ބ. ދަރަވަންދޫގެ ރައްޔިތުން އެއްގޮތަކަށްވެސް މާސްކް އަޅައިގެން ނޫޅޭ ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކަންބޮޑުވުން ފާޅުކުރަައްވައިފިއެވެ.
ނަސީމް އެގޮތަށް ވިދާޅުވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ދަށުން ރޭ ބޭއްވި އޮންލައިން ބައްދަލުވުމުގައެވެ.
ބ. އަތޮޅަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ނަސީމް ވިދާޅުވީ ދަރަވަންދޫ މީހުން މާސްކު އަޅައިގެން ނޫޅޭތީ އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވަނީ ދަރަވަންދޫގައި މީހުން އެއްގޮތަކަށް ވެސް މާސްކު އަޅައިގެން ނޫޅޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ގިނަ ބަޔަކު އައިސް ގޮސްވާ ރަށަކަށް ވެސް ވުމުން ކޮވިޑް-19 ގެ ބަލިމަޑުކަން ހަލުވި ކަމާއެކު ފެތުރެމުންދާ މި ފަދަ ދަނޑިިވަޅެއްގައި އެފަދައިން އަމަލުތައް ބެހެއްޓުން ވަރަށް ނުރައްކާތެރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދަރަވަންދޫގައި އެއްގޮތަކަށް ވެސް މާސްކު އަޅުއްވައިގެން ނޫޅުއްވާ، (އެރަށު) ބޭފުޅުންނެއް. އެކަމަށް ހާއްސަ ސަމާލު ކަމެއް ދެއްވަން ޖެހޭ. އެކަން ނުކުރައްވާ ކަމަށް ވަނީނަމަ އެހާ ގިނަ ބަޔަކު އައިސް ގޮސްވާ ތަނެއްގައި ކަންތައްތައް ރަނގަޅަކަށް ނުދާނެ،" ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާ އިރު، ރާއްޖޭގައި ހުރިހާ ރަށެއްގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ދަރަވަންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އޮންނައިރު، އެ ރަށު އެއާޕޯޓަށް ކޮންމެ ދުވަހަކު ވެސް އެތައް ފްލައިޓެއް ޖައްސައެވެ. އަދި އެތައް ފަތުރުވެރިއެއް ދަތުރުކޮށް ހަދައެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގައިވެސް މާސްކު އެޅުން މަޖުބޫރު ކޮށްފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ. މި އުސޫލާއި އެއްގޮތަށް އަމަލު ނުކުރާ މީހުން ޖޫރިމަނާ ކުރަނީ 1000ރ. އިންނެވެ.
ރާއްޖޭގައި ކޮވިޑް-19 ފެެތުރުން އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. މި ބަލި ފެތުރޭ މިންވަރުު އިތުރުވުމުގެ އިތުރުން، ބަލީގެ އަލާމާތްތައް ފެންނަ މީހުންނާއި، މި ބަލި ޖެެހިގެން ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރަން ޖެެހޭ މީހުންގެެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
ނަސީމް އަށް ރާއްޖެތެރޭގެ މީހުންގެ ގޮތް އެނގިވަޑައިގަންނަވާހެން ހީއެއް ނުވޭ. އެބައި މީހުންނާއި ނުޙައްޤުން ބެހިފިނަމަ އެބައި މީހުން އެކަން ދަންނާނެ. ތިޔަ އުއްކެވީ ކުޅަނދުރު ހަތަޔަކަށް އޮށްގާ !
އެއީ އުޅެން ޖެހޭގޮތް އަސްލު
ގަވާއިދާ ގާނޫނު އިންޕްލިމެންޓް ނުކުރެވޭ ސަރުކާރެއް އޮތުމުގެ ބެނުމެއް އެބަ އޮތްބާ!!!
ނަސީމޫ ކަލެއަށް ރަގަޅުވާނީވެސް އެރަށު މީހުން ނޭޅީމައެވެ. ހެޗްޕީއޭ ކިޔާފައި އެރަށު ހުރިހާ ރައްޔިތުން ޖުރުމާނާ ކުރާށެވެ. ބޮޑުތަނުން ދައުލަތައް އާމްދަނީ އިތުރުވީއެވެ. އޭތިކޮޅު އަވަހަށް ރަށްވެހިހެދުނަށް ޓީމުކުދިންނަށް ހަލުވާސަރުބަތު ޖޫސް ގަނެފައި ދޭށެވެ. ހެންޑީޕީ ބޮޑުތަނުން ރަށްވެހިފަތިސްވާނެއެވެ.
އެހެންވީމާ މައިމޫނާމެންނަކީ ދަރަވަންދޫ ކައުންސިލްގެދަށުގަތިބިބައެއްތާ ދެއްތޯ ؟؟ ދިވެހިންގެ ގޮތްކުޑަމާއި ހަޔާތްކުޑަކަމާއި ބޯގަޅިކަން ތިފެންނަނީ ..
ދޮގު ހަދާކައް ނުވާނެ، ތި ހުސްދޮގު، މިނިސްޓަރ ކޮން އިރަކުތޯ ދަރަވަންދޫއައް ދުރުވީ،
ބަލަ މަނިކުފާނުވެސް އިންނަނީ މާސްކު އަނގަ ދަށަށް ޖަހާފައެއްނު ، ދެން ކޮބާ މާސް އެޅުމުގެ ބޭނުމަކީ
ކޮބާ ވާކަމެއް...؟
މިނިސްޓަރަކަށްހުރެ ހަގީގަތްނުބަލާ ދައްކާ ވާހަކަގެ ހިތިކިން ވޯޓުންފެންނާނެ.....ދަރަވަންދޫ ގިނަމީހުންނަކީ މާސްކް އަޅައިގެން އުޅޭބައެއް..މިނިސްޓަރު އެއްވެސްމީހަކު މާސްކު ނާޅައޭ ބުނަންވާނީ ކަމުގެ ހަގީގަތްބަލާފަ...ކެރެފާ ނަސީމް އެކަމަށް މާފަށް އެދެން ޖެހޭ
ޥާކަމެއް ކޮބާ؟