ ހައުސްއެއް ލިބޭތޯ ހީހީފަ.

  3. ާއަބުދުﷲ

    ޢާއްމު ރައްޔިތުންނަށް އޮޅުވާލުމަށް ކޮވިޑް ނެތްވަރށް ބޮޑު ކޮށްގެން ޕްރޮޕެގެންޑާ ފަތުރާ އާއްމު ސާމިލު އަނިޔާވެރިކަމެއް މިދަނީ ހިންގަމުން. ދުނިޔޭގަ ކޮވިޑުގަ މަރުވާ އެއްމެ ކުޑަ ނިސްބަތާ އަޅާބެލީމަވެސް މިރާއްޖޭގަ ޖެހުނު އަދަދަކަށްވާނީ 6000

  4. މުބްސް

    މިއީ ޑީ.އެން.އޭ ގެ ވެކްސިން އެއް. ޑީ.އެން.އޭ ގެ އެތެރެއަށް ވަދޭތޯ ނުވަތޭތޯ ޓެސްޓް ކުރެވިފަކާ ނެތް. ވީމާ ބެލެވޭނީ ވަންނަކަމަށް. ޑީ.އެން.އޭ އާއި ކުޅެން ޙިޔާރު ކުރިކަމީ ވެސް ގޯހެއް.

  5. ވަލީދު

    ސަރުކާރާއި އެޗްޕީއޭގެ ދޯދިޔާ ކަން އިންތިހާގައި. ކީއްވެހޭ ފުލް ބަންދަ ކަށް ނުދާންވީ؟ ހާލަތުމިއޮތީ އިންތިހާއަށް ގޯސްވެފައި! ސަރު ކާރު އޮފީސްތަ ކާއި ސަރުކ ކާރުކ ކުންފުނިތައްވެސް އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް އަމަލެއްނު ކުރޭ! ހުރިހާތަނެއްވެސް ފުލްކ ކޮށް ސްޓާފުންނެރެގެން ފުލް ކޮށް މަސައް ކަތް ކުރަނީ!! އެޗްޕީއޭ ނިދާފަ؟؟

  6. މުބީނު މާރނީ

    އަދި މިހާތަނަށް ޑީ.އެން.އޭ ގެ އެއްވެސް ބޭހަކަށް ނުވަތަ އިންޖެކްޝަން އަކަށް އެމެރިކާ ގެ އެފް.ޑީ.އޭ އަކުން ހުއްދަދީފަކާ ނެތް. އެފް.ޑީ.އޭ އަކީ މުޅި ދުނިޔޭގެ ހުރިހާ ބޭހަކަށް ހުއްދަދޭ މަރުކަޒު. ޑރ. މުޙައްމަދު ޢަލީ ބުނަނީ ބަދަލު ނުވާނޭ. ސަރުކާރުން އަޅާ ކޮންމެ ޅަ އެއްޗެއް ފޮރުވަން ސަރުކާރުގެ ޑޮކްޓަރުން މަސައްކަތް ކުރާނެ. ރާއްޖެ އަށް ކޮލިޓީ ވެކްސިން އެއް ގެނައުމަށް ގޮވާލަން.