މައުމޫން ޖަލުގައި ބަހައްޓައިގެން ރައީސް ޔާމީން އަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
އިދިކޮޅު ޕާޓީތަކުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ގާނޫނާ ޚިލާފަށް އަނިޔާވެރި ގޮތުގައި ހައްޔަރުކުރި ފަހުން 120 ދުވަސް ފާއިތުވެގެންދިޔަނަމަވެސް އެމަނިކުފާނުގެ ހިތްވަރާއި އަޒުމަކަށް ކުޑަވެސް ގުޑުމެއް އައިސްފައިނުވާކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮއްފައިވާ ކުރީގެ ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރަނީ ދިވެހި ރައްޔިތުންގެ ހިތުގައި ރައީސް މައުމޫނަށް ދެވިފައިވާ އިހްތިރާމާއި ގަދަރާއި ލޯބި ކޮންމެވެސް ގޮތަކުން ނެތިކޮށްލާ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސް މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތައް ކާމިޔާބުވިޔަ ނުދިނުންކަމަށްވެސް މި ބަޔާނުގައި ވެއެވެ.
ހުކުމެއްނެތި 120 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަކުން ރައީސް މައުމޫންގެ އަޒުމަކަށް ކުޑަވެސް ގުޑުމެއް ނާންނަކަމަށާ އިދިކޮޅު އަނެއް 3 ލީޑަރުންނާއެކު ފެއްޓެވި މަސައްކަތުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވާކަމަށްވެސް ބުނެފައިވެއެވެ.
"މައުމޫންގެ ހަމައެކަނި ކުށަކީ ދިވެހި ގައުމު ބިނާކުރުމުގެ މަސައްކަތުގައި ދެމިހުންނެވުމާއި ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިސްލާހީ މަސައްކަތުގައި އެމަނިކުފާނު އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން" މިބަޔާނުގައި ވެއެވެ.
މައުމޫންގެ މައްޗަށް ދައުވާކުރަނީ 2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ދައުވާކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ 2013 ވަނަ އަހަރު ރައީސް މައުމޫން ކުރެއްވީ ކޮން މަސައްކަތްތަކެއްތޯ ބަލާލާއިރު ފެންނަނީ، ވަރުބަލިކަމެއްނެތި ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށަށް ވަޑައިގެން ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވި މަންޒަރު ކަމަށެވެ.
"މައުމޫންގެ މައްޗަށް ނިރުބަވެރި ދައުވާ އުފުލާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތް ކުރެއްވުން ކަމާއި، އެއީ އެންމެ ބޮޑު ނިރުބަވެރި އަމަލުކަމަށް މާނަކުރުމުގެ ފުރުސަތު އެބައޮތް" މިބަޔާނުގައި ވެއެވެ.
ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ރައްޔިތުންގެ ތާއީދު އެއްވެސް މިންވަރަކަށް ހޯދިފައިނުންކަމަށާ އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ތާއީދު ލިބިގެންދާނޭ އެއްވެސް މަގެއްވެސް ނެތުންކަމަށަށް މި ބަޔާނުގައި ވެއެވެ.
މިހާރުގެ ސަރުކާރުގެ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި އަދި ފަސާދައިގެ ވާހަކަތައް ހާމަކުރާ ހަމަކޮންމެ މީހަކު ޖަލަށްލުންކަމަށްވެސް ޕާޓީތަކުން ބުނެފައިވެއެވެ.
"ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ 4 ލީޑަރުން ޖަލަށް ލުމުން، އެ 4 ލީޑަރުންނަށް ދިވެހި ރައްޔިތުންގެ ކުރާ ތާއީދު މި ސަރުކާރަށް ލިބިގެންދާނެ ކަމަށް ދުށުމަށްވުރެ މޮޔަކަމެއް , މައުމޫން އަބްދުލްގައްޔޫމް ބަންދުގައި ބަހައްޓައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެދާނެކަމަށް ދުށުމަކީ ކުށް ހީއެއް" ބަޔާނުގައި ވެއެވެ.
މައމޫނު މަރުވެއްޖެއްޔާ ދިވެހިން ތިބޭނީ މޮޔަވެފް، ގާސިމަށް ހުކުމް ކޮށްފިއްޔާ ދިވެހިން އެއްމަސް ދުވަސް ތެރޭ ބަނޑަށްޖެހޭނެ، ނަޝީދަށް ވެރިކަން ނުލިބިއްޖެއްޔާމު، މިގައުމު އިންޑިޔާއަށް ވިއްކާލެވިދާނެ! އެހެންވީމަ މިތިންމީހުންވެސް ފޮނުވާލާ!
މައުމޫނަކީ ވަގެކޭ ގޮވީ ތިޔަ ބުނާ ލީޑަރުން މިހާރު ކޮންވާހަކައެއް ދައްކާކައް ކޮންމެހެން އަޯގަތެރި ވެގެން ދައްކާ ވާހަކައެއް ނޫން ތިޔަކީ ބަލަ މައުމޫން ނުބައި ކަމުން އެމް.ޑީ.ޕީ އުފެއްދީ މުޅި ރާއްޖޭގެ އެންމެން ކަަހަަލަ ގޮތަކަށް ނުކުމެ 2008ގަ މައުމޫން ބޭރުކުރި ބައިގަނޑު މިހާރު ތިޔަ ސަނާ ކިޔަނީ ކޮބައިތަ ލަދު ހަޔާތް މައުމޫން ޖަލުގަ އަންނި ފިލާ އޮވެ ޓްވީޓް ކުރަނީ ގާސިމް ފިލައިގެން ރައްޔަތުންގެ ހާލު ބަލަނީ އިސްލާހީ މަސައްކަތް ކުރާނީ ތިގޮތަށް ތިބެގެންތަ ބިރުން ފިލާތިބެ ކަލޭ މެންނަކަށްވެސް އިންތިޚާބު ކާމިޔާބެއް ނުޖުރެވޭނެ އަންނި އަކަށް ކުރި މައްޗެއް ނުލެވޭނެ
ބަލަ ވެރިކަން ދެއްވާ ރައީސްތަ؟؟މިގައުމުގެރައްޔަތުންނަކައްމިހާރު އޮޅުވައެއްނުލެވޭނެ ދިގު ތިރީސް އަހަރާ ބަލާއިރު ކޮންކަމެއްކޮއްދިނީ ކޮއްދިންހާވެސްކަމަކީ ޒުވާންޖީލް މަސްތުވާތަކެތިބޯންދަސްކޮއްދިނުން ދީނުގެކަންތަކައްބަލާއިރު މިކަމައވެސްހުރަސްއެޅި ބަލަ މި ރައީސް ޔާމީނު ހަތަރު އަހަރުތެރޭގާ މުޅި ގައުމު މިފެންނަނީ ތަރައްގީ ބަލާލި ކޮމެދިމާލަކުން އެތައްހާސް ބިލިއަންރުފިޔާގެ ބޮޑެތި ބިޔަމަސައްކަތް ދަނީކުރަމުން ފުލެޓް ވެސް ފަނަރަހާސް މިވަރެއނެތް ދެހާސްއަށާރަ ރައީސްޔާމީނު ވެރިކަމަންގެނައުމެކީ މިގައުމުގެ ރައްޔަތުންގެ އުފަލެއްކަމުގާވާތީ
ތީގެ މާނައަކީ އެންމެނަށް ހަމަހަމަޔަށް ޤާނޫނު ހިންގައިގެން ނުވާނެޔޭ ތޯއެވެ؟ ޤާނޫނު ހިންގަންވާނީ މޮޅުމީހުނަށް މޮޅުވާގޮތަށް ، ދެރަމީހުނަށް ދެރަވާގޮތަށް ހެއްޔެވެ؟ އެހެންވެއްޖެއްޔާ ތަނެއްގައި ޤާނޫނީ ހަނމަހަމަކަމެއްނެތޭކިޔައިގެން އަގަ ނާރުވާށެވެ! މިހާރު ދިވެހިރާއްޖޭގައި ވަކިމީހަކު ތަފާތުނުވާނޭގޮތުން ޤާނޫނު ހިންގުމަކީ އަހުރެންނަށް ހީވަނީ ރައްރިިތން ބަލައިގެންފިކަމެއްހެންނެވެ.
ތީ ހީވާގޮތް ބަޔަކުމީހުންހީކުރި މައުމޫނު ބަންދުކުރުމުން ރާއްޖޭގައި ވަރަށް ހަމަނުޖެހުން އުފެދޭނެކަމަށް އެކަމަކު ކަންވީ މުޅިން ހީކުރިގޮތާޚިލާފަށް މައުމޫނުޖަލަށްލުމުން މާލެތެރެ ހަމަޔަކަށް އެޅިގެންދިޔަތަން ފެނުނީ
ދެންވޯޓުލާ ދުވަހު ނެރެލާފަ އަލުން ގެންގޮސް ޖަލަށް ލާނީ.
ވޯޓު ދެނީ މައުމޫން ނަކައްނޫން ،ތިޔަކޯލި ސަންތަކާ ތިޔަ ލާޑަރުން ނޭގޭ ދިވެއްދަކު އުޅޭނެބާ
ނޫނޭ ، މައުމޫނުގެ ހުރހާ ސަޕޯޓަރުންނާއި ގާސިމް ސަޕޯޓަރުނެ އުފަލުން ޔާމިން އަށް ވޯޓުދޭނެ ،
4 ލީދަރުން ޖަލައްލީ ހަތީމް ހިފަިގެ ކިޔަމަން މިސްކިތުގައި އިންދާ ތޯ ؟
ޢެހެންވީމާ ކަލޭމެނައް ރަނގަޅީ މައުމޫން ޖަލުގަ ބެހެއްޓީމަ އެއްނު. ޢޭރުންތާ ކަލޭމެނައް ވެރިކަނަ ލިބޭނީ.
ނޫނީ ކަލޭމެން ތިއުޅެނީ ރައީސް ޔާމީނައް ވެރިކަން ދޭންތަ.ތިވަރައް ތި ދުއްޕާން ކުރަނީ..
ރައްޔިތުން ހިތްތަކުގައި މައުމޫނަށް ދެވިފައިވާ މަޤާމް ފުހެލުމަށޭ އެމްޑީޕީން ބުނީމާ ލަދުގަނޭ. ކިހާ އެއްޗެއްސެއް މައުމޫނަށް ގޮވި ކޮންކަހަލަ ފޮޓޯތަކެއް ނެރުނީ. މިހާރުދެން ކީކޭތިކިޔަނީ
އިދިކޮޅުން ތިދައްކާ ވަހަކަ އަކީ ރައިސް މައުމޫނަށް ހެޔޮ އެދިގެން ދައްކާ ވާހަކަ އެއްނޫން ތިއީ ރައިސް ޔަމީނުގެ ފަރާތްޕުޅުން ދިފެންސް މިނިސްޓަރ އާދަމްޝަރީފް ރައިސްމައުމޫނާއި ބައްދަލުކުރައްވާ ދެއްކެވި ވަހަކަ ފުޅުތައް އެގިނުލައްވާތީ ، ރައިސް މައުމޫނު ގެއަށް ބަދަލު ކުރައްވަފާނެކަމަށް އިދިކޮޅޭންނަށް ހީވެގެން ރައިސްމައުމޫނު ގެއަށް ބަދަލު ކުރިއަ ނުދިނުމަށް ދައްކާ ވާހަކަތަކެއް އިދިކޮޅޭންނަކީވެސް ރިޔާސީ އިންޠިޚާބު ކަމިޔާބުކުރަން ގަދައަޅާ މަސައްކަތް ކުރަބައެއް އެހެންވީއިރު ރައިސްޔާމީނަށް އިންޠިޚާބު ކަމިޔާބު ނުވުމަށް ހެދިފަ ހުރި ހުރިހާ ފަންޑިތައަކަށް މިއަދު އިދިކޮޅޭ އުފާނުކުރަންވީ ކީއްވެ އެކަން ކުރުމުގެ ބަދަލުގައި އިދިކޮޅޭން މިއުޅޭ ގޮތަކީ ރައިސް މައުމޫނު ގެއަށް ބަލަކުރައްވަފާނެތީ އެކަން މަނާކުރުމަށް ބެރިޖެހުން
މައުމޫނު ޖަލަށްލީ ވެރިކަމަށް ފެންބޮވައިގެން ހުރިވަރުން ކުރަން ނުޖެހޭ ކަންތައް އިދިކޮލު މީހުންގެ އަވާގައި ޖެހިގެން ކުރީ މައެވެ. އެހެންޏާ މަ ވެސް ޖަލަށް ލާނެއްނޫން
ވެރިކަމަކީ މައުމޫނު ދެއްވާ އެއްޗެއް ނޫން. މައުމޫނަކަސް ނަޝީދަކަސް ޖަރީމާ ހިންގައިފިއްޔާ އޭގެ ބަދަލު ލިބޭނެ އެކަން ގަބޫލުކުރަންޖެހޭނެ.
ކުރިޔަށް ވާންހުންނަ ކަންކަމުގެ ވާހަކަ ބުނާއިރު އިންޝާﷲ އޭ ބުނާށެވެ. އިންތިޚާބުގައި ނަމަވެސް ކާމިޔާބު ނުވާނެކަމަށް ތިޔަބުނަނީ ކޮންފަރާތަކުން ހިތްވަރު ލިބިގެން ހެއްޔެވެ؟ އިޔަބައިމީހުން ﷲއަށް އީމާންވާށެވެ.
މައުމޫނަށް އެމްޑީޕީ މީހުންކުރި ޖެއްސުމާއި ދުއްތުރާ މިފަހަރު ހުދޫ ކާފޫރަށް ވެއްޖެ މައުމޫނު ނެތަސް ހުއްޓަސް ﷲ އިރާދަކުރެއްވިއްޔާ ވެރިކަން ލިބޭނީ ރައީސް ޔާމީނުއަށް.