ބ.އަތޮޅުގައި ވަކި ގުދުރަތީ އަތޮޅެއް ގޮތުގައި އޮންނަ "ގޮއިފުޅަފެހެންދޫ" ގައި އޮންނަ ތިން ރަށް ކަމުގައިވާ ގޮއިދޫއާއި ފުޅަދޫއާއި ފެހެންދޫ ކޯޒްވޭއަކުން ގުޅުވާލުމަށް އެ ތިން ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރެއިން ބ.އަތޮޅުގެ ކައުންސިލްތަކުގެ ކެންޑިޑޭޓުންނާއެކު އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމުގައި މި ތިން ރަށުގެ ބައެއް ކެންޑިޑޭޓުން ވަނީ ތިން ރަށް ކޯޒްވޭއަކުން ގުޅުވާލުމަށް ރައީސްގެ އަރިހުގައި ދަންނަވައިފައެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ވިސްނުމަކަށް އޮތީ ވެސް ތިން ރަށް ކޯޒްވޭއަކުން ގުޅުވާލުމަށް ފަހު ކޮންމެ ވެސް އެއް ރަށެއްގައި ބޮޑު އެއް ބަނދަރު ބޭއްވުމަށް ކަމަށެވެ. އެކަމަކު މިހާރު ތިން ރަށުގެ ރައްޔިތުން ވެސް ބޭނުން ވެގެން ކޮންމެ ރަށެއްގައި ވެސް ބޮޑު ބަނދަރެއް ހަދާފައިވާ ކަމަަށާއި އެ ކަން ކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި މި ސަބަބާ ގުޅިގެން ތިން ރަށް ގުޅުވާލުމަށް ކޯޒްވޭއެއް އެޅުމުގެ މަޝްރޫއަކީ އަލުން ވިސްނާލަން ޖެހޭ ކަމެކެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ތިން ރަށުގެ ރައްޔިތުންނާ އަލުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ވަރަށް އަވަހަށް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ކަމާ ދޭތެރޭ އިތުރަށް ވިސްނަން އެބަ ޖެހޭ، ދެ ރަށުގައި ވެސް ބަނދަރު މިހާރު މި ހެދުނީ. ތިން ރަށުގައި އެ އޮތީ ތިން ބަނދަރު. އޭރު އަޅުގަނޑުމެންގެ ވިސްނުން އޮތީ ތިން ރަށް ގުޅާލާފައި އެއް ބަނދަރު އަޅަން. އެކަމަކު، މިއާ ދޭތެރޭގެ ރަައްޔިތުންނާ މަޝްވަރާކޮށްފައި ގޮތެއް ނިންމަން ޖެހޭނީ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ގޮއިދޫއާއި ފެހެންދޫއާ ދެމެދު ކޯޒްވޭއެއް ގާއިމް ކުރަން މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވެސް ހިމެނިއެވެ. އެއް ފަޅެއްގައި އޮންނަ މި ދެ ރަށުގެ ދެމެދު ކޯޒްވޭއެއް އެޅުމަށް 210,000 ރުފިޔާއެއް މިދިޔަ އަހަރުގެ ބަޖެޓްގައި ހިމެނިއެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމާ ގުޅިގެން ކޮންޓްރެކްޓް ކުރެވިފައިނުވާ މަޝްރޫއުތައް މަޑުޖައްސާލުމުން މިފަދަ ބައެއް މަޝްރޫއުތައް އޮތީ މަޑުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދެބޯގެރި

    ދޮގެއްއޮތިއްޔާ ހައްދަވާ ލައްވާ ދޮގުތައް ހެދޭލެއް މަދުކަމުން މިއީ އަޅެ ފަހުޒާމާނުގެ އަލާމާތެއްތަ
    ދުވަހަކުވެސް ތެދެއް ނުހައްދަވައްޗޭ އޭރުން ކައުންސިލް އިންތިހާބުން އެމް ޑި ޕީ ފާސްވާނީ ރާބޮއިބޮއި ރާބޯމީހުންގެ ތުންފަތްވަނީ ކަޅުވެފައި

  2. ކަބީރުބޭ

    ކޭޭބަލް ކާރުން ގުޅާލަން ޖާބިރަށް އަންގާ

    3
    1
  3. ޒާ

    ވޯޓުހޯދަން ދައްކަންވެސް ވާނީ އިންސާނުން ގަބޫލުކުރާވަރުގެ އަދި އިބޫގެ ގާބިލްކަން ހުރިވަރުގެ ވާހަކަ

  4. ކަންބޮޑުވާމީހާ

    ބިންގަރާހަކުންތޯ ނޫނީ ސުކައިޓުރޭން އަޅައިގެންތޯ ކީއްކުރަން ހަދާ ތަންތަނެއްތޯ 99 އަހަރައް ކުއްޔައްދޭން ބިންތަކާ ފަޅުތަތާ ފަޅުރައްތައް ދޫކުރުމައް ނިންމާފަވާއިރު މާމަ ދަރިޔަކައްވެސް އޭގެން ބިމެއް މިލްކެއް ނުވާނެ ބަހާ އަމަލާދިމާވޭތޯ ކޮންމެ ކެންޕޭނެއް އަންނައިރައް ކުރީޒަމާނުގަ ކަޑަޖަހާހރން މިހާރު މިދނީ އެގްރިމެންޓް ތަކުގަ ސޮއިކުރަމުން 2008 އަހަރުހެން ހުވަފެން ދައްކަމުންޑިމޮކްރަސީއޭ އެންމެން ހަމަހަމަޢޭ އެކަމަކު ރައްޔިތުމީހާ އަތުންނަގާ ޓެކްސް ފައިސާއިން މަޖާކުރުން ސަފާރީތަކުގައާއި ޕާކްތަކުގަ