ކޮވިޑް-19 ޖެހިގެން 150 ދުވަސް ވަންދެން އެނދުމަތިކޮށްފައި އޮތް އަންހެނަކު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މިއާމީ އަށް އުފަން އުމުރުން 55 އަހަރުގެ އިޒަބެލް ޕުޕޯ މައުންޓް ސިނެއި މެޑިކަލް ސެންޓަރުގައި އެނދުމަތިކޮށްފައި ވަނީ ކޮވިޑް-29 ގެ ސީރިއަސް ކޭސްއެއްގެ ގޮތުގައެވެ. އޭނާ އެނދުމަތި ކުރި އިރު ދިޔައީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯދަމުންނެވެ. ޕުޕޯ އެނދުމަތިކުރި އިރު އޭނާ އަކީ ހަށިގަނޑު ހުންނަން ޖެހޭ ބަރުދަނަށްވުރެ އިތުރުވުމުގެ ސަބަބުން ވެސް މި ބަލީގެ ނުރައްކާތެރިކަމް ބޮޑު މީހެއް ކަމަށް ވެެއެވެ.

ނޭވާލާން އުނދަގޫވުމުގެ ސަބަބުން އޭނާ ވަނީ 67 ދުވަސް ވަންދެއް ވެންޓިލޭޓަރުގައިވެސް ފަރުވާ ދީފައި ކަަމަށާއި، އޭގެެ ފަހުންވެސް ހާލު ރަނގަޅު ނުވުމުގެ ސަބަބުން 150 ދުވަސް ވަންދެެއް އޭނާ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ބާއްވަން ޖެހުނު ކަމަށް "ޑެއިލީމެއިލް" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ފަސް މަސް ދުވަހު އެނދުމަތިކޮށްފައި އޮތުމަށް ފަހު އޭނާގެ ފުއްޕާމޭ ރަނގަޅުވެ މަޑުމަޑުން ކޮވިޑުގެ އަލާމާތްތައް ރަނގަޅުވި ކަަމަށާއި، ޕުޕޯ ވެފައި ވަނީ މިހާތަނަށް މި ބަލީގައި އެންމެެ ގިނަ ދުވަހަށް ފަރުވާ ދީ ރަނގަޅު ކުރެެވުނު މީހާ އަށް ކަމަށް އެ ނޫޙުން ވަނީ ރިޕޯޓުކޮށްފައެވެ.

ޕުޕޯ ވަނީ މިހާރުު އޭނާ ބަލިން ރަނގަޅުވެެފައިވީ ނަަމަވެސް އޭރު އެތައް ފަހަރަކު ދިރި ނުހުންނާނެއޭ ވެސް ހިތަށް އެރި ކަމަށް ބުނެފައެވެ.

އޭނާ ވަނީ މި ބައްޔަށް ސަމާލުވުމަށާއި، ކޮވިޑް-19 ވައިރަހަކީ ނުރައްކާތެެރި ބައްޔެއް ކަމަށް ބުނެފައެވެ. އުމުރުން ދުވަސްވީ އަދި އެެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މި ބަލީގެ ހިރާސް ބޮޑެވެ.