ސުލްހަވެރި ސިޔާސީ ހަރަކާތަށް ފަހިވާނެހެން މި ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން އެގޮތަށް ވިދާޅުވީ، ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވަމުން އަންނަ މުޒާހަރާތަކާއި އެއްވުންތަކަށް ފުލުހުން ފުރުސަތު ނުދޭ ކަމަށް ވިދާޅުވެ، އިދިކޮޅު ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބާއްވަން އުޅުނު މުޒާހަރާ އަށް ވެސް ފުލުހުން ފުރުސަތު ދީފައެއް ނުވެއެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފަހިވާނީ ވެސް އޭރުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވާ އިމްރާން ވިދާޅުވިއެވެ.

"އެ މަގަށް ފަހިވާނެ ހެން މި ސަރުކާރުން ފުރުސަތު ދޭނެ،" އިމްރާން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވަން ތައްޔާރުވަމުން ދިޔަ އެއްވުން ގާނޫނާއި ގަވައިދުތަކާ ހިލާފު ކަމަށް ބުނެ ފުލުހުން މުޒާހަރާ ރޫޅާލީ، އެއްވުން ފެށުމުގެ ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ކުރިންނެވެ. ފުލުހުން އެންމެ ފުރަތަމަ ވެސް ޕީޕީއެމް އޮފީސް ކައިރި ބަންދުކޮށް އެ ސަރަހައްދަށް އެއްވަމުން ދިޔަ މީހުން ފޮނުވާލިއެވެ. އެކަމަކު، މުޒާހަރާ ފެށެން ކައިރިވި ވަރަކަށް އެ ސަރަހައްދަށް ޖަމާވި މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ.

އެއްވުން ރޫޅާލުމުގެ ތެރޭގައި ފުލުހުން ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. އަދި ބައެއް މީހުންނަށް އަނިޔާވެސް ވިއެވެ.

މުޒާހަރާގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރާއްކާތެރި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަން ދެން މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ ނޫޅުމަށް އަންގާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން އިންތިހާ އަށް އިތުރުވެފައިވާ މި ދަނޑިވަޅަކީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޞފ

    އަޅުގަނޑު ކުރިން ހީކުރީ ޢިމްރާން އަކީ މި ޤައުމުގެ ހެވާއި ލާބައަށް މަސައްކަތް ކުރާ މީހެއްކަމަށެވެ.ނަމަވެސް މި ޤައުމު އެހެން ބައެއްގެ އުނގުތެރޭ އޮވެ ނިދާ ނުހޭލެވިގެން އުޅޭއިރު މި ޤައުމު ހޭލައްވާލަން މަސައްކަތެއް ކޮށްލާނެ ދިވެހި ދަރިއަކު ހަމަ ނެތީ ބާއޭ ހިތަށް އަރައެވެ.

    44
    1
    • ކއްޒާބު

      ފެނިގެންދިޔައީ ޕޮލިހުންގެ އަނިޔަވެރިކަންހައްދު ފަހަނަ އަޅާފަވާ މންޒަރު އެމަންޒަރު ސިފަވީ އިޒުރޭލުގެ ޒައިނިސްޓް ޔަހުދީ ޕޮލިހުންސިަައިން ފަލސްތީނުގެ ރައްޔިތުންނަށް ދޭ ލާއިނސާނީ އަނިޔާތަށް ދޭ މންޒަރު އިންޑިޔާ ގެރި ފައުޖު ކަސްމީރުގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ތަފާތެއްނެއް މީ ސަދޫމުތަ ހަމައެއްލަމައެއް ނެތި ރައްޔިތުން ގަޔަށް ބޮލަށް މިއރަނީ ލޭ ކޮށާލާ ލިމަތި ފަޅާލާ މީ ތަންފުކެއް ބޮޑުވަރު ކެއްތެރިކަން ކޮޅުންލާ ހިސާބައް މިދަނީ މަވެސް މީ ޕޮލިހެއް ޕޮލިހުން ވިސްނާ އމޑ އެން ހަމިދު އަންގާ ގޮތޮމީ ީ

  2. ޝަރަފުލް އަމީން

    ސުލްހަވެރި ފރި މުޒާހިރާ.އެހެންނު.

    17
  3. އަލީ

    އިމުރާނު........ ލަދެއްވެސް ނުގަނޭ!!!!

    35
  4. މުހަންމަދު ނަސީދު

    އިދިކޮޅުން މިއަންނަ ހުކުރުގަ އެއްވުމެއް އެބޯތޭބުނާއިރަށް ބުދަދުވަހުގެރޭ މިސޮރުގެންގުޅޭ ޖާރިޔާތައް ހަތިޔާރުނެއްބަޔެގެ ކުރިމަޗައް މުގުރާ އެކިވައްތަރުގެ ޝީލްޑް ދީފަނެރޭނެ ތިކަމައްވެސް ނިމުމެއް އަންނާނެ ވަރައްހިތިވާނެހެން ހީވޭދުނިޔޭގަ ކަންތައްވާގޮތުން

    29
  5. ހުސޭނުބޭ

    ކޮބައިތަ ތި ކަމުގެ ޑޮކިއުމެންޓް ކައްޒާބާ!

    30
  6. ހައްޤުބަސް

    އިމްރާނު، ސުލްހަވެރި ސިޔާސީ ހަރަކާތަށް ސަރުކާރުން ފުރުސަތު ދޭނީ ދުލުންނެއް ނޫން؟ އަަމަލާއި ބަހުން. މިއަދު ހާލުގައި އުޅޭ އެތައް ނިކަމެތި ދިވެހިރައްޔިތުންނާއި އެމީހުންގެ ތުއްތު ދަރިންގެ ހައްޤު ވަނީ މިސަރުކާރުން ނިގުޅައިގެންފައި؟ އެމީހުންގެ ލޮލުން ފައިބާ ކަނުރަތަކަށް ބިރުވެތިވޭ. އަނިޔާ ލިބިފައިވާ އެތައް ދިވެހިރައްޔިތުންގެ ދުޢާ ﷲ އިޖާބަކުރައްވާށި! އާމީން

    35
  7. ސުލޭމާނު

    ސުލްހަ ވެރި މުޒާހަރާއަށް އިއްޔެ ހުރަސް އެޅީ. މިއަދު މިބުނީ ހުރަހެއް ނާޅާނަމޭ. އިމްރާނުގެ ސިކުނޑީގެ ޓެސްޓެއް ހަދަން އެބަޖެހޭ. އިއްޔެ ކުތިކަންތައް މިއަދު އިރުއެރި އިރު ހަނދާނެއްނެތް. ނޫނީ މީނަމީ ލުސިފާތަ؟ ދޮގުގެ އައްޕަވީމަ ހަމަ ހީވާތީ އަހާލީ.

    30
  8. Anonymous

    ރަޔިޔުން ނުކުމެ ވެރިކަން ބަދަލުކުރަން ވެއްޖެ. މިހާ ދޮގުހަދާ މީހުން ބައިތިއްބައިފިނަމަ ﷲ ތަޢާލާގެ ކޯފާއެއްވެސް މިގައުމަށް އައިސްފާނެ.

    34
    • މޯދީ

      އެންމެ ބޮޑު ދޮގުވެރިޔާ ބޮޑުވަގު އެހުރީ ޖަލުގައި.. ވަގެއްގެ ދިފާއުގައި ތިނުކުމެ އުޅެނީ..

  9. ނަޝީދު

    ސުބްހާނަﷲ މި އިމްރާނަކީ ހާދަ ދޮގުހަދާ މީހެކޭ ކޮބާތަ ސުލްހަވެރި އެއްވުމަކީ ތަޅާނެ ކުދިން ކޮޅެއް ހޯދާގެން ސަރުކާރުގެ ޢިމާރާތް ތަކުގަ ހުޅުޖެހުންތަ...ކަލޭމެންނަކައް ހަޖަމެއް ނުވާނެ ދުވަހެއް ދުވަހަކައް މުޒާހަރާގެ ބައިވެރިން ދަނީ ގިނަވަމުން ވިސްނާތި....

  10. އަލީ

    އިމުރާނޫ... ގޮއްރީންދޫ ހުން ޖެހުނީމަ ވާނީ ތިހާކާވަރެއް... ތެދުބަހުން ވާހަކައެއް ނުދެއްކޭނެ. ބަހާ އަމަލަކާ ދިމައެއް ނުވާނެ. މިވެސް މިހާރު މިތާއުޅޭ ޒާތެއްގެ ބަލިމަޑުކަމެއް.

  11. ދޮނޭ

    ބަލަގަ ހަމައެކަނި ގާނޫނާ ޤަވައިގުތަކާ ޚިލާފަށް ފުރުސަތު ނުދެނީ ވަކިބަޔަކަށް ސަޕޯޓްކުރާ ވަކި ޕާޓިއަކަށް ތާއިދުކުރާ ބަޔަކަށްދޯ އެތަބަ ޝިޔާމުމެންނަށް ދެމުންދާއަނިޔާތައް ނިކަން ދެކިބަލަ

  12. ހަދު ކޭތަ

    ބާއީން ނަ ކަށް ސުލްހަވެރި މުޒާހަރާ އަ ކީ ކޯއްޗެއް ކަން ނޭގޭނެ

  13. ރަދުން

    ލަދު ހަޔާތު ކަންފުޅެއް ހުރިނަމަ މިއަދު ލަދުގަން ނަން ޖެހޭ ކޮބާ މީގެ ކުރިން ދެއް ކިހާވާހަކަ ގައުފަނާ ކކުރަން އުޅޭބައިގަޑެއް.

  14. ސިރިސޭނާ

    ރައްޔަތަ ކަށް ހެވެއް އެދިގެން އުޅޭމީހެއްނޫން ތިޔައީ އަމިއްލަ އަންބޮޑި އަރުވާޖެހުން ކަމަ ކީ

  15. ާަެެައބދ

    ކޮބާ އިލްޔާސް .........!!!!!!!.ދެމީހުން ގުޅިގެން ލާރި ލިބޭތީ ކަހާތަން ހިރުވާވެސްނުލާ ދީނޭގައުމޭނުކިޔާ އެބަތިބި!!!!!!!ކީހާޅެން ފަރިއްސަށް!!!!!!!!!!

  16. ކޮވިޑް

    ހެޔޮނުވާނެ އަނގަ ގޮށްވަން ނޫޅޭ މުނާފިޤް އިމްރާން. ތިބުނަނީ ވީޑިއޯ ކޯލް ކޮށްގެން ނޭތަ މުޒާހަރާ ކުރަން ވީ؟ އެކަން ވެސް ކުރެވޭކަށް އިންޓަރ ނެޓް އަގު ހެޔޮކޮއްލިވަރުން އަނެއްކާ ދުނިޔޭގަ ނޯންނާނެ މިސަރުކާރު އައިފަހުން މިއަށްވުރެ އިންޓަރ ނެޓް ސްޕީޑް ހައި ޤައުމެއް .

  17. ސިޔާސީޝޭޚް

    އޭ މިހިރަ ގޮތްކުޑަ މުނާފިޤާ ކަލެއަކައް ނުކެރޭނެ އެފުރުސަތު އިދިކޮޅު ޕރޮގްރެސިވް ކޯލިޝަންއައްދޭކައް
    އެއައްވުރެ ފިނޑި މުނާފިގެއްތީ މީހެއްގެ މޫނުމަތިން އެއީ މުނާފިގެއްކަން އެނގޭނެގޮތަކައް ލައްވާފަހުރިނަމަ ކަލޭގެމޫނުމަތިން އެކަންފެންނަންހުރީސްކަން ކަށަވަރު

  18. ޖަނާޒާ

    ހަޔާތް ދެން މާ ކުޑައީ----

  19. ބަކުރު

    ކަށްޒާބު ެެެެެެެެެެެެެެެެެެެެެެެެެެެ