މަސް ބާނަން ނުކުމެ އުޅެނިކޮށް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހެއްގެ އަށް ފިހިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މަޑަވެލި ކައިރިން މަސްވެރިކަން ކުރަމުން ދިޔަ ''ކުރިމަގު'' ނަމަކަށް ކިޔާ މަސް ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އަށް ފިހިފައިވަނީ އެ ދޯނީގެ ފަޅުވެރިއެއްގެ ކަމަށެވެ.

އަނިޔާ ވެފައި ވަނީ އެ ދޯނީގައި ހުރި އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެ މީހާ މިހާރު ވަނީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓުގާޑުގެ އެހީގައި ގދ. ތިނަދޫއަށް ފަރުވާ ދިނުމަށް ގެންގޮސްފައި ކަމަށެވެ.

އެ މީހާ ތިނަދޫއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު 13:16 ހާއިރު ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ 12:33 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިއީ މުސީބާތުގެ ވެރިކަމެއް އިބޫ ހުވާކުރުމަށްފަހު މިފަދަހިތާވެރި ހާދިސާއެއް ނުހިގާ ދުވަހެއް ވަރަށްމަދު ހިތްދަތިކަމާ ހިތާމައިން މި ވެރިކަން ވޭތުވަމުން މިދަނީ

    5
    1