ފުލުހުންގެ އެހީތެރިކަމާއެކު މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ ފާރުމަތިން ވަތް މީހާއަކީ އެ ކޮމިޝަންގެ މުވައްޒަފެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިފަދައިން ވިދާޅުވެފައި މިވަނީ ކުލަ ހެދުމުގައި ހުރި މީހަކު އިންޑިއާގެ ހައިކޮމިޝަނަށް ވަންނަން ފުލުހުންތަކެއް އެހީތެރިވި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

ފުލުހުން ވިދާޅުވީ އިންޑިއަން ހައިކޮމިޝަނަަށް ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ ވައްދަން ޖެހުނީ ތަން ބަންދުވިއިރު އޭނާއަށް އެތެރެއަށް ނުވަދެވި އަދި އެތެރެއަށް ވަންނާނެ އިތުރު ގޮތެއް ނެތި ބޭރުގައި ތާށިވުމާ ގުޅިގެން ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް މިހާތަނަށް އައި އިރު އިންޑިއާގެ އެމްބަސީ އިން ވެސް އަދި ފުލުހުން ވެސް ހާމައެއް ނުކުރެއެވެ.

މި ވީޑިއޯ އާންމުކޮށްފައި ވަނީ ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝްއެވެ. މި ވީޑިއޯ ހިމެނުމަށް ފަހު ނަރީޝް ކުރި ޓްވީޓެއްގައި ވަނީ "މިއީ ކިހިނެއްވާ ކަމެއްތޯ؟" ފުލުހުން ޓެގްކޮށް ސުވާލު ކޮށްފައެވެ. އޭނާ ވަނީ ދަންވަރު ގަޑީގައި އިންޑިއާ ހައިކޮމިޝަނަށް މީހުން ވައްދަނީ ފާރުމަތިންތޯ ވެސް ސުވާލު އުފައްދައިފައެވެ.

މީސްމީޑިއާގައި މި ވީޑިއޯ އާައްމު ވުމުން އާާއްމުންގެ ފާޑުކިޔުމާއި ސުވާލުތަކާއި ވެސް ކުރިމަތިވިއެވެ. ނަރީޝް އާއްމު ކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ފާރުމަތިން އިންޑިއާ ހައިކޮމިޝަނަށް މީހަކު ވަންނަން ދެ ފުލުހަކު އެހީތެރިވާ މަންޒަރު ފެންނަ އިރު އެ ސަރަހައްދުގައި ވެސް އިތުރު ފުލުހަކު ހުއްޓެވެ.

ވީޑިއޯ އިން ފެންނަ ކުލަ ހެދުމުގައި ހުރި މީހާއަކީ ދިވެއްސެއް ކަމެއް ނުވަތަ އިންޑިއާ މީހެއްކަމެއް ވީޑިއޯ އިން ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަލިބެ

    އިންޑިއާ މީހަކު ފާރުމަތިން ނުވަދެވެންޏާ ދޮރުހަލާކުކޮށްލައިގެންވެސް އެ މީހުން ބޭނުންވާތަނަކަށް ފުލުހުން ވައްދައިދޭނެ. އެކަހަލަ އެއްބަސްވުމެއްވެސް މިހާރު އޮވެދާނެ. ފުލުހުންނަކީ ވަރަށް ޕްރޮފެޝަނަލް ބައެއްނު.

    36
    3
  2. ހުސެން

    މިއީ ދިވެހި ފުލުހުންގެ ފެންވަރު ތޯ ؟އެމްޑީއެން ހަމީދު

    37
    2
  3. ޅަތީފާ

    ދަންވަރު ތިފާޑަ ކައްނޫން މުވައްޒަފުންވެސް ފާރުމަތިން އު ކާނީ ކީ

    32
    1
  4. ނަައީމް

    ހެޔޮނުވާނެ ތިޔަވީޑިއޯ ނަގާ މުޅި މުއައްސަސާގެ އަގު ވެއްޓިއްޖެ މަލަދުން ބޯހަލާކު މާރިޔާ ގާތައްފާރުމަތިން މީހުން ވައްދާތަން ފެނިފަ

    25
    1
  5. ތައްޓު

    މީ އަޅެ ކޮންކަހަލަބަޔެެއް މިމީހުންކޮއްފިއްޔާ ކޮންމެ ކަމެއްވެސް ރަނގަޅު ކިހިނެއް އެނގެނީ މުވައްޒިފެއްކަމެއް ކޮބާ ކާޑު

    25
    1
  6. ެވެއްޖެ

    މީގެންމިއެނގެނީ އެމީންބޭނުންވާކަމެއް ބޭނުންވާވަގުތަކު ބޭނުންގޮތަކައް ކޮއްދެންޖެހޭނެކަން

    33
    1
  7. ...

    ކޮންމެހެން ފުލުހުންނަާ ދިމާއަށް ފާޑުކިޔާނެކަމެއް ނެތް. ވާނުވާ ނޭނގި ހިތުހުރި އެއްޗެހި ކިޔާކަށް ތިއީ މާ މޮޅު ބައެއް ނޫން. އަދި ފުލުހުންނާ ދިމާއަށް ހިތުހުރި ނުލަފާ އެެއްޗެހި ކިޔުމަކީ މާ މޮޅު ކަމެއް ވެސް ނޫން. ފުލުހުންނާކީ މޮޔަބައެއް ނޫން ތި ބުނާ ކަންތައްތައް ކުރާކަށް. އެމީހުން ބަލާ ޗެކްކޮށްފަ ކަންކަން ކުރާނީ. މާ މޮޅު ވޭ ވިއްޔާ ތި ގޮތަށް އެމީހުންނަށް ފާޑުކިޔަން. ދިވެހިންގެ އަގު ވެއްޓިފަ ތި ތިބީ.

    1
    4
  8. Anonymous

    ތީ ގަބޫލު ކުރެވެނެ ކަމެއް ނޫން. މުވައްޒަފެއްވިއްޔާ ކާޑު ނުވަތަ ތަޅުދަނދިވެސް އޮންްްނާނެ. ފޯނުވެސް ކުރެވޭނެ. ކުދި ބޮޑު ބޭކަލުންވެސް ތިބޭނެ.. ތީ ވަރަށް އާދަޔާ ޚިލާފު ކޮންމެވެސް އެހެން ކަމެއް.

  9. އަނެއްމީހާ

    ބޮޑައްވައްތަރީ އިތުރުގަޑީގަ ވިސާ ޖަހަން ވެއްދިމީހަކާ

  10. ނުތަނަވަސް

    ފުލުހުންގެ ބަޔާނަކީ މުޑުދާރު ބަޔާނެއް. ދިވެހި ފުލުހުންނަކީ ހުއްދަނެތި ހައިކޮމިޝަންތަކަށް ފާރމަތިން މީހުން ވައްދަން ދަންވަޒީދީފައި ތިބި ބައެއްނޫން. މިފަދަގޮތަކަށް ރޭގަންދު ދަންވަރު މީހުން ނުވެއްވޭނެ. ވަދެވެނެގޮތެއްނެތީވިއްޔާ ފުލުހުންގެ އެހީތެރިކަންދީފައި ތަން ހުޅުވަންދެން އެމީހަކު ބޭންދުން އެންމެ ރަނދަޅގޮތަކީ.