މ.މުލީ އެއާޕޯޓު މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މިއަދު އެކަމާއި ގުޅޭ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

އެ އެއްބަސްވުމާއި އެކު އެ މ.މުލި އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޖުމުލަ 221،733،478.22 ރުފިޔާ އަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބޭނުންވާ ބިން ހިއްކުމަށް ވަނީ ހަވާލުކޮށްފައެވެ.

އަދި 1200 މީޓަރުގެ ރަންވޭ އެއް އެޅުމަށާއި، ޓަރމިނަލް ބިލްޑިން އެޅުމުގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމްކުރުން އެ އެއްބަސްވުމުގެ ދަށުން ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ކަލޯ ގަޔާ ތި ފޮޓޯ އިން އެފެންނަނީ ރައީސް ރާމީން ގެ ތަރައްޤީ ދެއްތޯ އިއްބޭ؟ ތެންކްސް ރައިސް ޔާމީން.

  2. އަންކަލޯ

    ތީ ވަރަށް ބޭކާރު އެއާ ޕޯޓެއް.... އެއާލައިން ތަކަށް ގެއްލުންވާނީ