އައްޑޫ ސިޓީގެ ގަމާއި ހުޅުމީދޫ އަންޑަރ ވޯޓާ ޓަނަލް އަކުން ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ޕްރޮޖެކްޓްތަކުގެ ތަސައްވުރު ހިއްސާކުރައްވަމުން ސޯބެ އައްޑޫ ބަހުން ކުރެއްވީ ޓްވީޓްގައި ވިދާޅުވީ، ފަސޭހަކޮށް ދަތުރުކުރެވޭނެ މަގާއި ބްރިޖު އަދި ސަބްމާރޖްޑް ކްރޮސިން ހަދައި އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލުމަކީ އައްޑޫ މީހުންގެ ވިސްނުން ކަމަށެވެ.

"ފާސްޓް ފެރީ އާއި ރަނގަޅު ބަހާއި މޮނޮރެއިލް ހިމެނޭ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަކުން އިރާދަކުރެއްވިއްޔާ އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލެވޭނެ" ސޯބެގެ އެ ޓްވީޓްގައި ވެއެވެ.

ސޯބެ މިގޮތަށް ވިދާޅުވިިއިރު، މި ޕްރޮޖެކްޓަކީވެސް އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްގީކުރާ ޕްރޮޖެކްޓެކެވެ.

މީގެ ކުރިން އައްޑޫގެ މަގު ހެދުމުގެ 1.19 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އިންޑިއާ ކުންފުންޏަކަށް ދީ، ސަރުކާރުން ވަނީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން އެ މަސައްކަތްކުރާ ކުންފުންޏާއެކު ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫގެ ފެންހިންދާ ނިޒާމާއި ސަތޭކަ ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓަކްޗަރ މިނިސްޓްރީން ވިދާޅުވެއެވެ. މިމަޝްރޫއުގެ މަސައްކަތް ނިންމަން ތާވަލް ކޮށްފައި ވަނީ ދޮޅު އަހަރު ދުވަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މަބޭ

    ސޯބެ މިހިރީރަންގަޅައް އަފިހުން ކައިގެން

    47
    1
    • ޑަބިޔާ

      އަފިހުން އެކަނިބާ. އެލެކްސް ބުނީ އަބަދު ހަމާގަ ހުންނާކަށް ނުވާނެޔޭ. ހަމާގަ އަބަދު ހުރީމަ ދެއްކޭ ވާހަކަ އިގޭނެ ހަމައިން ނެއްޓޭ ގަޑީގަ ދެއްކޭ ވާހަކަ އެއްނޭންގޭނެ ތަރިތަކުގެ ވަށާގެން ސޯބެ ބުރުވެސް ޖަހާނެ

      7
      1
    • އައްޑޫ ގޫފާލި

      މިހާރުވެސް އިންގްލެންޑާއި ފްރާންސާއި ދޭތެރޭ ދަތުރު ކުރުމަށް އިންގްލިޝް ޗެނަލްގައި ކަނޑުއަޑިން ޓަނެލްއެއް އަޅާފަ އޮންނަތާ އެތައް އަހަރެއްވެއްޖެ.

  2. ސސ

    އައްޑޫ މީހުން ހަދުގައި ދިރިއުޅެން ގޯތި ދޫކުރަންވީ ނުންތޯ ؟

    46
    2
  3. ޥހޫން

    ކޮބާ.. މައޭރުވެސް ބުނީމެއްނުން.. އައްޑޫގެ މަސްވެރިން ބާނާމަސްވެސް ވަގްތުން ވަގްތައް އިނގިރޭސިވިލާތައް އެކުސްޕޯޓު ކުރަން އަންޑަވާޓަރ ޓަނަލެއް އެޅޭނެ.

    41
  4. ސްމޯލްމޭން ބިގްމައުތު

    މިދުވަސްކޮޅު މޭޔަރު އަނގަގަދަވެގެން މިއުޅެނީ ކީއްވެބާ؟

    48
    • ާާއަލީ

      Mayor ulhenee afihun kaigen hey buddhi filaigen

  5. ބަރުގޮނު

    ބޮޑެތި ވާހަކަ... ބޮޑެތި ޚަރަދު .... ބޮޑތި މަސައްކަތް .... އަޑު އަހާލަން ވަރަށް ފަސޭހަ ... ތަޞައްވަރު ރީތި ... ހިތަށް ފިނިކަމާ ފޮނިކަން އިޙްސާސްވޭ.. ސޯބެ ބުންޏަސް ބަހަކީ އެމް.ޑީ.ޕީ ގެ ބަސް. ރަޢިއްޔަތުންނަށް އޮތީ މަސައްކަތާ ޚަރަދާ އެކަންކަމުގެ މައްޗަށް ފުންކޮށް ވިސްނުން. ކުރިމަތީގައި އޮތީ އިންތިޚާބެއް. ކެމްޕޭން "އެންގަޑު" ތައްވެސް ވަރަށް ގިނަވާނެ.

  6. ޝަމްވީލް

    އަފިރިން ބޭނުން ފެނެއަޑިޔެ ކުދުކުދިންގެ ބަގީޗާކަސް ހަދާއް..

  7. ސޯލޫ

    ދަ ގޫބައްޑާސްއާ ކަމިން..

  8. އަފިރިން

    ސޮބޭ، އިންޓަރނެޓުން ކިތަންމެ ވަރަކަށް ފޮޓޯ ބްރައުސްކޮށްގެން މިދުވަސްވަރާ ގާތްކޮށް އައްޑޫ މީހުން ގުނބޯހައްދަން އުޅުނަސް ހިޔެއްނުވޭ ރައްޔިތުން ހެއްލޭނެހެން

  9. ބަބޫ

    ނަނާ ހުވަފެން. އެމްޑީޕީ ސަރުކާރަށް ނުވާނެ. ބިނގާ އަޅާނެ. އަމަލީ މަސައްކަތެއް ދެދައުރަކުވެސް ފެންނާކަށް ނެތް.

  10. ޓުކުރި ޝޭޚު

    ބަލަ ހިތަދޫ ކޮޅުން މާ ފަސޭހައިން ގުޅާ ލެވޭނެ ބުރިޖަކުން! ކަޑަށް ވުރެ ފަޅު ގިނަ! ނުކުރެވޭނެ ކަނަކަމުގެ ވާހަކަ ނުކިޔާ ކުރެވޭނެ ކަމެއގެ ވާހަކަ ކިޔާބަލަ! ގުޅިފަޅަ މާލެ ގުޅުވާ ގޮތަށް އިޔަށް ވުރެން ފަސޭހަ ކޮށް ހިތަދޫ އާ ކަނޑިހެރެ ( ކަނޑުހުރާ ) ދޭ ތެރެއިން ހުޅުމީދޫ އާ ގުޅުވާ ލެވޭނެ އެއގަމުން!

  11. ހުޅުމީދޫ

    ސޯދިގު ތި އަނގަގަދަނުކޮށް ހުޅުމީދޫ ސިއްހީ މަރުކަޒު ތަރައްޤީ ކުރަން އުޅެބަލަ

  12. ބުރުނީ55

    މޭޔަރު ކަމުގަ އުމުރު ހުސްކޮށްފަ އެއްވެސް ކަމެއް އައްޑޫ އަށް ކޮންނުދީ، ބިނާ އެއްހުރިއްޔާ ހުޅު ޖަހާފަ މީނަ މިކިޔާ އެއްޗެއް މީނަޔަށް ފަހުމު ވޭބާ. ޔޫރިން ޓެސް ހެދުމަށް ގޮވާލަން

  13. ވޯޓްޑުރާމާ

    މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ. އެ ކުންފުންޏާއެކު މިނިސްޓްރީ އިން ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއްބަސްވުމުގެ ދަށުން ހަތަރު މަސް ތެރޭ އެ ހިދުމަތް ދޭންފަށަން ޖެހެ އެވެ. މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

  14. ކޮވިޑް

    ތި ވަރުން އަދި ވޯޓް ދެވޭކަށް ނެތް. އެކަމް ސޯބެ ބުނެބަލަ އައްޑޫ މީހުން ކަމެއް ހިތުލާ އިރައް މިސަރުކާރުގެ ރައީސް އަށް ކީރިތި ކުރެވި އައްޑޫ މީހުން ހިތުލާ ކަމެއް ހިތުން ނުފިލަނީސް މި ސަރުކާރުން ކޮށްދޭނަމޭ، ގެރޭ ވޯޓް ދޭނަން. އަޅެ މިހެން ބުނެލަބަލަ،

  15. އިންނު މުހައްމަދު

    ވޯޓް ހޯދަން ހިޔާލީ ވާހަކަ ދަ އްކާނެ

  16. ނަސީދު

    ތިގޮތައް ޖާބިރު ކާށިދޫއާއި ގާފަރު ކޭބަލް ކާރުން ގުޅަާދެއްވި މިކަހަލަ ހަމަނުޖެހޭ ވައުދު މިހާރު ރައްއިތުން ބަލައެއްނުގަންނާ

  17. ސޯކާބެ

    މިދާވަރުން ދަންޏާ މިލޯކަލް އިންތިހާބް ނިމޭއިރު އައްޑޫގައި ކަނޑު އަޑީގެ އެައަރޕޯޓެއް ނާޅާފިއްޔާ ދެރަ ކީއްތޯކުރާނީ ކެންޕޭނައް ލައްގަގިނަ ހުވަފެން އެބަދައްކާ މިގަބޫލްކުރާނެ އެބުނާ ކުލަ ޖެހިފައިވާމީހުން

  18. އަލިފުތާ

    ތި ޓަނަލުން ބަކިން ހަމްޕެލަސް އާވެސް ގުލާގޮތަށް ހަމަ ޖެހިފަ އޮތީ..މުޅި މަޝްރޫ އު ނިމޭނެ 2 ހަފްތާ ފަހުން..ވަރަށް އަވަސްވާނެ މިސަރުކާރުގެ މަސަ އްކަތް..ދެން އޮތް ސުވާލަކީ ގަމުން ކޯ އްޓޭ ސިޓީ އަށް ޖެޓްގަ ދެވޭނެ ރަންވޭ އެއ އް ކޯ އްޓޭގަ އި ގާ އިމު ކުރާގޮތަށް ނުހެދޭނެތޯ؟..މަ ދޭނަން ޔަގީނުންވެސް މަގޭ ވޯޓް އޑޕ އަށް..ސޯބެ އަށް ބާ އްޖަވެރި ދުވަސްތަކަށް އެދެން..

  19. ހައްޤު1

    ސުވާލަކީ، މިއޮށްދަތި ހާލުގަ ދަރަނި ބޮޑުވެގެން ޤައުމު އެއްކޮށް ދަރާ ހުސްވާއިރު، ހަމަ ކޮންމެހެން ވެސް ނުކޮށް ނުވާވަރުގެ ހަރަދެއްތޯ އެވެ؟!!

  20. ނަދީ

    ހެހެ. ޢެއީ ގުއި ހޮޅި.

  21. ޙިމް

    ކުުރެވޭނެ ކަމެއް ގެ ވާހަކަ ބުނި ނަމަވެސް ތާހިރުު! ޅޮލް... .. ހިތަދޫ ކޮޅުން އެ އޮތީ ބޮޑު ފަޅެއް...... ކަޑިހެރަ ( ކަޑުހުރަ) އާ ދިމާލުން ހިޅުމީދޫ އާ އެއްގަމުން ދެވޭ ގޮތަށް ކޯޒްވޭ -ބުރިޖެއް ހެދިދާނެ... .. ނުވާވަރު ކަމެއް ގެ ވާހަކަ ދައްކަނީ ކޮން ޗިޕެއް ޖަހަންކަން ނޭގޭ

  22. ބޮޑުސޯބެ

    ސޯބެ ތަންކޮޅެއްގިނައިން އަފިހުން ކައިގެން

  23. ގޫބައްޑާ

    މަހުވައި މަހިތައް ތެބެއަރައި މައް 50 ވޯޓު ދިއޭނެ ލެކައް ވޭހެއްތެންނާ ރަނގަޅާއު.

  24. ޖުނައިދު

    މިވަރުވީމަވެސް ހަމަ ހެއްލި ވޯޓް ދޭނަބާ؟އައްޑޫ މީހުން އެދޭފަދަ ތަރައްގީ އެއް ބޭނުމިއްޔާ ކައުންސިލް އިންތިހާބުގަ ބޮޑުތަނުން ނޫނެކޭ ބުނެބަލަ.އަސްލު އެއްގޮނޑިވެސް ދޭނެކަމެއްނެތް.އެއިރުން ރިޔާސީ އިންތިހާބަށް ރުއްސަން ކަންތައް ކޮށްފާނެ.

  25. މަޖަަ

    Soabe thi gengulhey stuff mashahves dheebea