ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި 105492 (އެއްލައްކަ ފަސްހާސް ހަތަރު ސަތޭކަ ނުވަދިހަ ދޭއް) މީހުންނަށް ވެކްސިން ޖަހައިފިއެވެ.

މިރޭ އެޗްޕީއޭ އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 6073 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރެއިން 3147 މީހުންނަށް ވެކްސިން ދިނީ މާލެ އިންނެވެ. އަތޮޅުތެރެއިން 2926 މީހަކަށް ވެކްސިން ދިނެވެ.

މިހާރު ގްރޭޓާ މާލޭ ސަރަހައްދުން ވެކްސިން ދިން މީހުންގެ އަދަދު 72872 އަރާފައެވެ. އަތޮޅުތެރެއިން 32620 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވެއެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި ދެމުން އަންނަނީ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާ، އިންޑިއާގެ ސީރަމް ކުންފުނިން ބާޒާރަށް ނެރެފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާ އިން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެލައްކަ ޑޯޒް ރާއްޖެ އަށް ހަދިޔާ ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފެށީ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު އެވެ. އެޗްޕީއޭ އިން ނިންމާފައި ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ދިންތާ އަށް ހަފްތާ ފަހުންނެވެ. އެހެންކަމުން ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނީ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ.

ރާއްޖެ އަށް ޗައިނާ އިން ވެސް ވަނީ އެގައުމުގެ ސައިނޯފާމް އިން އުފެއްދި ވެކްސިން އެއްލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމިކަން ފެބްރުއަރީ 04 ވަނަ ދުވަހު އިއުލާން ކޮށްފައެވެ. ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ ދިހަހާސް ޑޯޒް އަމިއްލަ ފަރާތަކުން ވެސް ރާއްޖެ އަށް ހަދިޔާކޮށްފައި ވެއެވެ. ނަމަވެސް އަދި ސައިނޯފާމްގެ ވެކްސިން ރާއްޖޭގައި ދިނުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Happy

    ޝުކުރިއްޔާ ރ. ޢިބޫސޯލިހް❤️

  2. ވަނުވަ

    ރާޖެގެ 25 އަރުން މަތިގަ އަބަދީ އަކީ ގާތް ގަނޑަކަށް 2 ލައްކައެއް ހާ މީހުން 1 ލައްކަޔަށް ވުރެ ގިނަމީހުނަށް ވެކްސިން ދިންވާހަކަ ކޮންމެ ދުވަހަކު 5 ހާސް މިހުން ޓެސްޓުހަދާ މިހާރު އެހެން ޓެސްޓް ހަދާމީހިން ޕޮޒިޓިވް ނުވާމީހަކު 2ވަނަފަހަރު އޭނަ ޓެސްޓެއްނަހދަނެ3މަސް ނުވާނަމަ އެކަމަކު ކޭސްތަށް ވަނި ގިނަ ރާއްޖެގެ އަބަދިޔަށް ވުރެ ގިންއިން ޓެސްޓް ހެދިއްޖެ ދުނިޔޭގެ ނިސްބަތުން އެންމެގިނަމީހުނަށް ވެކްސިން ދެވިފަވަނީ މިގައުމުގަ މަކަރާ ހީލަތުން މިސްކިއްތަށް ބަންދު ކުރަންވެގެން ޖަހާމަޅި ތީ

  3. ތަމެންދޯ

    ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ސުވާލު ކޮށްލަން ބޭނުންވަނީ ތިޔާ ވެކްސިނުން ކުރާ ފައިދާ އެއް އެބައޮތްތޭ އަދި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން އިންޑިއާގެ މޮދީ އަށް ބައިއަޅާ ގޮތަށް 200 މިލިއަން ޑޮލަރު ހޭދަ ކޮށްގެން އިންޑިއާ އިން ބޮޑު އަގުގައި ވެކްސިން ގަތީ ބިޑް ކުރުމެއް ނެތި އެއީ ކިއެއްވެތޭ މީސީދާ ފަސްމާމުލު ފަސްވަގުން ކުރާ ވައްކަން ނޫންތޭ...