ޏ. ފުވައްމުލައް ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހުންވެސް ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ގަހެއްގައި ޖެހިގެންނެވެ.

މި ދެ މީހުންވެސް ނިޔާވެފައިވާ ކަން އެ ސިޓީ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި އެކްސިޑެންޓް ހިނގިއިރު، ފުރަތަމަ މަސައްކަތް ކުރަން ޖެހުނީ ކާރުގައި ތިބި ދެ މީހުން ތާށިވެފައި ތިބުމުން ދެ މީހުން ސަލާމަތް ކުރުމަށެވެ. އެކަަމަށް 20 ވަރަކަށް މިނުޓު ހޭދަވި އެވެ.

އެ މަސައްކަތުގެ ތެރެެއިން ފުރަތަމަ ކާރު ތެރެއިން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ 24 އަހަރުގެ ޒުވާނެކެވެ. ހޮސްޕިޓަލުން ބުނީ، ދެވަނައަށް ގެންދިޔަ ޒުވާނާ އަކީ ކާކުކަން ކަށަވަރު ނުވާ ކަމަށެވެ.

"ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ، ދެވަނައަށް ގެނައި ޒުވާނާ އައިޑެންޓިފައި ނުކުރެވޭ، އޭނާއަކީ ކާކުކަން އެނގޭނެ އެއްވެސް ޑޮކިއުމެންޓެއް އަދި ހޮސްޕިޓަލަށް ނުލިބޭ"،

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ އަހުމަދު މުތީއު އާއި އާމިލް އަހުމަދު އެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދުގެ ހަވީރު 16:44 އެހާކަންހާއިރު، އެސިޓީގެ ފުނާޑު އަވަށު، ލެވިޝްގެ ކުރިމަތިން މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގު ހުޅަނގު ފަރާތުގައި ހުރި ކިނބި ގަހެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓް ހިނގިއިރު، ކާރު ދުއްވަން އިނީ 19 އަހަރުގު ޒުވާނެކެވެ. އެޒުވާނާ އަތުގައި ލައިސަންސް އޮންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ކާރުގައި ތިބި ދެ ޒުވާނުންވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކިޔުންތެރިއެއް

    ފުރާނައަކީ އަގުބޮޑު އެއްޗެއް ދުއްވާއެއްޗެހި ދުއްވުމުގައި ފަރުވާތެރިވުން މުހިންމު.
    إنا لله وإنا إليه راجعون. غفر الله لهما

    58
    1
  2. ޢަލިބެ

    ހިތާމަވެރިހަބަރެއް. އެހެންމީހުނަށް އިބުރަތެއް

    39
    3
    • ދޮންބެ

      ކޮބައިތޯ އިބުރަތަކީ. އެކަކީ ކުރިންވެސް ނުރައްކާތެރި އެކްސިޑެންޓެއްވީ މީހެއް. ހިނގާކޮންމެކަމަކީ އިބްރަތެއް ނޫން. އިބްރަތަކީ އެމީހަކު ލިބިގަންނަން ޖެހޭ އެއްޗެއް؟

      2
      2
  3. މޑނ

    ކާރަކައް އެރުނީމަ ތިމާޔައް ނޭގޭހާލުގަވެސް ގަދަވާންވެގެން ޕެޑަލައް އޮބާލެވެނީ ކޮންޓްރޯލް ނުވާވަރައް. މިކަމުން އިބުރައް ހާސިލްކުރޭ. ދެމަރުހޫމުންނައް ފާފަފުއްސަވާ ހެޔޮރަހުމައް ލައްވާށި.

    53
    2
    • ނަން ނެތް

      ނޭނގޭތީއެއް ނޫން، ކިތަންމެ އެކަމެއް ކުރަން މޮޅުވިނަމަވެސް، މަރަކީ ބައްދަލުވުމުން ފިލާގެން ދުވެވޭނެ އެއްޗެއްނޫން. ފަރުވާ ކުޑަކުރުމުން ވެވޭ ކަމެއް އާދެ، ނަމަވެސް އެންމެނަކީވެސް އިންސާނުން، އަދި ތިމަންނަ ނުދަންނަ ބަޔަކީ އެކަމެއް ކުރަން އެންގޭ މީހުންނޭ ނޭނގޭ މީހުންނޭ ނިންމުމަކީ ރަނގަޅުކަމެއް ނޫން.

      3
      4
  4. ލިސްޓް

    ހިތާމަތައް ކުރިމަތި ވަނީ ކުރިން އެނގުމަކާ ނުލައެވެ. ނަމަވެސް، އެނބުރި ދަނީ އެތައް ފިލާވަޅެއް ދަސްކޮށްދީފައެވެ.

    44
    1
  5. ަސދަސ

    ނަސީބެއްނުން ތިމީހުން އަމިއްލަޔަށް ހެދި ގޯސްތެރެއިން އެހެން މީހަކަށް ގެއްލުމެއް ނުވިކަން.

    11
  6. Zivan

    إنا لله وإنا إليه راجعون

  7. ޒައިމާ

    ދެން އެދެކުދިންނަށް އެއްޗެހި ނުކިޔާ ހެޔޮދުޢާ ކޮށްލާ އެމީހުން ދެން މިހާރަކު ނެތެއްނުން
    އެވާހަކަ ދެއްކިޔަސް ކުރާނީ ކީއް ދެން ހއޔޮ ދުއާ ކޮްށްލާ ...