ސަރުކާރު އިދިކޮޅު ކޯލިޝަންގެ ރައީސަކީ، ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ކަމަށާއި ޤާނޫނަށް ބަދަލުތަކެއް ގެނެއަސް އެކަން ބަދަލެއް ނުކުރެވޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ލީޑަރަށް ޤާނޫނީ ހައިސިއްޔަތު ދޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އައި ދަނޑިވަޅެއްގައެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓުވިޓުގައި ވިދާޅުވީ، އިދިކޮޅު ލީޑަރަށް، ޤާނޫނީ ހައިސިއްޔަތު އިޚްލާޞްތެރިކަމާއެކު ދޭން ބޭނުންވާނަމަ ފުރަތަމަ ކުރަންވީ ކަމަކީ ނުޙައްޤުން ޖަލަށް ލާފައިވާ ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އިދިކޮޅު ލީޑަރަކީ ރައީސް ޔާމީން ކަމަށާއި ޤާނޫނަށް ބަދަލު ގެނައުމަކުން އެކަން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

މި ވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ވާދަވެރި އިދިކޮޅު ފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިންނެވެ. އެހެން ފަހަރުތަކާ ޚިލާފަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އުފައްދާ ކޯލިޝަންގައި ކޮންމެ ޕާޓީއަކުން ލީޑަރެއް ހުންނެވި ނަމަވެސް މި ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ސަޕޯޓަރުންނާއި ލީޑާޝިޕް ބަލައިގަންނަނީ އެންމެ ބޭފުޅެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

އެހެން ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ. އެއީ ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއެއް ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ވެސް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށެވެ. އެހެން އޮ ގޮތަށް އޮތްއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ ލީޑަރު ކަމެއް ނުކުރެވެއެވެ.

މިހާރު ގާނޫނަށް ގެނެސްފައިވާ އިޞްލާހާއި އެކު ޖަލު ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރު ކަމުގައި ނުހުންނެވޭނެއެވެ. ނަމަވެސް އިދިކޮޅުން ރައީސް ޔާމީނަކީ ނުޙައްޤުން ޖަލަށް ލެވިފައިވާ ބޭފުޅެއް ކަމަށާއި އެހެން ކަމުން މިހާރުގެ އިދިކޮޅު ލީޑަރަކީ އަދި 2023 ގެ އިދިކޮޅު ކެނޑިޑޭޓަކީ ވެސް ރައީސް ޔާމީން ކަމަށް އިދިކޮޅުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯގޯސް

    ޔާމީނަކީ ދިވެގި ދަރިއެއްނޫންކަމައްވެ ސް މި ބީތާތައް ހަދާނެ ގާނޫނު ބަދަލުކޮއްގެން ވިޔަ ސް ޔާމިންދެކެ ހާދަބިރެކޭ މިބައިގަނޑު މިގަންނަނީ

  2. ވގ ޔނ

    އެކަމަކު ތި ދޮޮޅިއާދަނުމެން 5 އަހަރުގަ އެގޮތް ހަމަރަގަޅު އޭރަކު ނޭގެދޯ މިދުވަސް އަންނާނެކަމެއް އާ އެންދޯ ހީވާނި ބޮޑު ތުބުޅިލީ ދަންނަބޭކަލަކު ބުނީ ދުނިޔެ ނިމެންދެން މި ވަގު ކަލޭގެ ވެރިކަންކުރާނެޔޭ މިހާރު އެކުރަނީ ކުއްވެރިކަން ޖަލުގަ 5 އަހަރު ދެން ކުރާނި ޖުނުބްވެރިކަން މަސްވެރިކަން ދޯ

  3. ވ

    ފަހަރުގައި ކަލެއަށްވެސް ލިބިދާނެ އޭރުން ރަނގަޅެއްނު އަނެއްކާ . އޭޕްރީލް 21 ގައި އައިސް ބުނެވޭނެ އެއްނު ސިފައިންގެ ފްލެޓްތައް ނިންމާދޭނަމޭ. ސައުދީންދިން ލާރިގަނޑު ކޮބާތަ؟

    1
    3