އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ނަފްރަތު ކުރުމަކީ ޝަރުއީ ވާޖިބެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ނަފްރަތު ކުރުން ވާޖިބު ވަނީ ޝަރުއީ ގޮތުން ކަމަށެވެ. އެއީ ވާޖިބުކަން ގަދަވެގެންވާ މަތިވެރި ފަރުޟެއް ކަމަށް ވެސް ޑރ.އިޔާޒް ވަނީ ވިދާޅުވެފައެވެ.
ޑރ.އިޔާޒް އެގޮތަށް ވިދާޅުވުމުން އެ ވާހަކަ އޮތީ ގުރުއާނުގެ ނުވަތަ ސުންނަތުގެ ކޮންތާކުތޯ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ ސުވާލު ކުރައްވައިފިއެވެ.
ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ އަރަބި ބަހުން ނޭނގޭ ކަންކަމާ މެދު ސުވާލުކުރުމަށް އިރުޝާދު ދީފައިވާ ލިޔުންކޮޅެއް ވެސް ހިއްސާ ކުރައްވައިފައެވެ. އިޔާޒް މި ޓްވީޓް ކުރައްވާފައިވަނީ ސީދާ ކޮން ސަބަބަކާއި ގުޅިގެން ކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
https://twitter.com/HuShameem/status/1365843412654546945
ނަމަވެސް އެމްޑީ އެން އާއި އުތެމަ އިން އިސްލާމް ދީނާއި ފުށު އަރާ ވާހަކަތައް ދެއްކުމުން ފިޔަވަޅު ނޭޅުމަކީ ދީނީ އިލްމުވެރިންނާއި އާއްމުންގެ ވެސް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. އަދި އެކަަމަށް ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ ސަމާލުކަން ކުޑަ ކަމަށް ވެސް އެފަރާތްތަކުން ގަބޫލުކުރެއެެވެ.
އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެން އާއި އުތެމަގެ މައްސަލައިގައި ރައްޔިތުންގެ އިއްތިހާދާއި އިލްމުވެރިންގެ ގުޅުމުގެ ވެރިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްއާ ވެސް ވަނީ ބައްދަލު ކުރައްވައިފައެވެ.
ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު ބޭއްވި އެ ބައްދަލުވުުމުގައި، ބައްދަލުވުމުގައި އެމްޑީއެން އާއި އުތެމައާ މެދުގައި އެއްވެސް ފަރާތަކުން ގާނޫނީ ފިޔަވަޅެއް ނާޅައި ލަސް ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުންތަކާއި ފިޔަވަޅު އެޅުން އަވަސް ކުރެވެން ހުރި ކަންކަމާ މެދުގައި މަޝްވަރާކޮށްފައިވެއެވެ. އަދި އެ ދެ ޖަމާއަތާ މެދުގައި ފިޔަވަޅު ނޭޅި ލަސްވަމުންދާ ލަސްވުމުގެ ސަބަބުން ނުކުންނާނެ މައްސަލަތަކާ މެދުގައި ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
ދެން ކީއްވެޔޯ އެކަހަލަ ބަޔެކޭ ކިޔާބަޔަކަށް ވާގިވެރިވާން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އެއްބައިވެގެން ނަމާއި އެއްގޮތަށޭ ރަނގަޅު ކަންތައް ގިނައިއްޔޭ ކިޔާފައި ތިހުންނަނޫ.
އެއީ އިޔާޒްމެންގެ މުނާފިގުކަމުން
މަ ހީހުކުރީ މ މީނާ އަކީ ވަރަށް ޢިލްމުވެރި ތަންދޮރު ދަންނަ މީހެއްކަމަށް! އެކަމަކު މިހާރު މި އެނގުނީ މީނާއަކީ ބޮޑުގަމާރެއްކަން!
ހިޓުލަރާއި އޭނާގެ ނާޒީ ޕާޓީއަށް ތާއީދުކުރުމަކީ އެމެރިކާ، ޔޫރަޕް އަދި ވަރަށް ގިނަ ގައުމުތަކުގައި ގާނޫނީ ވާޖިބެއް.
ބަލަ މިހިރަ މީހާޔާ! ތިޔަ ހުރިހާ ކަމެއް ފެށިގެން އަންނަ ހިސާބަކީ ރައީސުލްޖުމްހޫރިއްޔާ! ދީނަށް ހަޖޫޖެއްސަސް ، ވައްކަންކުރިޔަސް ، ރޭޕްކުރިޔަސް ، ފޭރުނަސް ، ބުޔަސް މިއީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުިން ހިއްވަރުލިބިގެން ހިންގާ ކަންތައް! އެހެންވީމަތާ ކަންކަން އިމަށް ފަޅާއަރާއިރުވެސް ރައީސުލްޖުމްހޫރިޔާ ކަހާބިހި ހިރުވައިވެސްނުލާ ހުރުމުގެ އިތުރުން މިފަދަ ކުށްވެރިންނަސް މިނިވަންކަން އެ ދެނީ؟
މިވާގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭގެ. ބޯ ހަލާކު....
ވޯޓް ކައިރިވާ ވަރަށް، ކަލޭންގެ ރާގު ބަދަލުކުރާނެ. ދީނޭ ކިޔާގެން މިހާރު ތިޔަ ކުރަނީ ޕީޕީއެމް އަށް ވޯޓް ހޯދާން ސިޔާސީ ކަމެއް.
ފާޅުގައި ދީނަށްފުރައްސާރަކުރި ޕާޓީދިފާއުކުރުމުގަ ރެޔާދުވާލު ތިޔަތެޅިބާލަނީ؟ ނަމުންޑަކުޓަރު ކަމުންޖާހިލުންވެސްނޫޅޭފާޑަށް ތިޔަދުވަނީ؟ ތިޔަދުވާދުވުމާދެކޮޅަށް ބައްޕަނުކުންނެވުމުންވެސް ކަހާތަންހިރުވާނުލާތިޔަހުންނަނީ؟ މުޅިއުމުރުގަބައްޕަވެލެއްވިޤުރްބާނީ ނުފެނިތިޔަހުންނަނީ އެމީހުންނުދޭބައިވަރެއް މިހާރުލިބެނީތޯ؟
ޕީޖީ ހުސައިން ޝަމީމް އަކީ އެމްޑީއެންގެ ރައީސް ކަމުގައި ހުރި މީހެއް. ދެން ކޮންކަމެއް ގޯސްވާނީ..
ޑރ އިޔާޒުގެ މަގުސަދަކީ ކޮބާ؟
ދީނަށް ފުރަސައްސާރަކުރާވާހަކަޔާއި އެހެންދީންތަކުގެވާހަކަ މާހަރުކަށިކޮށްނުދައްކާ އިސްލާމީ ރިވެތިގޮތް ކިޔާދީ ހެޔޮލަފާ ގޮތް ބުނެދޭ ރަނގަޅު އިލްމުވެރިން މިގައުމަށް ވަރަށް ބޭނުންތެ.
މީނާގެ އަނގަޔާއަތާ ދިމައެއްނުވެއެއްނު.
ފަލީހަތުއްޝޭޙު އިޔާޒް ފަދަ އިސްލާމްދީނަށް ހުތުރު އަރުވާ ތަކްފީރީންނަށް ނަފްރަތު ކުރުމަކީ ކޮންމެ ހެޔޮ ވިސްނޭ އިސްލާމެއްގެ މައްޗައް ވާޖިބު ކަމެއް. ޑޮކްޓަރ އިޔާޒޭ ކިޔާކަށް މަމެން ނެތީމެވެ. ތިއީ ޑޮކްޓަރ ގެ ލަގަބު ގެ ހައިބަތު ގެއްލިފައިވާ ހައްދު ފަހަނަ އަޅާފައިވާ ދީނީ އިލްމުވެރިއެއް.
މިކަަަލަ ދީނީ ފަތުވާ ފަތުރާ މީހުން ގެ ހުއްދަ އެބަޖެހޭ ބާތިލް ކުރަން ދީނުގަ އޮންނަނީ ހަރުކށި ފިކުރު ގެންގުޅުމެއް ނޫން. މިކަހަަލަ ވާހަކަތަކުން ހަރުކަށި ފިކުރަށް ވަގިލިބޭ. ދީނަށް ފުރައްސާރަ ކުރާމީހުންނާއި ދީނުގެ ނަމުގަ ހަރުކަށި ފިކުރު ފަތުރާ މީހުން ހައްޔަރުކުރަން އެބަޖެހޭ. ނުނީ ދެން މި ރާއްޖެ ފެންނާނީ ސީރިޔާގެ ގޮތުގަ.
އަލްވަލާ ވަލް ބަރާ އަކީ އަގީދާގެ އެއްބައި. ކާފަރުން ދެކެ ރުޅިއަންނަންޖެހޭ. ކާފަރުން ދެކެ މުސްލިމުންނައް ލޮތްބެއް ނުވެވޭނެ. އެކަމަކު މުސްލިމުންނާއި އަދާވާތްތެރި ނުވާމީހުނާއި ހަނގުރާމަ ނުކުރާމީހުންނާއި ގުޅުން ގާއިމް ކުރެވޭނެ ވިޔަފާރިވެސް ކުރެވޭނެ.
އިޔާޒްވެސް 6 އަނގަ އޮތީ.
އަވަހެއްނު ރާޓީވީ އަށް ފިޔަވަޅެއް އަޅާފާނެތީ ތެޅިގަތްވަރު
ޑޮކްޓަރ އިޔާޟް ގެ އެންނެރަނގަޅު ކަމަކީ ކޮށްމެތާކުވެސް ޙައްޤު ބަސް އިއްވަން ކެރުން ކިތަންމެ ސަޕޯޓް ކުރާ މީހަކަސް ނުރަނގަނޅަށް ދަންޏާ ރަނގަޅުގޮތް ބުނެދިނުން ސާބަސް ދަރިޔާ ދީނީ ޢިލްމުވެރިން ތިބޭނީ ތިގޮތަށް
ތިކަހަލަ މުނާފިގުންނަށް ނަފްރަތު ކުރުމަކީ ދީނީ ވާޖިބެއް