ސަރުކާރުގެ ވާދަވެރި ސިޔާސީ ޕާޓީގެ ލީޑަރަށް ނުވަތަ ޕާޓީތަކުގެ ލީޑަރަށް ނުވަތަ ޕާޓީތަކުގެ ލީޑަރުންނަށް ގާނޫނީ ހައިސިއްޔަތެއް ދެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ތައްޔާރުކުރި ޖަވާބު އިއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވި ގޮތުގައި އެއީ އިދިކޮޅު ސިޔާސީ ލީޑަރަށް ގާނޫނީ ހައިސިއްޔަތު ދިނުމާއި ހިމާޔަތާއި ރައްކާތެރިކަން ލިބިދޭ ގޮތަށް ކަނޑައެޅުމާއި ލީޑަރަށް ނުވަތަ ލީޑަރުންނަށް ސިޔާސީ މަސައްކަތް ކުރެވޭނެ ގާނޫނީ މިންގަނޑުތައް ކަނޑައެޅުމުގެ ބިލެކެވެ.

"އަޅުގަނޑުމެން އެމްޑީޕީން އެބަ ހުށައަޅަން އިދިކޮޅު ރިޔާސީ ލީޑަރަކު ރިކޮގްނައިޒް ކުރުމުގެ ވިސްނުން، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އަޅުގަނޑުމެން އެބަ ހުށަހަޅަން އެ އިސްލާހު، އިދިކޮޅު ލީޑަރެއް ހުންނާނެކަން. އެލީޑަރަށް ލިބިދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ތަފްސީލުކޮށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ ގާނޫނުގައި ލިޔެފައިވާނެ،" އާޒިމް ވިދާޅުވިއެވެ.

މި ވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ވާދަވެރި އިދިކޮޅު ފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިންނެވެ. އެހެން ފަހަރުތަކާ ޚިލާފަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އުފައްދާ ކޯލިޝަންގައި ކޮންމެ ޕާޓީއަކުން ލީޑަރެއް ހުންނެވި ނަމަވެސް މި ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ސަޕޯޓަރުންނާއި ލީޑާޝިޕް ބަލައިގަންނަނީ އެންމެ ބޭފުޅެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

އެހެން ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ. އެއީ ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއެއް ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ވެސް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށެވެ. އެހެން އޮ ގޮތަށް އޮތްއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ ލީޑަރު ކަމެއް ނުކުރެވެއެވެ.

ކޯލިޝަންގެ އެކްޓިން ލީޑަރުގެ ގޮތުގައި މިހާރު ވަނީ ރައީސް ޔާމީންގެ އެންމެ އަރިސް އެކަކު ކަމުގައިވާ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ކަނޑައަޅުއްވައިފައެވެ. އަދުރޭއަކީ ސަތާރަވަނަ ރައްޔިތުންގެ މަޖިލީހާއި އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލް ކުރެއްވި މެންބަރެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސސ

    ޤާނޫނީގޮތުން ދިވެހިރާއްޖޭގެ ޕާލިމެންޓަކީ އެއްވެސް ސިޔާސީ ޕާޓިއެއް ތަމްސީލު ކުރާތަނެއްނޫން، ޕާޓީތަކުން އަމިއްލަޔަށް ހަދައިގެން އުޅޭ ޢައިރު ދުސްތޫރީކަމެއްތިޔައީ ޕާލިމެންޓުގައި ސިޔާސީ ޕާޓީތިބޭކަމަށް ހެދުމަކީ، ޕާލިމެންޓުގައި ތިބޭނީ ދިވެހި ރައްޔިތުން ހޮވި ޕާލިމެންޓް މެމްބަރުން، އިދިކޮޅެއްވެސ ނޯނާނެ މިތާ އޮތީ ރިޔާސީ ޔުނިޓަނީ ނިޒާމެއް !

    29
    2
  2. ބޭޗާރާ

    ޤާނޫނުއަސާސީއަކީ ރިޔާސީ ނިޒާމަށް އޮތް އެއްޗެއް. ރިޔާސީ ނިޒާމެއްގައި އިދިކޮޅު ލީޑަރެއް ނުހުންނާނެ. އަދި މިހާރު ހެދިފައި ހުރި ޤާނޫނީތަކުން ބާރުދޭ އެއްވެސް މަފުހޫމެއްގައިވެސް ނެތް އިދިކޮޅު ލީޑަރެއްގެ ވާހަކައެއް. ރިޔާސީ ނިޒާމުގައި އިންތިޚާބަށް ކަނޑައަޅާނީ އިންތިޚާބީ ކެންޑިޓޭޓް. މުޅި ގާނޫނީ ނިޒާމު އޮޅުންއެރުވުމާއި އޮޅުވާލުން ނޫން ކަމެއް މި މީހުން ނުކުރޭ.

  3. ލލ

    މަޖިލިސް ހިގަމުން ދަނީ ޤާނޫނު އަސާސީއާއި ހިލާފަށް

    21
    1
  4. ޙ

    ތިވާނީ ދެންއޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ފޭލިވިޔަސް އެޕާޓީގެ އިސްމީހާ ކުއްވެރިވިޔަސް އޭނަޔަށް ފުރުސަތު ނުގެއްލޭގޮތައް އެކުލަވާލާ ގވާއިދަކަށް ވާނީ. ކުއްވެރި ކޮންމެމީހަކުވެސް އޮންނަންވާނީ ޖަލުގަ. ޢެގޮތުން ތިޔަ އަންނިއަކީ ޖަލުގަ އޮންނަންޖެހޭ މީހެއް.

  5. ޙ

    ޥެރިކަންކުރާހިތުން ނުހުރެވިގެން ގަދަބާރުން ރައްޔިތުންގެ މަޖިލިހުގެ ވެރިކަމަށް އަރައިގެން މުޅި ހުރިހާ ތަނަކަށް އަތްބާނާ މީހާ ބޭރިކުރަންވީ . ވެރިކަންކުރާހިއްވިއަސް ތިއީ ހަމަ ބޮޑުވަރެއް . ރައީސަށް ފުރުސަތެއްނުދީ ހުރިހާކަމެއްގެ ތެރެއަށްވަދެ މުޅިގައުމު ހަލާކުކޮށްފި.

  6. ޏ

    ތިޔަ މަލިފަތީގަ އި ތާށިވާނީ ބޮޑުގުންޑާ އެވެ ރ ޔާމީނެ އް
    ނޫނެވެ.

  7. ގގ

    ދިވެހިރާއްޖޭގައި އޮތީ ދުސްތޫރީ ގޮތުން ތިން ބާރު ވަކިން ހިންގާ ރިޔާސީ ޔުނިޓަރީ ނިޒާމެއް، ބަރުލަމާނީ ނިޒާމްގައި އޮޕޮޒީޝަން ލީޑަރުން ތިބެނީ މިތާކު އޮޕޮޒީޝަން ލީޑަރެއް ނުވެސް ހުންނާނެ، މަޖިލިސްގައި ތިބޭނީ ދިވެހިރައްޔިތުން އިންތިހާބު ކުރާ މަންދޫބުން އެއީ ވަކި ސިޔާސީ ޕާޓީގެ ބަޔެއްވެސް ނޫން ! މަޖިލިސްގައި ވަކި ސިޔާސީ ބައިގަޑަކަށް ހެދިގެން އުޅުމަކީވެސް ދުސްތޫރާއި ހިލާފުކަމެއް!

  8. ދަރަނި ދަންތުރަ

    މޭކަރަނީ ދަށްފައިން ދިލަނަގަނީ މިވެރިކަން ނިމުމާއެކު ކެނެރީގޭ ނަސީދު އުޅެންޖެހޭނެ ނިކަމެތި ހާލު ހިތަށްއަރާ ތެޅިފޮޅެނީ ، އިދިކޮޅު ލީޑަރަށް މުސާރަޔާ ކާރާ ސައިކަލާ ސެކިއުރިޓީޔާ އިންނާނެ އަންހެނަކާ ލިބޭނެގޮތަށް ބިލްފާސްކުރަނީ ، މިވެރިކަން ނިމުނީމަ ދެން އިދިކޮޅު ލީޑަރަކަށް ނަސީދު ހުއްނައިރު އޭނަޔަށް ހުރިހާ މޮޅެއްހޯދައިދޭން މަކަރުވެރި ހިޔަޅުތަށް މިއުޅެނީ ދިވެހިން ވިސްނާ ވިސްނާ.....

  9. ޯބޯޖަލީލު

    އާޒިމް ، ތަސްމީނު ، ނާސިޒު ބީ އެމް އެލް އިން ނެގި ލޯނުތަށް ދައްކާ ނިންމަބަލަ މާތާހިރުވާނެ

  10. ދަރަނި ދަންތުރަ

    ދިވެހިން ވަރި ކާވެނި ބަލިވެއިނުން ވިހެއުން މަރުވުން މިކަންކަމަށްވެސް ވަގުތާ ތާރީހު ކަނޑައަޅާ ގާނޫނު ފާސްކޮށްބަލަ މިހާރު ތިޔަމަޖިލިސް ތިޔައީ ބޮޑު މުސީބާތެއް...

  11. ނަގޫރޯޅި

    2023 ގެ ފަހަ އް ކުރީބަޔަ އް ކޯޓު ފަހަނީތޯ. ކޮންމެ ކޯޓެ އް ފެހިޔަސް 2023 ފަހުން ކުޑަގޮޅި ނޫން ތަނެ އްނެތް

    10
  12. ކުރަމްޓީ

    ސަފާރީއެއްގަ ހަފްތާ ނިންމަލެވުނީތޯ

  13. ނާޅި

    މިތާގެ ދުސްތޫރީ ރިޔާސީ ޔުނިޓަރީ ނިޒާމްގައި އޮޕޮޒީޝަން ލީޑަރަކު ނުހުންނާނެ ، ހުންނާނީ ރިޔާސީ ކެޑިޑޭޓުން ކޮންމެ ރައްޔިތަކަށްވެސް ރިޔާސީ ކެޑިޑޭޓަކަށް ވެވިދާނެ ! އެއީ ވަކި މީހަކަށް ވެވޭ ކަމެއްވެސް ނޫން !