ލ.ގަމު ކައުންސިލް އިދާރާގައި މަސައްކަތް ކުރާ އުމުރުން 39 އަހަރުގެ ފިރިހެނަކު މިރޭ ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ކުއްލި ގޮތަކަށް މިރޭ ނިޔާވެފައި ވަނީ ލ.ފޮނަދޫ މުހައްމަދު ނިޒާރު އެވެ. އޭނާ އަކީ ގަމުން މީހަކާއި ކައިވެނިކޮށްގެން ގަމުގައި ދިރިއުޅެމުން އަންނަ މީހެކެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޒާރުގެ ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 21:25 ކަންހާއިރު އެވެ. އޭރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ޑޮކްޓަރުން ލަފާކުރައްވަނީ ނިޒާރު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

ނިޒާރުގެ ބަނޑުގައި ރިއްސާތީ ރޭ ގަން ރީޖަނަލް ހޮސްޕިޓަލްގައި އޭނާ އެޑްމިޓް ކުރިއެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިއަދު ހަވީރުގެ 17:00 ކަންހާއިރުއެވެ.

ނިޒާރުގެ ހަށިގަނޑު ކޮވިޑަށް ޓެސްޓް ކުރަން މިހާރު ޑޮކްޓަރުން ވަނީ ނިންމާފައެވެ.

ނިޒާރުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ފޮނަދޫ މެދު އަވަށު މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯދީ

    މިއީ ގަން ރީޖަނަލް ހޮސްޕިޓަލް ގެ އިހުމާލުން ވެފައިވާ މަރެއް. 1 ހަފުތާ ދުވަހު ބަޑަށް ތަދުވާތީ ޑޮކްޓަރަށް ދެއްކި އިރު ޓެސްޓް ވެސް ހަދާނުދިން. އެޕެންޑިކްސް ފަޅައިގެން ގޮސްގެން މަރުވީ. ޑޮކްޓަރުން ޒިންމާރު ކުރުވަން ޖެހޭ.

  2. ނަކް27

    39 އެއީ މެދު އުމުރު؟؟ ދެބައި އުމުރު ނުވަތަ މެދު އުމުރު ކިޔަނީ 50 އަހަރުން މަތީގެ މީހުންނަށް.. ރާއްޖޭގަ ޒުވާނުންކަމަށް ބަލާ އުމުރު ބަޔާންކުރާ ޤާނޫނެއް ނޯވޭ.. އެހެން ނަމަވެސް 35 އަހަރުންދަށޭ ޒުވާނުން ނޭ ކިޔަނީ އޭގެ މަތިން 50 އާ ހަމަށް އެއީ ހަރު އުމުރު ފުރައޭ ކިޔާ އުޅޭ 50 މަތި 65 އާ ހަމައަށް އެއީ ދެބައި އުމުރޭ އަދި 65 އިން މަތި އެއީ ދޮށީ އުމުރޭ ކިޔާ އުޅޭ އާންނުކޮށް ނަމަވެސް ޤާނޫނެއްގަ ބަޔާންކޮށްފަ އޮތީ ހަމަ އެކަނި 65 އެއީ ދޮށީ އުމުރު ނުވަތަ ދުވަސްވީ ބޭފުޅުންގެ ގޮތުގަ.. އެލަވަންސްވެސް ލިބޭ.

    3
    1
  3. ގަންޖާރަދުން.

    ކަންމަތީ ފިހާރަ އިގެ ސޭޓުން މެނޭޖަރުންނަށް ލަ އިގެން ހޮސްޕިޓަލް ހިންގަން ދިމާ ކުރީމާ ވާނީ މިހެން

    6
    1
  4. މުޑޭ

    ކޮވިޑައް ވެކްސިން ޖަހަން ފެށިފަހުން އެތައް ބައިވަރު މީހުން ކުލިޔަކައް މަރުވަމުން އެބަދެއެވެ. ނަމަވެސް ސިއްހީދާއިރާއައް އޮތީ އެމީހާމަރުވީ ވެކްސިން ޖަހަގެން ނޫންކަން މުޖްތަމައުއައް އެގުމެވެ. އަދި ކޮންމެވެސް ގޮތަކުން ކޮވިޑައް ފައްސިވެފައިވާ މީހެއްކަން ވެސް އެންގުމެވެ. ނަމަވެސް ހަގީގަތް ހާމަނުކުރާނެ އެތައްބައިވަރު މަރުތަކެއް ވާނެއެވެ.ގައުމުތަކުގެ މުޅިސިއްހީ ދާއިރާވްނީ ވަނީ ވަކިބަޔަކައްގެ ވާހަކަތަކައް ތަބާވެފައެވެ . ކޮވިޑް މިބަލީ އައުމާގުޅިގެން ގައުމުތަކުން ގެންގުޅެފައިވާ ދެކޮޅުނުޖެހޭ ހަމަޔާއުސޫލައް ބެލިކަމުހައިވިޔަސް ވިސްނާފިކުރު ކުރާމީހަކައް މިބައްޔާދޭތެރޭ ވަނީ އެތަކެއް ސުވާލްތަކެއް އުފެދިފައެވެ.

    2
    1
  5. މޯދީ

    ވަގުތުން ތިބުނީ ރަނގަޅަށް އެއީމެދު އުމުރު. . .