ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް އެމްއާރުޑީސީ އާއި ހަވާލުކޮށްފިއެެވެ.

މި މަސައްކަތް ކުރިއަށް ގެންދާ ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މި މަޝްރޫއަށް ޖުމްލަ 100 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައި ވަނީ 501 ދުވަހުގެ މުއްދަތެކެވެ.

މިއަދު ސޮއިކުރެވުނު މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ މަގުތަކުގެ ހަ ކިލޯމީޓަރު ސަރަހައްދެއްގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި، މަގުބައްތިޖެހުން ހިމެނެއެވެ.

މި މަޝްރޫގެ އެއްބަސްވުމުގައި ޕްލޭނިިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތުު ޝާނާ އެވެ. އެމްއާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެެ މެެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.

ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރުއިއަށް ގެންދާ މަޝްރޫއުގެ ދަށުން އެރަށު ބަންޑާރަ މަގުގައި ތާރު އަޅާފައި ވަނީ 2018 ވަނަ އަހަރުއެވެ.

މީގެ ކުރިން ކުޅުދުއްފުއްޓަކީ، ވިއްސާރަ ވެހިއްޖެނަމަ މަގުތަކުގައި ފެން ހެދުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަރުކެހި

    އަސްތާ.. ވޯޓްލާ ދުވަސް ކައިރިވީތާ.. އަވަހަށް ހަޑި ހާވާ ނިންމާލާ.. ކުޅުދުއްފުއްޓަށް ކަމެއް ކޮއްދެވޭނީ ވޯޓް ކައިރިވީމަ އެކަނި..

    6
    1
  2. ހަގީގަތް

    ވޯޓް ވޯޓް ދޯ އަބަދު މި ފޯމިއުލާ ވޯކް ކުރާނެ ބާ