ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން އަބްދުލްޤައްޔޫމްގެ ވަކީލު މަޢުމޫން ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.

މަޢުމޫން ހަމީދު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހަށް ހާޒިރުވާން އެންގި ގަޑީގެ 12 ގަޑިއިރު ކުރިން ފުލުހުންގެ އިދާރާއަށް ހާޒިރުވި ކަމަށާއި، ނަމަވެސް ފުލުހުންނަށް ތައްޔާރު ވެވިފައި ނުވާ ކަމަށެވެ.

ޓްވީޓްގައި މަޢުމޫން ހަމީދު އިތުރަށް ވިދާޅުވެފައިވަނީ ފުލުހުން ތައްޔާރު ވުމަށް 3 ގަޑިއިރު ދިނުމަށްފަހު މެންދުރުފަހު 01:00 އަށް އަނެއްކާވެސް ފުލުހަށް ހާޒިރުވާނެކަމަށެވެ. މީގެ އިތުރުން މި މައްސަލައަށް 113 ދުވަސް ވެފައިވާއިރު އެއީ ފުލުހުން ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ދެކިލައްވާ ކަމަށްވެސް މަޢުމޫން ހަމީދު ވިދާޅުވެފައިވެއެވެ.

"ފުލުހުން ބުނި ވަގުތަށްވުރެ 12 ގަޑިއިރު ކުރިން ފުލުހަށް ހާޒިރުވީއިރު އެބޭފުޅުންނަށް ތައްޔާރު ނުވެވޭ. އިތުރު 3 ގަޑިއިރު އެބޭފުޅުން ތައްޔާރު ވުމަށް ދިނުމަށްފަހު މިއަދު 1 ޖަހާއިރު ފުލުހަށް ހާޒިރުވާނެ ކަމަށް އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން. މިހާތަނަށް 113 ދުވަސް ވެފައިވާއިރު މި މުއްދަތަކީ އެބޭފުޅުން ރައްޔާރުވާން އެކަށީގެންވާ މުއްދަތެއް ކަމުގައި އަޅުގަނޑު ދެކެން." މަޢޫމޫން ހަމީދު ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި ނޫސްވެރިންނާއި ބައްދަލްކޮށް ދެއްވި އިންޓަވިއުއެއްގައި، ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެއްކާއި ބެހޭގޮތުން ދޮގު މައުލޫމާތުތަކެއް މައުމޫން ހަމީދު ދީފައިވާ މައްސަލައަކާއި ގުޅިގެން މިރޭ 22:00 އަށް ފުލުހަށް ހާޒިރުވާން މަޢުމޫން ހަމީދަށް ޗިޓް ފޮނުވާފައިވަނީ އިއްޔެއެވެ.

މައުމޫން ހަމީދު މިރޭ ފުލުހަށް ހާޒިރުވާން އެންގިއިރު އޭނާ އަންނަނީ މިފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ކޯޓުތަކާއި ހިނގަމުންދާ ބައެއް މައްސަލަތަކުގައި ހުރި ދެކޮޅުނުޖެހޭ ކަންކަން މީޑިޔާގައި ހިއްސާކުރައްވަމުންނެވެ. މައުމޫން ހަމީދުގެ އިތުރުން ވެސް ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާ އާ ހިއްޞާކުރައްވާ ބައެއް ޤާނޫނީ ވަކީލުންވެސް ފުލުހަށާއި ކޯޓުތަކަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޛސހސހ

  ފުލުހުންނަކީ ހަމައެކަނި މައުމޫން ހަމީދަށް ހުސްވެގެން ތިބޭބަޔެއްނޫން. ކަމަކު ގަޑިޔަކަށް ކިޔަނީ. މީކީ އައްޕަގެ ރިސޯޓެއްނޫނޭ ބޭނުން ހާގަޑިޔަކަށް ވައްޓާލާފަ ތައްޔާރު ނުވެޔޭ ބުނާކަށް. ތިކަހަލަ ވާހަކަތައް ބަލައިގަންނާނެ އިދިކޮޅުގަ ތިބި ތަސައްރަފް ނުފުދޭ ބައިގަނޑު.

  • ަސދ

   މާތްރަސްކަލާނގެ ތިކަހަލަ ސިކުނޑިއެއް އެހެން މީހަކަށް ނުދެއްވާށި.
   ކަލެއަށް އިނގޭތަ އަމަން ގާއިމް ކުރާ ތަން ތަނުން ހާޒިރުވުމަށް އަންގަނީ ތައްޔާރުވެ ނިމި ހުރިހާ ޑޮކިއުމެންޓެއް ރެޑީވެގެން.
   އެގަޑިއަށް ވުރެކުރިން ދިއުމުން ބައްދަލުވުން އަވަސް ނުކުރެވިދާނެ. ނަމަވެސް ތައްޔާރަށް އެހެން ހުރިހާ ކަމެއް ހުންނަންޖެހޭނީ.

 2. ޕިންކް

  ތީޔޭ ކަލޯމެންގެ މައްސަލައަކީ. މިރޭ 22:00 ކީމަ 12:00 ކުރިން ދިއަސް މާނެކަމެއްނޯނާނެ އެންގީމަ ދާން ޖެހެނީ. ކާކަށް ދަށްކަން ނޫނީ ކާކަށް ޖެސުމަށް ކުރިންތިދިޔައީ ހިތުން މޮޅުކަމެއް ކޮލާނަމޭހިތާދޯ.

 3. ދިސަސް

  ގަޅިމީހެއްދޯ ކިޔާވާފަހުރި ރޯނު އެދުރެއް

 4. ހަބޭސް

  އަޅުގަނޑަކީ ޤާނޫނީ ވަކީލެއްނޫން ނަމަވެސް ދިވެހި ބަހުން ލިއެފަ ހުންނަ އެއްޗެތި ކިޔަންއެގޭ އެހެންކަމުން އަޅުގަނޑު މައުމޫނު ޙަމީދުކުރެން އަހާލާ ހިތްވަނީ ޗިޓުގައިލިއެފައޮތީ މިރޭ 22:00 އަށް ޙަޟިރުވަާންތޯ ނޫންނަމަ މިރޭގެ 22:00 ގެ ކުރިން ޙަޟިރުވާންތޯ ؟
  ކޯޓުން މައްސަލައަކަށް ކީމަ އެގަޑިއަށްވުރެ ކުރިން ނުވަތަ މައުމޫން ޙަމީދަށް ފަސޭހަފުޅު ވަގުތެއްގައި ކޯޓަށްގޮސް ދިފާޢުގައި ދައްކަންވި ވާހަކަތައް ދައްކާލާފައި އައީ ކިތައްދުވަހުތޯ ތިއީ ރާއްޖޭގެ ފުންނާބު އިސް ޤަނޫނީ ވަކީލުން ކަންކުރަންޖެހޭ ގޮތެއްނޫން މައުމޫނު ޙަމީދަކީވެސް ހެޔޮ ވިސްނޭ މީހަކަށްވާއިރުހެޔޮ ރަގަޅުކަންތައް ކުރުމަށް ނަސޭހަތްތެރިވަން

  • ޙަމްސު

   ޕޮލިހާއި ކޯޓާއި އެއްގޮތެއް ނުވާނެ. ފަސޭހަ ގަޑިިއެއްގައިވެސް ޕޮލިހަށް ދެވޭނެ. ޢައި އޯ އަށް އެޓެންޑް ވެވެންޏާ އެންމެ ރަަނގަޅުވާނެ.

 5. ސަޔާލީ

  ކަމަކު ދޯ ގަޑިއެއް ކިޔާފަ އޮއްނަނީ ކޮންމެމީހަުވެސް ބަލަނީ ކަންދެއްކޭތޯ

 6. ބޯހަލާކު

  މި އަހަރުގެ ޑިސެމްބަރު 10ގައި އަހަރެހްގެ ރައްޓެއްސެއްގެ ދަރިއަކު ޚިތާނުކުރާ ވާހަކަ އޭނާ މަގޭ ގާތު ބުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެދުވަހު އަންނަންވާނޭ ކަމަށްބުނެ މަށަށް ދައުވަތު ދިނެވެ. އަހަރެން މިހާރު ގޮސް އެގޭގައި އިނަކަސް ހިތާނުކުރުމުގެ ރަސްމިއްޔާތެއް ކުރިއަކަށް ނުދާނެކަން އަހަންނަށް އެނގެއެވެ. އަދި އެމީހުން މިހާރު އެއްކަމެއް ނުކުރިއަސް އެދުވަހުގެ އެވަގުތަށް ފުރިހަމައަށް ތައްޔަރުވާނެކަން ގަބޫލުކުރަމެވެ. މިހާރު ގޮސް އެ ރަސްމިއްޔާތަށް އެވެރިިން ތައްޔާރުވެފައެއް ނެތޭ ކިޔައި އަހަރެން އެމީހުންނަށް ތައްޔާރުވާން ގަޑި ކަނޑައަޅައި އެމީހުންނަށް އެންގުމަކީ އަހަރެންގެ ހަމަބުއްދި ހުރުމާއި ނެތުމުގެ މައްޗަށް ބަޔަކު ސުވާލު އުފައްދައިފާނެ ކަމެކެވެ. ޚާއްޞަކޮށް މަށަކީ މާމޮޅަށް ވަކާލާތުކުރާ މީހެއްކަމަށް ޗެނަލްތަކުން ދައްކަމުންދާއިރު މަގޭ ވަކީލުކަމުގެ ސަނަދާމެދުވެސް މިއަދު މީހުން ސުވާލުއުފައްދާނެކަން މަގޭ ހިތަށް ނައީ ކީއްވެގެންބާއެވެ.

 7. ރަގަޅެނޫން

  ހިތުން މޮޅުކަމެއްދޯ ތިކުރީ... ތިޔައީ ހަމަ ތަންދޮރުނުދަންނަ ޖާހިލުން ކަންކުރާއުސޫލު.. ތިއީ ހަމަ ސުމެއްގެމީހެއް.. ތިކަމުންއެގުނީ ތިމާގެ ފެންވަރު ދައްކަން..

 8. ބޮލި މުލައް

  މީނަ ޔާމީނުދެކެ ރުޅިއަންނަނީ ޕީޖީގެ މަޤާމު ނުދީގެން

 9. މާރިޔާ

  ބޯގަޅި

 10. އަހްމަދު

  މައުމޫންހަމީދު ވެސްމިހާރު ބަދަލުވެލައްވަންވެއްޖެއެހެންނޫންތޯ މިހާރުމީބައްޕާފުޅުމެންގެދުވަސްވަރާ ވަރައްތަފާތުކޮށް ކަންހިގާދުވަސްވަރެއް އޭރުގައޅުއްވިހެންމިހާރަކުނޫލުއްވޭނެ މިހާރުއުޅުއްވަންވާނީ ގާނޫނީތަރަހައިގެތެރޭގަ ގަޑިއަކަށްކިޔައިފިއްޔާ އެގަޑިއަކަށް ވަޑައިގަންނަވަންވާނީ އެހެންނޫނީ.....އެބޭފުޅުންބައްލަވަނީ ހަމައެކަނި ތިބޭފުޅާގެމައްސަލައެއްނޫން އިނގޭތޯ

  • Anonymous

   ވ ސަޅި.ތިޔަށް ކިޔާނެ ވ ވާހަކައޭ

 11. އަބްދުއްލާ

  މީނަޔަކަށް އެއްވެސް މައ އެއީ މީނަ އުޅެނީ މަސްހޫރު މީހަކަށްވާންވެގެންހުރިހާކަމެއް މީޑީޔާ ގޮވައިގެންކުރާމީހަކަށް ވާނީމުޅިންގެއްލުން.

 12. ޢަލިއާ

  ޢީދު އަންނަން އަދި 8 ދުވަސް ވަރު އެބަ އޮތް ނަސީބެއްނު މިއަދު މީނަ ޢީދު ނަމާދަށް ނިދިޔަކަން

 13. މޫސަ

  ދާން އަންގާ ގަޑިއަށްވުރެން 12ގަޑިއިރު ކުރިން ވަޑައިގެންނެވީ ބޭފުޅާގެ ބޮޑާކަމާއި ކިބުރުވެރިކަން ދައްކާލެއްވުމަށްތޯ؟