ވެރިކަންކުރާ ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އައްޑޫ ތަރައްޤީކުރާނީ މޮނޮރެއިލް ލޭނެއް ވެސް ލެވޭ ގޮތަށް ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު، އަބްދުﷲ ސޯދިޤު (ސޯބެ) ވިދާޅުވެއްޖެ އެވެ.
ސޯބެ މިގޮތަށް ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ތަސައްވުރު ޙިއްސާކުރައްވަމުން އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. އައްޑޫގެ ލިންކު ރޯޑުން އަލަށް އަޅާ މަގު ދައްކުވައިދޭ ފޮޓޯތަކާއެކު ސޯބެ ކުރެއްވި ޓްވީޓުގައި ވެހިކަލް ދުއްވުމަށް ޚާއްސަ ހަތަރު ލޭނަކާއި، 16 ފޫޓު މަތިން ދަތުރުކުރެވޭ މޮނޮރެއިލް ލޭނެއް ދައްކުވައިދޭ ކުރެހުމެއްވެސް ޢާންމު ކުރައްވާފައި ވެއެވެ.
އެ ޓްވީޓުގައި ސޯބެ ވިދާޅުވީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ހަންކެޑެ ވަކިކޮށް، ގައުކެނޑިން މަރަދޫއަށް ހަތަރު ލޭނަށް ލިންކުރޯޑު ފުޅާކުރެވޭ ގޮތަށް 1.4 ކިލޯމީޓަރުގެ ބުރިޖެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ގަން އެއާޕޯޓުން ހިތަދޫގެ އުތުރުން އޮތް އޮޑައްސައު އަވަށާއި ހަމައަށް ލިންކުރޯޑު ހަތަރު ލޭނަށް ފުޅާކުރުމުގެ ޕްރޮޖެކްޓެއް ރޭވިފައިވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.
"އަދި ގަން އެއާޕޯޓުން ހިތަދޫ އޮޑައްސަލާއި ހަމައަށް ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކުރުމުގެ ޕްރޮޖެކްޓެއް ރޭވިފައި އޮތީ މުސްތަޤުބަލުގައި މޮނޮރެއިލް ލޭނެއް ލެވޭގޮތަށް،" ސޯބެގެ ޓްވީޓުގައި ވެއެވެ.
ސޯބެ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މި ސަރުކާރުން އައްޑޫ ތަރައްޤީކުރާނެ ކަމަށެވެ. އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކުގެ އެއްވެސް ޝަކުވާއެއް އޮތްނަމަ ކަންބޮޑުވުންތައް ޙިއްސާކުރުމަށް ވެސް ސޯބެ ވަނީ އެދިފައެވެ.
އައްޑޫގެ މަގުތައް ހެދުމަށް ޕްލޭންކޮށްފައިވާ މަޝްރޫޢުގައި ތާރު އަޅާ މަގުތަކަށްވުރެ ގިނައީ ސިމެންތިން އަޅާ މަގުތަކެވެ. މިކަމާއި ގުޅިގެން ޢާންމު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު އެކަމަށް ރައްދު ދެއްވަމުން ސޯބެ ވިދާޅުވެފައި ވަނީ، ގަން އެއާޕޯޓަށް ދިއުމަށް އޮންނަ މައި މަގު، އެއާޕޯޓް ހެދިއިރު ހަލާކުވެގެން ހަދާފައިވަނީވެސް ސިމެންތިން ކަމަށެވެ. އަދި ރަންވޭވެސް އޮންނަނީ ކޮންކްރީޓުން ކަމަށާއި އެމަގުތައް އަދިވެސް ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސޯބެ ވިދާޅުވިއެވެ.
މީގެ ކުރިން "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ސޯބެ ވިދާޅުވީ އައްޑޫގެ ހުރިހާ މަގެއް، ސަރުކާރުން ކުރިޔަށްގެންދާ ޕްރޮޖެކްޓްގެ ދަށުން ހަދާނެ ކަމަށެވެ. "ކުދި ގޯޅިތައް ހިމެނޭހެން ހުރިހާ މަގެއް ހަދާނެ. ބޮޑެތި މަގުތަކުގައި ތާރު ކުދި މަގުތަކުގައި ސިމެންތި އަޅާނީ. އިންޑިއާގެ މަގުތައް ވެސް ހުރެއްނޫންތޯ އެގޮތައް،" ސޯބެ ވިދާޅުވިއެވެ.
އެމްޑީޕީއަށް އެންމެ ބޮޑު އަޣުލަބިއްޔަތެއް އޮތް އެއް އާބާދީ ކަމަށްވާ އައްޑޫއަށް މި ސަރުކާރުގައި ތަރައްޤީ ގެންނާނެ ކަމުގެ ވަޢުދަކީ އެމްޑީޕީން ސަރުކާރާއި ޙަވާލުވުމުގެ ކުރީންވެސް ތަކުރާރުކޮށް ވަމުން އަންނަ ވަޢުދެކެވެ. ނަމަވެސް އައްޑޫގައި ކުރިޔަށް ގެންދިއުމަށް ވަޢުދުވެފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް، ޚާއްސަކޮށް މަގުހެދުމުގެ މަސައްކަތް، ދައުރު ދެބައިވީއިރުވެސް ނުފެށި ލަސްވަމުން އަންނާތީ ގިނަބައެއްގެ ނުރުހުންވުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އައްޑޫގެ މަގު ހެދުމުގެ 1.19 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އިންޑިއާ ކުންފުންޏަކަށް ދީ، ސަރުކާރުން ވަނީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން އެ މަސައްކަތްކުރާ ކުންފުންޏާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އައްޑޫގެ ފެންހިންދާ ނިޒާމާއި ސަތޭކަ ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓަކްޗަރ މިނިސްޓްރީން ވިދާޅުވެއެވެ. މިމަޝްރޫއުގެ މަސައްކަތް ނިންމަން ތާވަލް ކޮށްފައި ވަނީ ދޮޅު އަހަރު ދުވަހުންނެވެ.
ފުރަތަމަ ސިމެންތި ނާޅާ ތާރު އެޅޭތޯ ބަލާބަލަ ކީކޭ ބުނާނީ. ސޯބެމެން ލައިގެން އެންޓާޓިކާ އޮތް ވަރުގަ އައްޑޫ އޮންނާނީ
އެހެންވެ މަބުނަނީ އަށްޑޫގަތިބީ ބޮލަށްފިތަލަފަ ތިބި ތާވަޅުންނެ އިންތިހާބެއް ކާރިވައިރަށް ގޮސް ބޮލަށްފިތާލަނީ ދެން ތިބޭނީ ހެދިފަ ކިޔަވާގެން ތިބި މުއްސަދިން އެންމެގިނައީ އަށްޑުއޯ ތިގޮތަށް ކޭބަލްކަރު ދުއްވި ޖަބިރުވެސް ހަމަ އަށްޑޫމީހުން ގަބުލް ކުރާނެ މިކަންވެސް ބޯބުރާންތި ތަކެއްތަ އަށްޑޫ މިހުންނަކީ ހަމަ ގަމަރީ 1900 ގަ އަޑުގެ ވިސްނުން ކީއްކުރާނީ ވާނުވަނޭގި ރީދު ހުންޖެހިފަ އަފިރިނ ލަދެގަނެ އަށްޑޫ މިހަކަށް ވޭތީ މި ރީދު ހުމުން ސަލަމަތް ވާނެ ބޭހެއް ހޯދަން އެބޖެހޭ
މިރޭ ހައްޑޫ ރައްޔިތުން ތަތްގޯނި ބޮޅުގައި އަޅާއިގެން ނިދާތި! އޭރުން ބޯ،ަތީގައި ރޭލުތައް އުދުހޭތަން ހުވަފެނުން ފެންނާނެ!............... 2 އަހަރުން ކުނިގޮނޑެއް ނުނެގުނު ބަޔަކަށް ކޮން ރޭލެއް އުދުއްސޭނީ؟
ހުޅުދ މީދޫން ތިޔަރޭލް ގުޅާލެވޭނެތޯ، ހުޅުދޫ މީދޫ މީހުން ދަތުރުކުރަން ހިތަދޫ އާއި ގުޅާލަން ބުރިޖެއް އަޅާނަންތޯ ؟
ދެން ހއެ އްލޭމެން ހެ އްލިގަނު .... ގޫބަ އްޑާމެން
ތީ ފެއިލްވެފަ ހުރި މީހެއް. އެތައް އަހަރެއް މޭޔަރގެ ގޮނޑީގަ ވީއިރު އައްޑޫ ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް. ދެން ކޮން މޮޅު ވާހަކައެއް. އައްޑޫ ރައްޔިތުން ޅޮސް އުނދޯއްޔަށް ލާން ދެން ވެސް މަސައްކަތް ނުކުރޭ. ތިވަރު ނުކުރިއަސް މިސަރުކާރުން ސޯބެއަށް ބޮޑު މަގާމެއް ތަބަކަކަށް ލާފަ ވެދުން ކުރާނެ. އައްޑޫގެ ރައްޔިތުންގެ ހާލާއިގެން ދޫކޮށްލާ.
ޖާބިރް ނަން ވާނީ. ހުސް ފޮނިކެނޑުން. ޙަހަ
ޖާބިރު ގޯސް ނުކުރޭ މިސަރުކާރުން ހުއްދަ ދީފަ ދެން ޖާބިރު ގޯސް ކުރާނީ ދޯ؟ ކެކެކެކެކެ
މީހަމަ ރަގަޅު ޖާދޫގަރެ އް 3 އަހަރު ވީ އިރު ތިކަހަލަ މޮޅުކަމެ އް ނުކުރެވުނީ ކީތްވެގެންބާ.
ސޯބެއަކީ އައްޑޫ މޭޔަރެއްނޫން. އެއީ ސަރުކާރުން އެޕޮއިންޓް ކޮއްފަހުރި އެމްޑީޕީ އެޖެންޓެއް.
ކަނޑުގެ އަޑިން އަޅާދީ، އޭރުން ހުރިހާ އެއްމެންގެ ވޯޓް ވެސް ލިބޭނެ.
ސޯބެމެން ގެނައި ތަރައްޤީގަ މިއުޅެނީ ރާއްޖެއިން ބޭރަށްގޮސް އަމިއްލަ އެކައުންޓްގައި ހުރި ފައިސާއިން ހޮޓަލަށް ފައިސާ ދައްކާލެވޭގޮތްވެސް ހަމަނުޖެހިގެން. ވީއިރު އިތުރަށް ތިޔާޒާތުގެ ރިހަކައްކަން ނޫޅުއްވިއްޔާ ރަނގަޅީ.
سبحان الله ވަރުގަ ބަޖެޓެއްލިބުނީބާ ހަދާންވަނީ ގައުމުގެ 3ވަނަ ރައީސް މީގެ 30 އަހަރުގެމާޒީ މަތިން
އައްޑޫގަ އުޅޭނެ މިވާހަކަ ގަބޫލު ކުރާނެ ކުދިން. ހަހަހަ 🤣
ތިކަން ކުރެވޭނީ ޔާމީނަށް.
މާލެ އިންސީދާ އަ އްޑު އަށް ރޭލުގަދޯ ؟؟
ގަދަ ...
ކިހިނެއްތަ ގަބޫލުކުރާނީ.
ދައުރުތައް ހަމަވެ ކަމެއް ނުވެ އިރތުރުދައުރަކަށްކުރިމަތިލާ ސަރުކާރުން ހޭދަކޮށްގެން ހަދާ ތަނެއް ވާހަކަ ދެއްކީމަވޯޓެއް ނުލިބޭނެ އެވެ.
މެކުނު ފުމުނަސް ގާހަކަޔަކަށް ނުފުމެވޭނެ ، އެމް ޑީ ޕީ އިން ތިކަހަލަ ހޮޅި ހުވަފެން ދިވެހިންނަށް ދައްކާ ދައްކާ ކަލޭމެންގެ ހިޔަޅުކަން މިހާރު ދިވެހިންނަށް ވަރަށްރަނގަޅަށް ދަސްވެއްޖެ ސޯބޭ....
ހޭލާ ހުރެވެސް ނިދާފަ އޮވެވެސް ތިޔަކަހަލަ ހުވަފެން އިތުރަށް ދިވެހިން ބަލަން ބޭނުމެއްނުވޭ މިހާރަކު ފުދިއްޖެ އެމް ޑި ޕީ ދެން ހޯ ހޯ...
ޕްރައިމަރީން ފެއިލް ވީމަ ސޯބެ ހޭބުއްދި ފިލާ މޮޔަވެއްޖެ.
ކަން ކުރެވޭ މީހުން އަނގައެއް ނުތަޅާނެ . ބޮއްޅަބެ ބުންޏެއްނު މައުމޫނު ނިކަން ވިދާޅުވެ ދެއްވަ ބައްލަވާށެ ބްރިޖް އަޅާނެ ގޮތް ހުޅުލެއާ މާލެއާ ދެމެދު އެއީ ވާނެ ކަމެއް ނޫނޭ!!! ފެނޭތަ ބްރިޖް އަޅާފަ އޮތްތަން . ތިމީހުންނަށް ވާނެ ކަންތައް ތި ކުރަނީ އަންގައިން ސޮނި ބަހުން މެޓާ އެމް ޑީ ޕީ
ކުރެހުމައް އެމްޑީޕީ ނިކަން މޮޅުވާނެ.. އަހަރެމެން ދެކުނިން މާލޭގެ ބުރިޖުގެ އެކިގޮތްގޮތައް ކުރަހަކުރަހާގެން ގެންގުޅުނުތަން.. އަދި ނުވާތާކައް ޖީއެމްއާރު ލައްވާ މާމޮޅައް އެޔާޕޯޓުގެ ކުރެހުންތައްވެސް ދެއްކި އަދި އެމަސައްކަތް ހަވާލުވެސް ކުރި.. އަދި މާލޭގެ ކުނީގެ ނިޒާމުވެސް އިންޑިޔާބަޔަކު ލައްވާ ހިންގުމައް ޒާތްޒާތު ކުރެހުން ހެދި.. އެކަމަކު މިއިން ހަމަ އެއްކަމެއްވެސް އެމްޑީޕީއަކައް ހަގީގަތަކައް ހަަދައެއްނުދެވުނު.. ގުޅީފަޅުވެސް ކުރަހަކުރަހާގެން ގެންގުޅުން.. އެމްޑީޕީގެ ޗެއާމަނާއި އަދި އެނޫންމީހުން އެއްވެ އެތަން ހިއްކާގެން އަރާ ބޮޑުބެރު ޖަހާ ނަށާ ނާޗަރަންގީ ހިންގާ އޭގެ ފޮޓޯތައްވެސް ފެތުރި.. އެކަމަކު ކުރެވުނު ކަމެއް ހަރާން. ދެން އަޅާކިޔަން ބަލަމާ ރައީސް ޔާމީންގެ 5 އަހަރުގައި ހަގީގަތައްވެ ނިންމެވި ކިތައް ބިޔަ މަޝްރޫ އެހެރީ. ދެން އަހަރެމެން ދިވެހީން މޮޔަ ވެގެންތޯ މިތިބަ ކަމެއް ނުވާ ނާތަހުޒީބު ހަރުދަނާކަމެއް ނެތް އެމްޑީޕީއަށް ވެރިކަން ހަވާލުކުރީ. ކޮބާތޯ ރައްޔިތުންނައް ލިބުނު މޮޅަކީ.؟؟؟
ކަލޯ ހޮޅި ނަހަށްލާ އެމްޑީޕީ ވެރިކަންވެސް މާދަމާވެއްޓުމުގެ ބިރުބޮޑު
ވަރަށްގޮނޑިބޭނުންދޯ ތީބޮޑުވަރު އޭކަމާކުވާ..އަދިވެސް ސޯލިހުވެރިކަމަށް އަންނަން ވެގެން ވީވައުދުތައް އޮތީމަތާރަންފިލާމަތީ ހިރަފުސްވެސް ޖެހޭނީފޮޅަން ހަނދާން ވެސް ނެތޯބުނީ..އަނެއްކާ އަނެއް ކޯޓަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވީމަނުފޯރާފޭލިންވެސް ފޫގަޅަންބުނާނެ..ތީއެމްޑީޕީ ވަދްނުދުވާފޮޑި މުޅިންވެސް ޖަހާނީ..ޔާމީނުގެ ފަސްއަހަރުގެ ތަރައްގީއާ ކާރިޔަށްވެސް ނާދެވޭނެ..މެކުނުފުމުނަކަސް ވާހަކަޔަކަށް ނުފުމެވޭނެ..ޔާމީނުތަރށްކުރިޔަކަސް ތިބައިމީހުނަކަށް ނުވާނެ އެއްކަމެއްވެސް..މިގަސް އަހަރުވެސް ވައުދުވުމުގަ..ވެދުން..އެއްގޮނޑިވެސް ނިލިބުނިއްޔާހެޔޮ އެމްޑީޕީއަށް..
ގުޅިފައިވާ ރަށްތަކޭ ބުނީމާ ދެން އޮތް ދެރަށް ބާކީވީ ދޯ. އައްޑުއަތޮޅުގައި އޮތީ ގުޅިފައިވާ ރަށްތައް އެކަންޏެއް ނޫން. ބަޔަކު ބާކީކުރަންވެގެން މިދައްކާ ވާހަކަ ދޯ. މިހާވަރަށް ޑިސްކްރިމިނޭޓްކޮށްފައި ބަޔަކު ބޭތިއްބޭނީ. އަދި ބުނަން ތިޔަ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގެ ބަޔަކަށް ޒަމާނުއްސުރެން ފެށިގެން ގޯނިބޮލުއެޅި ރަށު މީހުންނޭ ކިޔާނެ. ގޯނިބޮލުއެޅި މީހުންނޭ ބުނީމާ ތިއަތޮޅުގެ ހުރިހާ ރަށެއްގެ މީހުން އެއީ ކޮންބަޔެއްކަން ދަންނާނެ. ވަގަށް އޮޅުވާލައިގެން ގޯނި ގެންނަން ކުރި ކަމެއްކަންވެސް ދަންނާނެ. އެމީހުން ތެދެއް ނަހަދާނެކަން އަތޮޅުގެ އެންމެން ދަންނާނެ.
ބަލަ ފާއިތުވި ހަތް އަހަރުދުވަހު ބާރުގަހުރިއިރު ނުކުރެވުނުކަމެއް ކިހިނެއް ތިންއަހަރުދުވަހުގެ ތެރޭގަ ކުރާނީ ތިހުރިހާމަގެއްހަދާ ބްރިޖުއަޅާ ރެއިލްވޭއެއްހަދާ ތިންއަނހަރުތެރޭގަ ނިންމަންޏާ ތިތަންއަޅާނީ ދަނޑިފަނުން
ލަކުޑިންތަ ތިތަންހަދަނީ
ގައުކެނޑި ވަކިކުރަނީ ކީއްކުރަން. ބުރިޖް އަޅާމަތިން ރިސޯޓުހަދަން އިންޑިއާ މީހުންނަށް ދޭންބާ.
އަނެއްކާ މާލެ ތަރައްގީ ކުރާނީ މީހާ އެއްގެއިން އަނެއްގެ އަށް އުދުހިފަ ދެވޭ ގޮތަށްބާ!!!. އެމް ޑީޕީ މިދައްކުވައިދެނީ އިންޓިޚާބަށް ހުސްދޮގު، ވެރިކަން ލިބުނީމާ އެއްކަމެއް ވެސް ނުވާ ބައެއްގެ ގޮތުގައި. ނިކަން ހުރިހާ ވިސްނުމެއް ބޭނުން ކޮށްގެން ކޮވިޑް ދަށްކޮށްބަލަ.
ތަރައްގީ އެއް ނުވޭ ދުވަހަކުވެސް
ނިދަން އޮންނަ އިރު ފެނޭ ތަރައްގީ ކުރާތަން ހުވަފެނުން
ހެސްކިޔާފަ މަތިން ދަތުރުކުރާ ފެއިލް
ތަރައްގީ ކޮއްނިމޭއިރު ރަންފަރުބަދައަކާއި ގޭސް ވަޅަކާއި ތެޔޮވަޅެއްވެސް ހުންނާއި އަދި ނިއުކްލިއަ މަރުކަޒެއްވެސް ގާއިމްކުރެގޮތައް ޑިޒައިން ކުރާނީ. އަދި ބިމުން ޖަވާހިރުވެސް ނެގޭނެ. އެކަމަކު މިކަންތައްކުރުމައް ރައްޔިތުންގެ ފަރާތުން ބޭނުންވަނީ ހުރިހާވޯޓެއް އެމްޑީފީއައް ދިނުން. ޙެހެހެ މިމީހުން ދެކެނީ އަފިރިންމީ ގަމަރުންކަމައް.
ކިންބޫ ސޯލިހު ދިވެހި ކުދިން ދުނިޔޭން ބޭރަށް ކިޔަވަން ފޮނުވި ގޮތަށް އެކުދިން ނަށް ދުނިޔެ އަށް ނާދެވިފަ އެތިބެނީ. ހައިވޭ ރޭލްގަ ދަތުރު ފަށާފަ ގެއަށް ދެވޭ ވަރު ކުރައްޗޭ ސޯ ބެ؟ ކައުންސިލް އިންތިހާބުގެ ކުރިން ހަނދު ބޮޑުވާ މޫސުމުގަ އައްޑޫ ކޮންމެ ގެއަކަށް ތަރި އަކާ ހަނދެއް ދޭން ނުބުނައްޗޭ އަނެއްކާ؟ ސޯބެ އައްޑޫ މީހަކަށް ވެ ހުރެ ތިކިޔަނީ އައްޑޫގަ ތިބީ ގްބޯލުންނޭތަ . ސަޅި އޭ ތީތި .... ގުނބޯ އައްޑޫ ރައްޔިތުން ސޯބެ ކިޔާ ގޮތް މީ.
މިފަހަރު ހަތަރުއަނގޮޅީގަ ބުދެއްވެސް ނުބަހައްޓާނަންތަ؟
ނެޓު ސާޗުކޮށްގެން މޮޅެތި ނަންނަން އަލަށް ދަސްކޮށްގެން އެކަންކަން އައްޑުއަތޮޅަށް ތައާރަފުކުރާ ވާހަކަ ދެއްކުމުންވެސް އެހުވަފެންވެސް ދެކެންބޭނުންވާ ގިނަބަޔަކު އައްޑޫގައި ތިބުމަކީ އެކަށީގެންވާކަމެކެވެ. މިގައުމުގެ މިހާރު ވެރިމީހަކީވެސް ރަސޫލާ ބަރަކާތްލައްވާފައިވާ މީހެއްކަމަށް ބުނުމުންވެސް އެކަންވެސް ދިވެހިން މިތިބީ ގަބޫލުކޮށްގެންނެވެ. ގަމުން އިގިރޭސިން ފޭބިފަހުން މިއަދާއިހަމަޔަށްވެސް ބޯމަތިވަމުންއަންނަ ކޮންމެ އިންތިހާބަކާއި ދިމާކޮށް މޮޅެތި ކުލަ އުވަފެން އަައްޑުއަށް ކޮށްދޭނެކަމަށް އައީ ވައުދުވެ ހުވާކުރަމުންނެވެ. އައްޑޫމީހުން އެވެރިން އެދައްކާވާހަކަ އައީ ގަބޫލުކޮށް އެވެރިން ބުނާގޮތަކަށް ބުނިމީހަކަށް ވޯޓްދެމުންނެވެ. އައްޑުއަތޮޅަކީ ސިޓީއެއްގެ ދަރަޖަދޭންޖެހޭ ފެންވަރަށް ތަހުޒީބު ވެފައިވާ ތަނެއްނޫންކަމަށް ވަކާލާތު ކުރުމުން އައްޑޫގެ ގިނަމީހުން އެވާހަކަ ދެއްކިމީހުންދެކެ ނަފުރަތުވިއެވެ. އެމީހުންނަށް އެމްޑީޕީން ދަސްކޮށްދީފައޮތީ ކަންނުވިއަސް ނަންވުމަކީ ތަރައްގީ ކަމަށެވެ.
ސާބަހޭ ރައްޔިތުން ގުބޯ ހައްދަން
ހެހެހެހެހެހެހެހެހެހެހެހެހެހެހެހ! ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓްވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓްވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓްވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓްވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓްވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓްވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓްވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓްވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް ވޯޓް!
އެމްޑީޕީ ސަރުކާރުގައި އައްޑޫމީހުން ޖައްވުގައި ސްޓޭޝަން ހަދާފައި އެތާނގައިވެސް ގެންގުޅޭނެ ވާނެ ކަހަލަ ކަންކަން ކިޔާބަލަ ކަލޭމެން ނިކަން!!!! މިސަރުކާރަށް ކުރެވުނު ހާވެސް ކަމަކީ ތަންތާނގައި ހުރި ނަންބޯޑު ބަދަލު ކުރުމާއި، ޖުޑިޝަރީ ފުނޑާލާ އެތާންގައި އެމީހުންބޭނުންހާ ނާޗަރަންގީ ކުޅެވޭނެގޮތައް މީހުންލާ މަގުމަތީގެ ލައިން ތަކުގައި ކުލަބަދަލު ކުރުމާއި، އިންޑިޔާގެ މުޝްރިކުން މިތަނަށް ހެޓަކަށް އެރުވުމާއި، ތަންތާގައި ގަސްއިދުން އެއީ މިސަރުކާރުން ހިނގި މެގަ ޕޮރެޖެކްޓް ތައް ކޮބާ ލަދުޙަޔާތް!!!
ސޯބް ކިތަންމެ ފޮނިކެނޑިޔަސް ތިޔަ ޕްރޮޖެކްޓަކީ އިންޑިޔާއިން އަޅައިގެން އުޅޭ (އެކަޑަމީ) ނުވަތަ މިލްޓަރީ ބޭސްގެ ސެކިއުރިޓީ ވަރުގަދަކުރަން ކޮއްފައިވާ މަސައްކަތެއް. ޢައްޑޫމީހުން ގުނބޯހެއްދުން ނޫންކަމެއް ޔެލޯ ބައިގަނޑަކަށް ނުވާނެ.
ކޮވިޑް19 ގެ މިތަދުމަޑުކަމުގަ ގައުމު އިންޑިޔާއަށް ވިއްކައިގެން ގެންނަ ތަރައްގީއެއް ބޭނުމެއްނެތް، ތިޔަށްވުރެ މިނިވަންކަން މުހިއްމު
އިންޑިޔާމިހުން ނުވަތަ ޗައިނާ އަށް މިލިޓަރީ ގޮތުން ބާރު ދެވޭވަރަކަށް ތިކަހަލަ ކިތަން މެ ކަމެއް ކޮށްދޭނެ.ސައްކެއް ވެސް ނެތް.އެކަހަލަ ކަމެއް އަވަސް މުއްދަތެއްގަ ނުވާނެ.
އަމިއްލަ ދިރިއުޅުންވެސް ބަރުބާދުވެފހުރި، އަދި ރައްޔިތުންގެ އިތުބާރު ގެއްލިފައިހުރި މީހަކު ދައްކާވާހަކަ ގަބޫލުކުރާނީ ކިހިނެތް؟؟؟ ބަލަ، މަގޭ ވޯޓް އެމްޑީޕީ އަށް ހަރާމުން ހަރާން ދޭނެކަމަށް//// ކޮސް ނުގޮވާ ގޮނޑިން ފައިބާ///
އަމިއްލަ ދިރިއުޅުންވެސް ބަރުބާދުވެފހުރި، އަދި ރައްޔިތުންގެ އިތުބާރު ގެއްލިފައިހުރި މީހަކު ދައްކާވާހަކަ ގަބޫލުކުރާނީ ކިހިނެތް؟؟؟ ބަލަ، މަގޭ ވޯޓް އެމްޑީޕީ އަށް ހަރާމުން ހަރާން ދޭނެކަމަށް//// ކޮސް ނުގޮވާ ގޮނޑިން ފައިބާ///
ހުސްފޮނި ވޯޓައް ޖަހާމަޅިއެއް! އެއްކަމެއްވެސް ނުވާނެ! މިމީހުން ޖެހޭނީ ގަދަކަމުން ބާލަން ދިވެހިންނައް!
އައްޑޫގަ ދެން ކަރަންޓުދޭނީވެސް ނިއުކުލިޔާ ހަކަތަ ބޭނުން ކޮއްގެން.. އައްޑޫ ކިޔަވާކުދީ ތައުލީމު ހާސިލް ކުރާނީ އިނގިރޭސިވިލާތުގެ އޮކުސްފޯޑުން.. އެކުދީން ކޮންމެ ދުވަހަކު އިނގިރޭސިވިލާތައް ސުކޫލައް ގެންދަން ގަމުގެ ރަންވޭމަތީގައި ބޯއިން 777 ގެ 30 މަތިންދާބޯޓު ބޭއްވޭނެ. އަދި އިންޓޯލް ގަޑިޔައް ރާއްޖެ އާދެވޭނޭހެން ދުވާލަކު ދެފަހަރު އިނގިރޭސިވިލާތައް ދާން 40 މަތިންދާބޯޓު އައްޑޫ ކުދީންނައް ޚާއްސަކޮއް ރަންވޭމަތީގައި އަބަދުވެސް ބާއްވާނެ. އަދި އައްޑޫގެ ކޮންމެ ގެޔަކީ ވޯޓާ ބަނގަލޯއެއް ގޮތައް ހުންނަ ފައިވްސުޓާރ ފެންވަރުގެ ގެޔަކައް ހެދޭނެ. އެކަމައް މިހާރު އޮތީ ފަންޑު ހަމަޖެހިފަ. ދެން އައްޑޫގެ ރައްޔިތުން މުނިފޫހި ފިލުވަން ކޮންމެ ހަފްތާބަންދެއްގައި އެމެރިކާގެ މައްޝޫރު ލަވަކިޔުންތެރިންނާއި ޖެނިފާލޯޕޭޒުގެ ނެށުން ބޭއްވޭނެ. އަދި އެއްވެސް ހުރަހެއްނެތި އައްޑޫ މަސްވެރިން ބާނާ މަސް ވަގުތުން ވަގުތައް އިނގިރޭސިވިލާތައް އެކުސްޕޯޓުކުރަން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ކަނޑުގެ އަޑިން ހޮހޮޅައަކުން ގުޅާލެވޭނެ..
ސޯބެ ތީހުސްވާހަކަ މަކަރު ވެރިހިޔަޅަ ގޮހޮޅަ ވާހަކަ ތީ މިހާރު ވަކި މގުސަދެއްގާ ދައްކާ ދަޅަ ބަލައިބްރާހިމް މުހައްމަދު ސާލިހު ވައުދު ހުވާއިޑުއަހަން އައްޑޫން ކޯޓްފަޓުލޫން ލައިގެން ދިޔަ ކުދިން ކޮޅު އެބަޖެހޭ ވިސްނަން ބަލަ ޕާޓީވިޔަކަސް އައްޑުއަށް ކިތައް ަަަަަަަަަޖެ ހަދައިބަލަ ބޮލެއްތިބިއްޔާ ވިސްނަން އެބަޖެހޭ ކޮންކަމެއްތޯއ އަލަށް ކުރީ ހަމަ ރައީސް ޔާމިން ރައްޔިތުންނަށް ކޮއްދިފައޮއް ކަމެއް އޮތީ ގަބޯއިންނޭ
ތިޔަ ހުވަފެން ކައުންސިލް އިންތިހާބް ނިމެންދެން ދައްކާނެ މިގައުމުގެ ރައްޔިތުންނައް އާކަމެއްނޫން ތިޔައީކީ ސޯބާ ޔައް އެގިނުލެއްވިޔަކަސް ތިޔަ ހުފަފެން ދައްކާތާ މިހާރު މިވަނީ 50 ހަކަ އަހަރު މިވަނީ ދެންކީއްތޯ ކުރާނީ މީވާގައުމެއް ސުކައިޓުރޭން ގެ ޙިޔާލީފޮލާގަ ޖައްސާފަ ރައްޔަތުން ގުނބޯހައްދާ ވޯޓްހޯދަން މަސް އަލަޔެއްނޫން
ކޮބާ އަސްލަމް ޖާބިރު ކޭބަލްކާރު ތައާރަފްްކުރަން އުޅުނީމާބުނި ރާއްޖޭގައި ކުރަން ހެޔޮވާވަރު ކަމެއްނޫނޭ މިކަމާ ކީކޭބުނާނީ މީ ތިބާގެ ރަށްވެސްމެ
ކޮއްމެ ހަފްތާ ބަންދަށް ހުޅުދޫއާއި ފޭދޫ އާ ދެމެދު އޮއްނަ ކަނޑިހެރަ ކިޔާ ފަޅު ރަށަކަށް ދެތިން ފިރިހެނުންނާ އެކު ހިނދުކޮޅު ގެއްނަން ވެގެން ގޮސް ބޮކްސާ ކޮޅުގަ އުޅޭވާހަކަ އަޑުއިވޭ. އެހެންވީމަ އެއަށްވުރެ މާބޮޑު ވާހަކައެއް ވެސް ދެއްކިދާނެ ނޫންތޯ. ގޮވުނު ކޮސް އިނގޭނީ ހޭވެރިކަންވީމަ ދެއްތޯ.
ސޯބޭ!!!ސޯބޭ އަދިއަސް ނޭފަތިކުރިއަށް ފެންގަނޑަ އެރިމެއިއަސް އަފިރިން "ޅޮސް އިނދޯލަށް" އަރުވަގެން ލެއްވަނީދީ. ތެ ރައިވަރަ ހުއްޓަލަ ކަލޯ. ތެހާސަރަ ނިކިއަސް އައްޑޫ ރައްޔަތުންނަކީ ބޮލެރޮދި ކެނޑިފެއި ނިކަން އަވަހަށް ހެއްލޭ ބާކިއެ. މިޅި ރާއްދޭގެ އެންމެ ސިކުނޑި ދަށްމީހުން. ތެބުރިޖުން ތެރޭލް ދިއްވާއް ތިބޭނެއި ހޮގޮޅާމެން. މަހަމަ އަންތަރީސްވެގެ، އަރަ ބެބިގެ.ހޫނނނނނނ
ހެހެހެހެހެހެ.މި ވަރުގެ ޖޯކެއް މަ ނުދެކެން.😂😂
އައްޑޫ ރައްޔިތުންނޭ މިސޯބެ ހޭއަރުވާލެވޭ ވަރުގެ މީހަކުވެސް ތިޔަ ހޮސާބުގަ ނުއުޅެނީތަ ތިޔަހާ ފިނޑިވެގެން ކިހިނަކުންތޯ އުޅޭނީ...މީދެން އަޅެ ކާކުތަ...މުޅި އައްޑޫ ހަލާކުގެ ތެރެއައްް ލަނީ މި ސޯބެގެ ބަލާ..
މޮޅުވާހަކަ ދެކުމަ ވުރެން މާރަނގަޅެންނު ރަތްޔިތހުމީހުންނަށް ދީފަހުރިބިންތަކުގެ އިންވަކިކޮށްދީރަޖިސްޓްރީ ހަދާދިނިޔާ މޮޅުވާހަކަނުދަށްކާ
ބިންތައް ދައްކާ ލިއުންހަވާލްކުރިތާ 3 އަހަރުވަނީ އަދިވެސް ރަޖިސްޓަރީ ވަނެގޮތެނެށް މިމީހުންގެ ހުނަގާބިލްކަންމިފެންނަނީ
ތިރޭލް ދުއްވަންވާނީ ދާން ކުރިން ހިތައްވެސް ނާރާ ޤައުމުގަ ހުރެގެން މި ފުރުޞަތު ލިބިދާނެ ކަމަކަށް ހެޔޮނުވާނެ އައްޑޫ ރައްޔޮތުންނޭ އެމްޑީޕީ ހޮވާދީ. މީ ވޯޓަށް ދައްކާ ވާހަކައެެއް ކަމަށް ނުދެކި ވޯޓްދީ އެންމެން ނިކުމެ މިފަހަރު ވާނެ މިކަން ކުރަން އިދިކޮޅުން މޮޔަ ގޮވާނެ. އެމީހުން ތަރައްޤީ އެއްނުވިއޭ ގޮވިއިރު މަގު ހަދާފަ ބުދުވެސް ހުންނާނީ ބަހައްޓާފަ ނުވޭ އަޅެ ކަމެއް ކޮންވެސްސެންޓަރުވެސް ހުންނާނެ ހަދާފަ ދެން .....
މިޔޮއް ހުރިހާ ދުވަހު ކުރީކީއްބާ މިހާރު އިތުރަށް ކުރެވޭނީ ކީއްބާ ވޯޓް ކައިރިވާ ވަރަކަށް މިކަހަލަ ކަންތަށް ފެންނާނެ
ރޭލެއްވެސް ބޭނުމެއްނޫން ކަލޭމެން ރައްކާވޭ އައި ގޮތަކަށް
ރައްއިތުން ހެއްދުމުގައި އަވެދިނެތި ކޮންމެ ސަރުކާރެއްވެސް
ނުވާނެ ނަރުދހަމާ ނޭޅިގެން އުޅޭބަޔަކު
ކައްމަތީ ފިހާރައިން އާޓާ ޕާނަކާ ސުޕާރީ ކޮޅެއް ގަނެދޭނަމޭ ކިޔާބަލަ . ނުފުއްދޭ ވަޢުދު ބޮލު އަޅައިގެން ﷲގެ ހަޡްރަތަށް ދާން ރެޑީތަ؟
މިސްކިތަށް ވަދެނުލާ ބަޔަކަށް ބުހުތާނު ދޮގު ހެދުން ނުވާނެ ކަމަކަށް
ކަލޯގެޔާ..މޮޔަވެފަތަ މިތިބީ؟ މީނަ މިހެންބުނީމަވެސް އަތް ޖަހާނެބަޔަކު ތިބޭނެ.ހައިރާންވެއްޖެ.ދެން ނުކެރޭނެ އައްޑުއަށް ދާކަށް.ތި ރޭލް ބޮލަށްކަންނޭގެ ވެއްޓޭނީ.މީ މިއަހަރުގެ އެންމެބޮޑު ޖޯކް.ވޯޓް ހޯދަންވެސް ބޮޑުވަރު.އައްޑޫ ހުރިހާ ރަށްތަކެއް ކޭބަލް ކާރުން ގުޅާ ނުލާތަ؟ހުރިހާ ރަށްތަކެއް ބުރިޖުތަކުން ނުގުޅާތަ؟އައްޑޫ ތަރައްގީ ކުރަން ބޭނުމިއްޔާ މިފަހަރު ބޮޑުތަނުން ނޫނެކޭ ބުނެބަލަ.އެއިރުން ކަންތައް ވާނެ.
މިޔޮއް ހުރިހާ ދުވަހު ކުރީކީއްބާ މިހާރު އިތުރަށް ކުރެވޭނީ ކީއްބާ ވޯޓް ކައިރިވާ ވަރަކަށް މިކަހަލަ ކަންތަށް ފެންނާނެ
އައްޑޫ ބޭސްސިޓީ އަކަށް ހަދާފަ މިފާއިތުވެދިޔައަހަރުތަކުގައި މޭޔަރަކަށް ހުރެގެން އައްޑު އަތޮޅު ރައްޔިތުންނަށް ނަށް "އަގާއި އަތާއި ދިމާކެރާށް" ތިޔާބޭފުޅާ ހޯދައި ދިން ވަޒީފާގެ ފުރުސަތުތަކަކީ ކޮބާ؟ ކިތަށްކުދިންތޯ އެތިބީ މަތީތައުލީމު ހާސިލްކޮށްގެން ރަށުގައި ވަޒީފާއެއްނެތިފަ؟ ތަރައްގީއޭ "ވަތުއޮޑިއޭ" މިއަދު ތިޔަ ވިދާޅުވަނީ ފެންނާއި ނަރުދަމާ އަދިމަގުތައް ހަދައިދިނުމަށް ކަމަށް ވާއިރު ލަދުކޮބާ ؟ ޝުކުރިއްޔާ އަޒުހީމް!
ބަލާބަލަ .... މަގާމު ގެއްލިދާނެ ހެންހީވީމާ ތެޅޭވަރު ކެކެކެކެކެކެކެ ..... ތިމާމީހާގެ ދައުރު ގައި ތިމާމީހާއަށް ކުރެވުނު ތިޔަވަރުގެ މޮޅު ކަމެއް ދައްކަބަލަ....
ސޯއްބެމެން އެމްޑީޕީ އަކަށް ވާނެކަމެއް ނޯންނާނެ. ތިބުނާ ރޭލްވޭއަކުން ހަމަހޭގަ ތިބޭބަޔަކަށް ދަތުރެއް ނުކުރެވޭނެ.
ސޯއްބެގެ ގޭ ބިއްދޮށުގަ އޮތް އޮޅުގަޑު ހިއްކާފަ މީހުނަށް އުދަގޫ ނުވާގޮތަށް ހަދާބަލަ. މާ ތާހިރުވާނެ.