22:15

އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް މާލެ ސަރަހައްދުން އެކަނި 178 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

21:28

ޏ. ފުވައްމުލައް ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:28

20:19

މާލެ ސަރަހައްދުގައި ދިރިއުޅޭ 20 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

13:52

10:07

 

ބ. ދަރަވަންދޫގެ ރައްޔިތުން އެއްގޮތަކަށްވެސް މާސްކް އަޅައިގެން ނޫޅޭ ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކަންބޮޑުވުން ފާޅުކުރަައްވައިފި.

10:04

އެއް ޑޯޒް ދީގެން ކޮވިޑުން ސަލާމަތް ވާނެ ޖޯންސަންގެ ވެކްސިނަށް ހުއްދަދީފި.

09:21

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ.


ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު ކިތައްމެ މަތީގައި ހުރި ނަމަވެސް ބަލި ޖެހިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދޭ މީހުންގެ އަދަދު ވަރަށް މަދެވެ. ނަތީޖާއަކަށް ވެފައިވަނީ ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަދިވެސް 100 އިން މަތީގައި ހުރުމެވެ.

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 92 މީހަކު ފައްސިވީ މާލެ އިންނެވެ. މާލެ ފިޔަވައި އަތޮޅުތެރޭގެ އެހެން ރަށްތަކުން ފަސް މީހުން މިއަދު ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން 16 މީހުން އަދި ސަފާރީއަކުން ފަސް މީހަކު ފައްސިވިއެވެ.

މިއަދު 118 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 3952 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ތިން ދުވަސް ފަހުން އިތުރުވެފައެވެ. މިހާރު 170 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި ތިން ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައި ވަނީ 162 މީހުންނަށެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19597 އަށް އަރާފައެވެ. އޭގެތެރެއިން މިހާރު ބަލިޖެހިފައި ތިބީ 2397 މީހުންނަށެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި ވެކްސިން ދިން މީހުންގެ އަދަދު 105492 އަށް މިއަދު ވަނީ އަރާފައެވެ.

މިރޭ އެޗްޕީއޭ އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 6073 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރެއިން 3147 މީހުންނަށް ވެކްސިން ދިނީ މާލެ އިންނެވެ. އަތޮޅުތެރެއިން 2926 މީހަކަށް ވެކްސިން ދިނެވެ.

މިހާރު ގްރޭޓާ މާލޭ ސަރަހައްދުން ވެކްސިން ދިން މީހުންގެ އަދަދު 72872 އަރާފައެވެ. އަތޮޅުތެރެއިން 32620 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙ

    ރައްޔިތުން ހުރިހާ ކަމަކަށްވެސް ވ.ބޮޑަށް ސަމާލުކަންދޭ އެކަމަކު ވެރިންގެލެވަލްގަ އަމަލުތައް ހުންނަގޮތުން އޮޅޭގޮތްވަނީ ސޯލްޓް ކެފޭގަ ޕާޓީތައް ބޭއްވިޔަސް ކޮވިޑެއް ނާރާ ވެރިން ބޮޑެތި ހަފްލާތައް ބޭއްވިޔަސް އޯކޭ އެޗް ޕީ އޭ އިން އެކުރީ ގޯސްކޮށޭބުނާއިރަށް ފުލުހުން ބުނަނީ ރަގަޅޭ ނިކަމެތި މީހާ ބާޒާރަށް ގޮސްފަ 18:00 ގެ ކުރިން ގެއަށްނާދެވިއްޖެނަމަ 1000ރ ދޭންވީ މި ދައްކާ ވާހަކައިގެދެކޮޅު ދިމާނުވާތީ ރައްޔަތުމީހާ ހުންނަންމިޖެހެނީވާނުވާގަ އެއީ އަސްލުވެގެން މިއުޅޭގޮތަކީ ނިޔަތް ގޯހީ

    7
    1