އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 30 މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ހެނދުނު ވިދާޅުވީ އިއްޔެ މުޒާހަރާ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 30 މީހުން ރޭ ދޫކޮށްލި އިރު ތިން މީހަކު ފިޔަވައި ހުރިހާ އެންމެން ޖޫރިމަނާކޮށްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފުވެގެން ކަމަށެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން އިއްޔެ މުޒާހަރާ ކުރާނެކަން އިއުލާން ކޮށްފައި ވަނިކޮށް ހޯމް މިނިސްޓްރީ އާއި ފުލުހުން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މުޒާހަރާކުރާ ނަމަ އެ އެއްވުން ހުއްޓުވާނެ ކަމަށް ބުނެ ކުރިން އިންޒާރު ދީފައެވެ. ނަމަވެސް އިންޒާރަށް ބެލުމެއްނެތި މުޒާހަރާ ފެށިއެވެ.

މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ބައެއް ބޭފުޅުން ހައްޔަރު ކޮށްފައެވެ. އަދި މުޒާހަރާ ފެށުމާއިއެކު ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނޭ ގޮތައް ގިނަ ބަޔަކު ހައްޔަރު ކުރިއެވެ. އޭގެފަހުން ބައެއް ސަޕޯޓަރުން ޕީޕީއެމްގެ އޮފީހަށް ވަނުމާއިއެކު އޮފީހުގެ ދޮރުމަތީގައި ފުލުހުން އެތުރި ދޮރު ވެސް ބަންދުކުރިއެވެ.

ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުން ބެރިކޭޑް ޖަހައި މާލެ ތެރެއަށް ޕީޕީއެމްގެ ސަޕޯޓަރުން ދިޔަ ނުދޭން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ މަޖީދީމަގާއި އެހެން މަގުތަކަށް ނުކުމެ މުޒާހަރާކޮށް މާލޭގެ ޓްރެފިކް ބައެއް ސަރަހައްދުތަކުން ހުއްޓުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަ

    ސަޅި ކަމެއް.. މީހުން އެއްކުރުވާފަ ހިފާ ހައްޔަރުކޮއްފަ ޖޫރިމަނާކުރޭ.. ދައުލަތަށް ފައިސާލިބޭނެ..

    10
  2. ކޮވިޑް

    27 މީހަކު ޖޫރިމަނާ ކުރި މީހަކު 1000ރ އިން 8 ގަޑި އިރު ތެރޭ 27000ރ ސާބަހޭ ސަރުކާރު. ތީ އޯގާރެތި ކަމަކީ. އިންކަމް ހޯދަން ތީނު ކުރަންވީ ކަމަކީ ސަރުކާރުން،މުޒާހަރާ ކުރަން ނެރެފަ ދާޖަހަލާއިގެން މީހުން ކޮޅު ކަހާލާ ޖާދަ އޮތްތާކަށް ދެން ހަމަ ޖޫރިމަނާ ކޮށްފަ ދޫކޮށް ލާނީ ، ސަރުކާރެއް ގޮތެއް ފޮތެއް ނެތަސް ތީ ފުކެއް ބޮޑުވަރު.

    17
    2
  3. ކަނަމަނަ

    ހަރާމްކޯރުވިޔަސް މީ ތަންފުކެއްބޮޑުވަރު

    6
    1
  4. ހިޔާލު

    ފަނޑު ފޮށި ހުޅުވާ؟

  5. ކިޔުންތެރިއެއް

    އެޗްޕީއޭގެ މިންގަނޑުތަކަށް ބަޔަކު ތިއްބަ ފުލުހުން ގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން އަނިޔާވާގޮތަށް ކޮށްޕާ ގަޅުވާ އެންމެން ބޮނޑިކޮށްހެދި މަންޒަރުތަށް ކުރިމަތީ ފެއްނަން އެބަހުރި. ރައްޔިތުން ފެލާ ހަނާކޮށް، ގެދޮރުވެސް ފޭރިގައްނަމުން އައްނަ ސަރުކާރެއް ވެރިކަމުގަ ތިބުމަށް ފުލުހުންނަށް ދެމުންދާ އޯޑަރުތަކަށް ތަބާވެ ދިވެހި ރައްޔިތުންގެ ނިގުޅައިގަނެވެމުންދާ ހައްގުތަކަށްވުރެ ތިމާގެ ވަޒީފާ އިސްކުރަމުން ފުލުހުންގެންދަނީ. އެޗްޕީއޭ ކުރި ހިއްވަރަކުން މިހާރުގެ ސަރުކާރު ވެރިކަމުގައި މިއޮށްނަނީ. ރައްޔިތުންނާ ދޭތެރޭ ވިސްނާ އެއްވެސް މިނިވަން ކަމަށް ބުނާ މުއައްސަސާއެއްނެއް. ހުރިހާ ބާރެއްއޮތީ މި ވައްކަމާ އިސްލާމްދީނަށް ކެރިގެން ފުރައްސާރަކުރާ ސަރުކާރުގެ އުނގުތެރޭގައި. ގައުމު ހަލާކުވެގެން މިދަނީ ދިވެހި ރައްޔިތުންގެ އަތުން.