22:28

ރާއްޖެ އިން ވެކްސިން ދިން މީހުންގެ އަދަދު އެއްލައްކަ ފަސްހާހަށް އަރައިފި.

18:24

15:40

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިފި

08:29

ޖަރުމަންވިލާތުގެ އެންމެ މަތީ ޝަރަފް ވެކްސިން އުފެއްދި ބައޯއެންޓެކްގެ މުސްލިމް ދެމަފިރިންނަށް.

01:32

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ.


ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހަން ފެށުމުން ކޮންމެވެސް ވަރެއް އުއްމީދެއް އާވެފައި ވީނަމަވެސް ވެކްސިނަކީ އަވަހަށް މިބަލިމަޑިކަމުން ސަލާމަތް ވެވެގެން އޮތް މަގެއް ނޫންކަން ގަބޫލުކުރަން މިހާރު ވަނީ މަޖުބޫރު ވެފައެވެ.

ކޮވިޑް-19 އަށް މުޅި ދުނިޔެ އިން ފައްސިވާ މީހުންގެ އެވްރެޖް އަދަދު ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ދުވަހުން ދުވަހަށް ދަށަށް ދިއުމަށް ފަހު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ދުނިޔެ އިން ކޮވިޑަށް ހަތް ދުވަހުގެ ތެރޭގައި ފައްސިވި މީހުންގެ އެވްރެޖް އަދަދު ހުރީ 742000 ގައެވެ. ހަތް ދުވަހުގެ އެވްރެޖް އަދަދު ދަށަށް ދަމުން ގޮސް މިމަހުގެ 19 ވަނަ ދުވަހު ހަތް ދުވަހުގެ އެވްރެޖް 361000 އަށް މަދުވިއެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އިއްޔެގެ އަދަދުތަކަށް ބަލާއިރު ހަތް ދުވަހުގެ އެވްރެޖް ހުރީ 382000 ގައެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު ވެސް ރާއްޖެ އިން 133 މީހަކު ކޮވިޑަށް ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 117 މީހުން ފައްސިވީ މާލެއިންނެވެ. އަތޮޅުތެރޭގެ ރަށްތަކުން މިއަދު ހަތަރު މީހަކު ފައްސިވެފައިވެއެވެ. އޭގެ އިތުރުން ރިސޯޓްތަކުން މިއަދު 12 މީހަކު ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19479 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ނޫހުގެ ފަލަ ސުރުހީ ކިވިޑާ ގުޅުވައިގެން ނުހަދާ އިގްތިސާދީ ވާހަކަ ތަކުން ނޫަް ފުރާލަބަލަ