އައްޑޫސިޓީ މީދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން އިތުރު މީހަކު ފައްސިވެ ޖުމްލަ މި ބައްޔަށް ފައްސިވި މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށް ހުޅުދޫ ދާއިރާ ކައުންސިލަރު އިބްރާހީމް ޝުކުރީ ވަނީ ވިދާޅުވެފައެވެ.

ހުޅުމީދޫގައި ކޮވިޑް-19ގެ ދެ އިހާ މިވަގުތު އުޅޭއިރު، އެމްޓީސީސީ ކްލަސްޓާއިން ފައްސިވި މީހުންގެ އަދަދު ވަނީ 35 އަށް އަރާފައެވެ. މިއާއި އެކޫ ހުޅުމީދޫއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 46 އަށް އަރާފައެވެ.

މީދޫން އިތުރު ބަޔަކު ކޮވިޑު-19 އަށް ފައްސިވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ހުޅުދުއާއި މީދޫގައި ހަތް ދުވަހަށް ކާފިއު ހިންގުމަށް ނިންމާފައެވެ.

ހުޅުދޫ އާއި މީދޫގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.