ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ މާލޭގެ ސްކޫލްތައް ގްރޭޑް 8 އާއި ހަމައަށް ބަންދު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދެ ހަފްތާއަށް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 ގެ ކުދިން ސްކޫލަށް އައިސް ކިޔެވުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެމިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުންދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ އިރުޝާދާއި އެކީ އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އެޗްޕީއޭއިން އަންނަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަދި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް އަންގައި ރޭގަނޑު 20:00 އިން ފެށިގެން ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މާލޭގެ ސްކޫލްތަކުގައި ގްރޭޑް 6 އާއި ހަމައަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތައް ހަމަޖެއްސީ މީގެ ދެހަފްތާ ކުރިންނެވެ. ނަމަވެސް ދެހަފްތާ ވެގެން ދިޔައިރު ވެސް ކޮވިޑްގެ ހާލަތު ރަނގަޅުވެފައި ނުވާތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ގްރޭޑް 7 އާއި ގްރޭޑް 8 ގެ ދަރިވަރުން ވެސް އޮންލައިންކޮށް ކިޔަވާ ގޮތައް ހަމަޖެއްސީއެވެ.

ރާއްޖެ އަށް ކޮވިޑްގެ "ތިންވަނަ ރާޅެއް" މިހާރު އަރާފައި ވާއިރު ކޮންމެ ދުވަހަކު ބައްޔަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 100 އަށްވުރެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. .....

  ނޫނޭ އަދި ތަންކޮޅެއް އަވަހެއްނު ބަންދުކުރަން.

  5
  1
 2. އަހު

  ދެން ރާއްޖެތެރޭގަ ހަމަ ޓީޗަރުން އެއްވެސް ބްރޭކެއް ނެތި ކިޔވާލަދީދީ ތިބެންވޭ ދޯ؟

  5
  1
 3. ބެލެނިވެރިއެއް

  އެޗްޕީއޭ ދޮގު ނުހަދާތި! އަހަރުމެންނަށް އޮޅުވައެއް ނުލެވޭނެ. މަށަށް އިނގެނީ މަގޭ ދަރި އައިސް ކޮންމެ ދުވަހަކު ޝަކުވާ ކުރާތީ. ސުކޫލުގަ ކަންތައް ހުންނަނީ މިހެންނޭ އެހެންނޭ ކިޔާފަ.
  އެއް ކުލާހުގަ އުޅޭ އެކި ގަޑިއަށް އެކި ކުލާހަށް ދާކުދިން. އެކަމަކު ދެކުލާސް ދެ ކުލާހަށް ބަދަލުވާ ގަޑީގަ ކުލާސް ޑިސްއިންފެކްޓް ނުކުރޭ. ކުލާސް ޑިސްއިންފެކްޓް ކުރަންޏާ ކުރަނީ ހުރިހާ ކުދިން ގެއަށް ދިޔައީމަ. ކުލާހުގައްޔާއި ބްރޭކް ގަޑީގައި ވެސް މާސްކް ނާޅާ އުޅެނީ އުޅޭނެ ގޮތަކަށް. މިއީ 8 މަތީ ކުލާހެއްގައި ކަންތައް ވަމުން އަންނަ ގޮތް. ޕްރައިމަރީ ޓީޗަރަކުވެސް ބުނީ ކުޑަކުދިންނަށްވުރެ ބަސްނާހަނީ ބޮޑެތި ކުދިންނޭ. ބުނާގޮތް ނުހަދަނީވެސް އެކުދިންނޭ. އެޑިއުކޭޝަނަށް ދަރިވަރުންގެ އިމްތިޙާންތަކަށް ވީގޮތެއްވެސް އެންގުނިއްޔެއްނޫން. ދެން ކީއްކުރަން މިއޮށް ނުރައްކާތެރި ހާލަތުގަ އަހަރުމެންގެ ދަރިން އެތަނަށް ތިޔަ ގެންދަނީ. ބަންދު ކުރަންޏާ އޮފީސްތަކާއި ސުކޫލާއި މުޅި މާލެ ވެސް ބަންދު ކޮށްބަލަ އާނ ފަހެ އެހެންޏަ🙄 އެޑިއުކޭޝަނަށާއި އެޗްޕީއޭ އަށް އޮތް އިތުބާރު ގެއްލިއްޖެ.

  3
  1
 4. ޖަނާޒާ

  އެޕިސޯރޑް 31

  3
  1
 5. 1213 ސ

  ކޮބާތޯ ހުރިހާކިޔަވާކުދިންނައް ދޭންގެނައި ޓެބްލެޓް ތައް ބައެއް ގުރޭޑް ތަކައްދީފަ އަނެތް ދުރޭޑް ތަކައް ކޮންދުވަހަކުންތޯ ލިބެނީ މިހާރު އޮންލައިކޮން ކިޔަވާދެނީ ކިހިނެއްތޯ ހުރިހާއެންމެނައް ޓެބް ގަނެދެވޭނީ އެކަންވެސް އެހިސާބުން ނިމުނީތޯ މިހާރު ލިބޭމުސާރައިން ކިރިޔާ ބިލް ދައްކާފަ ކެވެނީ އިންޓަނެޓް އެހާއަގުބިޑު