އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެޅުވީ ދޮގު އިލްޒާމެއް ކަމަށާއި، އެކަން ވަރަށް އަވަހަށް ބޭޒާރުވެ، ފަޟީތްވެގެން ދާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެއެވެ.

މަލީހު އެގޮތަށް ވިދާޅުވީ، އޭނާއާ ދެކޮޅަށް އެމްޑީޕީގެ 14 މެމްބަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވާ މަލީހް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަކި ފެކްޝަނެއް ވަރަށް ބޮޑަށް "ހުދުމުހުތާރު" ވެއްޖެ ކަމަށެވެ. އަދި އޭނާގެ ބޮލުގައި އެޅުވީ ދޮގު ތުހުމަތެއް ކަމަށާއި، ބޭއިންސާފުގެ މައްޗަށް އިންސާފް އަބަދުވެސް ކުރި ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރުވެއްޖެ. ގާނޫނުއަސާސީ ތަރިކަ މުދަލަށް ހަދައިފި. އަސާސެއް ނެތް ކަމެއްގައި ދޮގު އިލްޒާމެއް އަޅުވައިގެން ބޭއިންސާފުން ދޭން އުޅޭ އަދަދު ބޭޒާރުވާނެ. ބޭއިންސާފު މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ. ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް." މަލީހް ވިދާޅުވިއެވެ.

އެމްޑީޕީން ހުށައެޅި ގަރާރުގައި ވަނީ ސަރުކާރަށް ދެ އަހަރު ފުރޭއިރު، ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށެވެ. އެކަމަކު، އެ ވާހަކަތައް މަލީހު ދޮގު ކުރައްވައެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އޭނާ އަށް 14 ދުވަހު ނޯޓިސް މަޖިލީހުން ފޮނުވިކަން އިއުލާނު ކުރީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. ނަމަވެސް އެ ނޯޓިސްގައި ގާނޫނީ މައްސަލަ ތަކެއް ވެސް އެބަހުރި ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

މާދަމާގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ކުރެވިފައިވާއިރު މި ބަހުސް ދެ ގަޑިއިރުއަށް ދެމިގެންދާނެއެވެ. އަދި މިނިސްޓަރަށް ޖަވާބުދާރީވުމަށް 30 މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މ

  އެމްޑީޕީ މީހުންގެ ދަލުގައި ދެވަނަަ ފަހަރަށް ޖެހި މިހާރު ތިޔަވަނީ ސޯޓް ބޭލިފައި ރަހުމަތްތެރި ދޯސްތު ހެލްތް މިނިސްޓަރ އަމީނަށް ވެސް ޖެހުނީ ހަމަ ތިޔަހާލު އަދިވެސް ކަލޭމެން ހޭ އަރާކަށް ނުވޭދޯ

  15
  2
 2. ތަރިމާ

  މީ މުޅިސަރުކާރު ހަޖަމުނުވެގެން އުޅޭބައެް މަލީހެއްނޫން ކޮންމެ މީހަކު ހުއްޓަސް ސަރުކާރުގެ ވަރުނެތީމާ ނުކުރެވެނީ ވައްކަން ކުރަނީ ބޮޑުންބުނެގެން

  11
  2
 3. ކެހެރި ނުފަޅާ ރަށްވެހި ފަތިސް

  ރަށްވެހި ފަތިސް ފަތިސް ދަޅާގަ ރަށެ އް ވިހާހއިރު ހޭބު އްދި އެ އް ނުހުންނާނެ.

  12
  2
 4. އުސައިދު

  މުޅި މިސަރުކާރުގައި ވެސް ހުރި އެންމެ ފީކަޅާ ކަމެއްނުވާ މިނިސްޓަރު

  8
  5
 5. ގަންޓާބެ

  ކަލޭތީ އަނގައިން ހިފަހައްޓާ މީހެއް އެއްވެސް ކަމެއް ނުކުރެވޭ ވަޒީރެއް

  8
  5