ހުޅުމާލޭގައިހަދަމުން ދާ އިމާރާތްތެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ނިޔާވެފައި އޮތް މީހަކު ފެނުމުން ފުލުހުން މިހާރު ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ނިޔާވެފައި އޮތް މީހަކު ފެނުނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީހުރި އާރުސީއެންސީގެ ކޮންސްޓްރަޝަން ސައިޓަކުންނެވެ. ނިޔާވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝް މީހެއްގެ ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ މަރާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ.

އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަން ނުވަތަ ނޫންކަން ވެސް އަދި ކަށަވަރެއް ނުވެއެވެ.