ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރު ކުރަން ޖެހޭ ދިވެހިން ވިސާ ފޯމް ހުށަހެޅުމަށް އެޕޮއިންޓްމަންޓް ހެދޭނެ ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފިއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ހާމަކުރި ގޮތުގައި މި ހޮޓްލައިން ނަންބަރަކީ 7563947 އެވެ. މި ނަންބަރަށް ގުޅައިގެން ވިސާ ހޯދުމަށް އެޕޮއިންޓްމަންޓް ބުކް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ހައި ކޮމިޝަންގެ ބަޔާނެއްގައިވެއެވެ.

އެޕޮއިންޓްމަންޓަށް ގުޅުމުގެ ފުރުސަތު އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށެވެ.

ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރު ކުރަން ޖެހޭ ދިވެހިން ވިސާ ހޯދުމަށް އިންޑިއާ އެމްބަސީ ކުރިމަތީގައި ކިއު ޖެހެން ޖެހޭ މައްސަލަ އޮތީ ބޮޑުވެފައެވެ. އަދި އެ މައްސަލަ އަށް ހައްލު ހޯދުމުގެ މަސައްކަތް ހައި ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.

މެޑިކަލް ވިސާ އަށް ފޯމް ހުށަހަޅާ މީހުންނަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓަމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އެކަމަކު، އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދިވެހިންނަށް އިންޑިއާ އަށް ބޭސްފަރުވާ އަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މިހާތަނަށް 5،000 މެޑިކަލް ވިސާ ދޫކޮށްފައިވާ އިރު، މި އަހަރު އެކަނި ވެސް 2،000 މެޑިކަލް ވިސާ ވަނީ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ

    ތީ ދިވެހި ރައްޔިތުންނަށް ކުރި ޖެއްސުމެއް. ހިތައްއެރިއްޔާ ފޯނު ނަގާނީ

    13
  2. ކީކޭ ބުނާނީ

    9.30 - 12.30
    ޢެކަނި ގުޅެނީ.
    ކިހާ އިރެއް ގުޅަން އުޅޭތާ.... ނަންބަރު ބިޒީ... ރިންގްވެސް ކޮށް ނުލެވޭ....
    ޙިތުން ވ ފަސޭހަ ކޮށް ދީފައެއްނު މިއޮތީ؟

  3. ދޯސްތްތާހ

    ހައިކޮމިޝަނަރުން ޕާންޑޭ، ޏާނޭޝްވަރު މުލޭ، ރާޖީވް ޝަހާރޭ ޒިންދާބާދު! އޭގެ ފަހަތް ކިޔާހިތެއް ނެތް!

  4. އަޙްމަދު

    ނަމްބަރެއްނޫން ބޭނުންވަނީ. ބޭނުންވަނީ އޮންއެރައިވަލްވިސާ!!!

  5. އިބްރާހިމް

    ހަދަންވީގޮތަކީ ރާއްޖެ އަންނަ އިންޑިޔާ މަސައްކަތުމީހުނަށްވެސް ވިސާ ދަތިކޮށްލަންވީ. ކީއްވެތޯ މިހެން ނެހެދިގެންމިއުޅެނީ! ކިރިޔާ ފިއްތާލާއިރަށްވެސް ސައިޒްވާނެ. އެއްކަލަ އިންޑިޔާ ރުޅިއަރާ ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު އިންޑިޔާ ވިސާ ވަރަށްފަސޭހަ.. އެއްވެސް ދަތިކަމެއްނެތް. ސައިޒްކޮށްފަ އޮތީ އޭރު.

    3
    1
  6. އައްޑޫ މީހާ

    އިންޑިއާއާއި ރާއްޖެއާއި ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ ސަބަބުން ރާއްޖޭގެ ރައްޔީތުން އިންޑިއާއަށް ބޭސްފަރުވާއަށް ދެވޭގޮތް ހެދީކީނޫން އިންޑިއާ ރައްޔިތުން ބަނޑަށް ޖެހޭތީ އެގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވާލަން ރާއްޖޭގެ ރައްޔިތުން ގަނޑަ ތަޅުވަން ފެލާލަން ހިންގާ ޖަރީމާ މިސަރުކާރާއި އިންޑިއާ ސަރުކާރާއި ގުޅިގެން މިއީ ހަގީގަތަކީ އަހަރުމެން ނަކީ މިހާރުވެސް އެކަން ވަރަށް ރަނގަޅަށް ތަހަންމަލު ކުރަމުން އަންނަ ބައެއް ބޮޑު ހަރަދުކޮށްގެން ޑޮލަރު ކޮޅު ހޯދައިގެން އިންޑިއާއަށް ދިޔާމަ އެފައިސާކޮޅު އެއްކޮށް ހަފުސް އަރުވާލަނީ މިސަރުކާރަކުން ޑޮލަރެއް ނުދޭ ބޮލަކަށް ދެނީ 500 ޑޮލަރު ކިރިޔާ ބޭސްފަރުވާ ނިމޭއިރު ކައިގެން ބޮއެގެން އުޅެވެނީ ވަގުތު ނޫހުން މިކަމަށް ހާއްސަކޮށް ރިޕޯޓެއް ހަދަން ފެނޭ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާމީހުންނަށް 1000 ޑޮލަރު ބޮލަކަށް ލިބޭނެ ގޮތެއް ވޭތޯ