ނައިބް ރައީސް ފައިސަލް ނަސީމް ހަސްފަތާލުން ދޫކޮށްލައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ނައިބު ރައީސް ހަސްފަތާލުން ދޫކޮށްލި އިރު، ހާލުކޮޅު ރަނގަޅު ކަމަށެވެ. އެކަމަކު، ނައިބު ރައީސް ދޫކޮށްލީ ކޮންއިރަކު ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ.

ނައިބު ރައީސް މިއަދު ވަނީ އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވަނިކޮށް ހެޔޮ ދުއާ ކުރެއްވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ނައިބު ރައީސްގެ ހާލުކޮޅު ބޮޑުވެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށީ މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެންނެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ދުވަހުގެރޭ ނައިބު ރައީސް ކޮވިޑް-19 އަށް ޓެސްޓް ވެސް ކުރެއްވިއެވެ. އެކަމަކު، ޓެސްޓްގެ ނަތީޖާ ވަނީ ނައްސިވެފައެވެ. ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ޓެސްޓްތަކެއް ހެދި ކަމަށްވެއެވެ.

އެކަމަކު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމް ނަވާޒު

    ޔާނު ކިޔާމީހުން ހަމަ ހަޖަމެއް ނުވާނެ

    2
    1
  2. ދަރަނި ދަންތުރަ

    ކޮބާ މަނިކުފާނު ރައީސް ޔާމީނުގެ 25 ބުރީގެ ދޮންހޮޅި ކިހެނެއްތޯ ؟ ވަރަށްއަރާމްދޮއްތޯ ؟ ފައިސަލްގެ އަނބިކަނބަލުން ބުނި މިހާތަނަށް ފިރިސޮރު އެއްމެގަދަޔަށް ނިދާލީ 25 ބުރީގެ ދޮންހޮޅިތެރޭގައޭ މީ ތެދެއްތޯ މަނިކުފާނޫ