މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ފާރުމަތިން އާއްމުންގެ މީހަކު ވަންނަން ފުލުހުންތަކެއް އެހީތެރިވި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
ވީޑިއޯ އާއްމުކޮށްފައި ވަނީ ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް އެވެ. ވީޑިއޯ އާއިއެކު ނަރީޝް ކުރި ޓްވީޓެއްގައި ވަނީ "މިއީ ކިހިނެއްވާ ކަމެއްތޯ؟" ފުލުހުން ޓެގްކޮށް ސުވާލު ކޮށްފައެވެ. ދަންވަރު ގަޑީގައި އިންޑިއާ ހައިކޮމިޝަނަށް މީހުން ވައްދަނީ ފާރުމަތިންތޯ ވެސް ނަރީޝް ވަނީ ސުވާލު ކޮށްފައެވެ.
ނަރީޝް އާއްމު ކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ފާރުމަތިން އިންޑިއާ ހައިކޮމިޝަނަށް މީހަކު ވަންނަން ދެފުލުހަކު އެހީތެރިވިއެވެ. އޭރު ކައިރީގައި ވެސް އިތުރު ފުލުހަކު ހުއްޓެވެ.
ފާރުމަތިން އިންޑިއާ ހައިކޮމިޝަނަށް ވަނީ އާދައިގެ ހެދުމުގައި ހުރި މީހެކެވެ. ނަމަވެސް އޭނާ އަކީ ދިވެއްސެއްކަމެއް ނުވަތަ އިންޑިއާ މީހެއްކަމެއް ވީޑިއޯ އިން ކަށަވަރެއް ނުވެއެވެ.
@PoliceMv Miee Kineh vaa kameh thow dhanvaru gadeega India High Commission mihen thow meehun vahtharee mihaaru? @DhiyaresNews @avasmv @dhuvasmv @thevoice_mv @VaguthuOnline pic.twitter.com/uIyYukGRwN
— Ahmed Narysh (@ahmed_narysh) February 27, 2021
އިންޑިއާ ހައިކޮމިޝަންގެ ފާރުމަތިން މީހަކު ވައްދަން ފުލުހުން އެހީތެރިވުމާއި ގުޅިގެން ފުލުހުން މީޑިއާ އަށް މައުލޫމާތުދޭ ވައިޓްސް އެޕް ގްރޫޕްގައި ނޫސްވެރިން ވަނީ ސުވާލު ކޮށްފައެވެ. އެސުވާލަށް ފުލުހުން އަދި ޖަވާބު ދީފައެއް ނުވެއެވެ.
އަނބު ކާން ކަންނޭންގެ😂
މިކަން އެންމެ ރަގަޅަށް އިނގޭނީ އުމަރަށް
ގައުމު ހިމާޔަތް ކުރުން މިފެންނަނީ.
ޑިޕްލޮމެޓިކު މިޝަންތަކުގެ ޤަދަރެއް މިހާރަކު ނެތް. ހަޝޯޤީ މަރާލީ ޑިޕްލޮމެޓިކު މިޝަންއެއް ކަމަށްވާ ތުރުކީގައި ހުންނަސައުދީ އެންބަސީގައި. ކޯޓު އަމުރަކަށް ފިލަން މީހަކު ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނަށް ވަނުމުން ހިމާޔަތްދީ ގެންގުޅުނު.އިންޑިޔާ ހައިކޮމިޝަނުގެ ގޯތިތެރޭގައި ހުންނާނެ އިންޑިޔާގެ މީހުންނަށް ނިދައިކައިބޮއި ހަދޭގޮތަށް ހުންނަ ކޮޓަރިކޮޅުތައް. ތިޔަ އެތަނުގައި ދިރިއުޅޭ ސޮރަކު ބޯލައިގެން މާލެ ތެރެއުޅަފައި އައިއިރު ދޮރުހުޅުވާނެ މީހަކު ނެތީމައި ފުލުހުންގެ ވެރިންނަށް ގުޅާއިގެން އެތަނުގައިތިބި "ކުދިން ބޭނުންކޮށްގެން އެތެރެއަށް ވަނީކަމަށް
ފޮރުވިފޮރުވީނުން ތަޅުދަނޑިވެސް ނުފެނުނީތާ.!
ފާރުމަތިން އެތެރެއަށް އެއްލާލީމަ ވިސާޖެހޭކަހަލަ މެޝިނެއް ބެހެއްޓީތޯއްޗެ.
ދިވެހިން އިންޑިޔާ މީހުންގެ އަޅުންނަށްވެ ނިމިއްޖެ. ބުނާކަމެއް ބުނާގޮތަކަށް ނުކޮއްދީފިނަމަ ނިކަމެތިކަމާއެކު ދެއަތް ފޮޅާލާފަ ގެއަށް ދާންޖެހޭނީ. މިއޮތިޥާ ސަރުލާރެއް. ވަލިއްޔުލްއަމްރަކީ ދިވެހީންނަށްވަރަށް ހަމްދަރުދޫ ބޭފުޅެކޯ
ތިވާނީ އިންޑިއާ ގެސްޓަކަށް ނިދާނެފަދައެއްނެތީމަ ފާރުމަތިންއަރުއަދެނީ އެވަރަށް އެބައޮތްވިއްޔާ ތިކިޖެހިގެސްޓުން މާލެއަށް އަޅާފަ
މުސްތަގުބަަލުގަ ގައުމުގެ ކަންތައް ވާނެގޮތް ތިފެންނަނީ ދެން ފެންނާނީ ރައްރަކައް އިންޑިޔާ ސިފައިން އެގޮައް އަރާތަން
ހަދާނެ ދޮގަކާ ދޭތެރޭ ވިސް ނަނީ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގެ ކީއުއަށް އެތަނައް މީހުން ބުދަ ދުވަހުގެ ރެޭގަނޑު 10 އެއް ޖެހިއިރު މީހުން އެއްވާންފަށާފި ، ދެން މީހުން ގިނަވެ ހަމަނުޖެހުން ހިނގާ ޕޮލިހުން އައިސް ކަންކަން ހިނގަންފެށި ، އެވަގުތު ހައިކޮމިޝަން ތެރޭން ވާހަކަ ދައްކަން ނުކުތް މީހާޔައް ނުކުމެވުނީ ހަނދާނަނެތި ދޮރު ގެ ކާޑުބާއްވާފަ ، ނުކުތް ތަނާ ދޮރު ލެއްޕުނީ . ދެން އެމީހާ އެރީ ފާރުމަތިން ޕޮލިހުންގެ އެހީގަ
އެމް ޑީ ޕީ ވެރިކަމެއް ގަ ބޭނުން ކަމެއް ކުރެވޭނެ
ތީގެން ދައްކުވައިދެނީ ދިވެހި ޕޮލިހުންނާއި ސަރުކާރު އިނޑިޔާ މީހުނައް ގުލާނު ކޮއްދޭތަން.
މިވެސް ވައްތަރެއްގެ ޓްރޭނިންގ އެއް ކޮވިޑް އާގުޅޭ