15 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ކުންފުނިތަކަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ ކޮންޓްރެކްޓުތަކެއްގައި މިއަދު ސޮއިކޮށްފައެވެ. މި 15 ރަށުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޖުމްލަ ފަސް ކުންފުންޏަކާއެވެ.

އެގޮތުން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ވަނީ ރަށެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. އެ ހަރަށުގެ ތެރޭގައި ހިމެނެނީ، އއ. ބޮޑުފުޅުދޫ، ގދ. ރަތަފަންދޫ، ތ. އޮމަދޫ، ދ. މާއެނބޫދޫ، ހއ. އުތީމް އަދި ހދ. ނައިވާދޫ އެވެ.

މައިކްރޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ތިން ރަށަކީ، ފ. ފީއަލީ އާއި، ރ. ރަސްމާދޫގެ އިތުރުން ތ. ބުރުނީއެވެ.

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވަނީ ދެ ރަށެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދ. ރިނބިދޫ އާއި، ތ. ވޭމަންޑޫ އެވެ. މާކެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާވެސް ވަނީ ދެެ ރަށެެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގއ. ކޮނޑޭ އަދި ރ. މާކުރަތެވެ. މީގެ އިތުރުން ސާސް އީ ކޮންސްޓްރަކްޝަނާވެސް ދެ ރަށެއްގެ މަސައްކަތް ހަވާލުކޮށްފައި ވާއިރު، އެ ދެރަށަކީ ދ. ހުޅުދެލި އަދި ލ. ދަނބިދޫއެވެ.

މި ހުރިހާ މަޝްރޫއަކަށް ހޭދަވާނެ ކަމަށްް ބެލެވެނީ 407 މިލިއަން ރުފިޔާއެވެ. މި 15 ރަށުގެ މަސައްކަތަކަށްވެސް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބަޖެޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރަށްފުށު މާމަ

  ވޯޓުލާ ދުވަސް ކައިރި ވީތަ؟ 😱

  14
 2. ދޮނޭ

  ކިތައްމެވަރަކަށް ގޮތްދެއްކިއަސް ވޯތެއްނުދޭނަން ފުލެޓަށް ހެދީމަކަރު.

  15
  1
 3. އަސާސީ ހައްގު

  ދޮންލޯފިލި މޫސުމް ލައިގަތީ. ކުދިވެރިން ފޯރީގަ ކިރުއިލޮށި ހިފައިގެން ދުވެނަގާނެ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ދޮން ލޯފިލީގެ ހެޔޮ ވެރިކަމާއެކު ކަޑަޖެހި ޒަމާންވީ ސަގާފަތްވެސް އަލުން ދިރި ގައުމުމިވަނީ ބާރު ދުވެލީގާ ފަހަތައް ދުވަން ފަށާފަ. ކުލަނުޖެހޭ އުއްމީދުތައް ވިސްނުން ތޫނު ދިވެހިން ވަނީ އަނެއްކާވެސް ކުރަން ފަށާގައި.

 4. Alibe

  އިންތިހާބަށް ކަޑަޖަހަނީ، ހަމަ ރަން 30 އަހަރުގެ ސަގާފަތް.

 5. ޖަނާޒާ

  ސާބަސް ! މޫސުންއައީ މޫސުންއައީ ! ވޯޓް ސޯޓް ކޯޓް ނޯޓް !

 6. Anonymous

  ހަވާލު ކުރީމަ ނިމުނީކީނުން އެގޭތޯ. އެމްޑީޕީޔަ އުފަން ކުންފުނިތަކައް ހަވާލު ކޮއްގެން ޖަރީމާރައް ހިންގަނީ. ރާއްޖޭގަ މިކަން ކުރެވޭ އޮތީ ދެކުންފުނި އެއީ އެމްޑަބުލިއެސްސީޔާ ފެނަކަ.

 7. ހުސެން

  މާތްކަލާކޯ ފުރަތަމަ އިންޑިއާގައި ނަރުފަމާ ރަނގަޅުކޮށްބަލަ ..ނަރުދަމާ އަޅައިފަ ރައްރަށުގައި އޮންޑިއާގެ ހަތޮޔާރުތައް،ގުފަން ކުރަނީ އެކަން ކުރޮއަނުދޭތި އެއްވެސް ސަމާނު ގުދަނެއް ހެދިޔަ ނުދޭތި ސަމާލުވާތި..

 8. ޖޮނަތަން

  ވޯޓާ ދިމާކޮށްފަ ސްޓަންޓް ޖައްސަނީ.ދެރަކަމަކީ މިއަށް ހެއްލި މިސަރުކާރަށް ވޯޓް ދޭތީ.

 9. ޞަދީޤު

  ކެބިނެޓް ބައްދަލުވުމުގައި އިބްރާހީމް މުޙައްމަދު ޞާލިޙް މިނިސްޓަރުންނަށް އެންގީ ކޮނމެ މިނިސްޓަރަކުވެސް އެމިނިސްޓަރުގެ ދާއިރާއިން މި ދެމަސްތެރޭގައި ކަންތައްތަކެއް ފަށަންއުޅޭގޮތް ދައްކަން ޖެހޭނޭކަމަށެވެ. ދިވެހި ރައްޔިތުންނަކީ ވޭތުވެދިޔަ ތަން ހަނދާން ނުހުންނަބަޔެކެވެ. އެމީހުން އަބަދުވެސް ބަލާނީ އެވަގުތަކު ދައްކާ ވާހަކަޔާ ކުރަން ހަމަޖެހޭ ކަންކަމެވެ. އެހެންވީމާ މިނިސްޓަރުން އެ ކުރަނީ މި ކަންތަކެވެ. ރައްޔިތުންގެ ވިސްނުންތޫނުކަމާ ގަމާރުކަން މިފަހަރު ފެންނާނެއެވެ.