ރ.އިނގުރައިދޫގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ ބަނދަރުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑެ ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، 2018 ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވާ ރ.އިނގުރައިދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، މެއި މަހުގެ ނިޔަލަށް މުޅި ބަނދަރު ތަރައްޤީ ކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އިނގުރައިދޫ ބަނދަރުގައި އެލް-ބްލޮކްސް ޖެހުމުގެ 81 އިންސައްތަ މަސައްކަތް އަދި ބަނދަރު ތޮށީގެ (ޖެޓީ) 72 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ޕޭމަންޓް ގާ އެތުރުމުގެ 25 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ވިދާޅުވެފައިވެއެވެ.

މިމަސައްކަތުގެ ދަށުން އެރަށުގެ ބަނދަރުން ތިލަވެފައިވާ ސަރަހައްދުތައް ފުން ކުރުމުގެ އިތުރުން 750 ފޫޓަށް ދިގުކޮށް، 288 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓެއް ޖެހައި، 65 މީޓަރުގެސިމެންތި ބަސްތާ ރިވެޓްމަންޓު ޖެހުމުގެ އިތުރުން 353 މީޓަރުގެ ކޮންކްރީޓް ބްލޮކްއެއްގަމު ތޮށްޓެއްގެ އިތުރުން، ނެރު ބައްތި ޖެހުމާއި، އެއްގަމު ތޮށްޓާ އިންވެގެން ޕޭވްމަންޓެއް ލެވިގެންދާނެއެވެ.

2015 އެޕްރީލް 14 ވަނަ ދުވަހު މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 42.5 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު