ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރަން ވޯޓް ދޭން އެމްޑީޕީގެ މެންބަރުންނަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްއިން ވިޕެއް ނެރެފިއެވެ.

އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ މަލީހްގެ އިތުބާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއަށް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އެ ގްރޫޕްއިން ފާސްކުރި ހުށަހެޅުމުގައިވާ ގޮތަށް ރައީސް ދަންނަވައިގެން މަލީހް އެ ކަން އަމަލު ނުކޮށްފިނަމަ މަޖިލީހަށް މައްސަލަ ހުށަހަޅަން ހިމަނާފައިވެއެވެ.

މިއަދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން އެ ޕާޓީގެ މެންބަރުންނަށް ފޮނުވާފައިވާ ވިޕްލައިނަކީ އޭރު ފާސްކުރި ވިޕްލައިނާ ހަވާލާދީ ފޮނުވާފައިވާ ވިޕްލައިނެކެވެ. އޭގައިވާ ގޮތުން މަޖިލީހަށް މައްސަލަ ހުށަހަޅައި ފާސްކުރަން ކުރީގެ ވިޕްލައިންގައި ހިމަނާފައިވެއެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ މެންބަރުން ފާސްކޮށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރައީސް ސޯލިހްއަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަލީހް މަގާމުގައި ހުންނެވުމުން މަޖިލީހަށް އޭނާގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި 14 މެންބަރުންގެ ސޮޔާއެކުގައެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މި މަހު 16 ގައި މަޖިލީހުން ވަނީ މަލީހު ޖަވާބުދާރީވުމަށް ނޯޓިސް ވެސް ފޮނުވައިފައެވެ. މަލީހު ވަނީ އެ ނޯޓިސްގައި ގާނޫނީ މައްސަލަ އުޅޭ ކަމަށާއި އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުވާލު

    ފައްކާ ކުރެވިފައިވާ ލާމަސީލު ޑިމަކުރެސީ އަކީ މި ގައްދާރު އަމަލުބާ؟

    22
    1
  2. ބަރުގޮނު

    އިތުބާރު ނެތް ކަމުގެ ވޯޓަށް ނަން ހުށަހެޅޭނޭ ބައެއް ވަޒީރުން ތިބޭނެކަމަށް ވަރަށް ބޮޑަށް ޔަޤީން. މިކަން ލައިގަންނާނީ އެމް.ޑީ.ޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނަށް. އެބޭފުޅުންނަށް އޮތް ހަމަ އެކަނި ޗޮއިސް އަކީ އެބޭފުޅުން އެމް.ޑީ.ޕީ އަށް ސޮއި ކުރެއްވުން. މިކަން ރާވާ އިތުބާރުނެތްކަމަށް ހުށަހެޅުމުގެ މޭސްތިރިއަކީ މަޖްލިސް ގެ ރައީސް. ޙަޤީޤަތަކީ ރާއްޖޭގައި އުފެދިފައިވާ އެއްވެސް ސިޔާސީ އަކަށް އެޕާޓީއެއް އެކަންޏާ އެކަނި އިންތިޚާބެއް ކާމިޔާބު ނުވާނެ ކަން.

    22
    1
  3. ޖަނާޒާ

    މިނިސްޓަރ މަލީހް މި ހާރު ފުދިއްޖެ! ދަންނަވަންތޯ! މާދަމާ ސިޔާސީގޮތުން ސަންދޯކަށް މޮހޮރު ވަންނާނެކަމަށް ވަނީ! ޕަކާސްްްްް ް ް ް ް ް ް