ޕީޕީއެމް ވެރިކަމެއްގައި އައްޑޫގައި ހަދި އެންމެ މަގެއް ދައްކިއަސް ސިޔާސީ މަސައްކަތްތައް ހުއްޓާލާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިފަދައިން ވިދާޅުވެފައިވަނީ ހުސް ވައުދުން އެކަނި އައްޑޫ ތަރައްގީ ވާނަ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް އެކަން ކުރެވުނީސް ކަމަށް ބުނެ ކުރީގެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ސަރުކާރަށް ފާޑުވިދާޅުވެފައި ވަނިކޮށް، އެ އޭނާއަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ނިޒާރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް ވީކަމެއް، އަދި ކޮށްދީފައިވާ ކަމެއް ކޮށްފައިވަނީ އެމްޑީޕީން ކަމަށާއި އައްޑޫއަށް ވައުދުވެ ފުއްދާނީވެސް އެ ޕާޓީން ކަމަށެވެ.

"މަނިކުފާނުގެ ފިކިރުން ރާއްޖޭގެ ވެރިކަމުގައި ހަތް އަހަރު ވީއިރު އައްޑޫގައި ހަދައި ނިންމި އެއްމެ މަގެއްގެ ނަންވިދާޅުވެއްޖެނަމަ އަޅުގަނޑު މިސިޔާސީ މަސައްކަތް ހުއްޓާލާނަން." ޖަމީލަށް ޗެލެންޖެއް ހަވާލު ކުރަމުން ނިޒާރު ވިދާޅުވިއެވެ.

ޕީޕީއެމް ސަރުކާރުން ހަދާފައިވާ އެންމެ މަގެއް ދައްކާލިއަސް ސިޔާސީ މަސައްކަތް ހުއްޓާލާނެ ކަމަށް ނިޒާރު ވިދާޅުވެފައިވާއިރު، މިމަހުގެ ތެރޭގައި ނިޒާރް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފާއިތުވި 5 އަހަރު އައްޑޫގައި އެއް ކިލޯ މީޓަރުގެ މަގެއް ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭރު ނިޒާރު ވިދާޅުވީ، އެ ސަރުކާރުން ހަދާފައިވަނީ ފޭދޫ ރަށްދެބައި މަގުގެ 0.7 ކިލޯ މީޓަރު މަގަކާއި ހިތަދޫއިން 0.4 ކިލޯ މީޓަރު މަގެއް ކަމަށެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ (އެލްއޯސީ) ދަށުން އައްޑޫގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް 1.19 ބިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ނިޒާރު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާނީ މަގުތައް ރަނގަޅުފެންވަރަކަށް ހެދި، ސީސީޓީވީ ކެމެރާ ހަރުކުރެވި ޓްރެފިކް ނިޝާންތައް ޖެހިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އައްޑޫ މީހާ

    ދެން އެމްޑީޕީން ކިތައް މަގު ހަދާދިނީ؟

    32
    • ފފފފފ

      އައްޑޫ މަގުތައް ހަދާފައި ހުރީ 30 އަހަރު ވެރިކަން ކުރި މައުމޫނުގެ ވެރިކަމުގައި. ނިޒާރުމެން ފޮނިކަނޑަން އައްޑޫއަށް މޑޕ އިން ކޮށްދިން އެއްކަމެއްވެސް ނޯންނާނެ.
      ދެން ތިތާ ހެދިފައި ހުރި މަގުތަކަކީ، 2009 ގަ ސާކްސަމިޓް ބާއްވަން ގައުމުތަކުން ދިން ފައިސާއިންނާއި، ސިފައިންލައްވާ އަޅުމަސައްކަތް ކުރުވައިގެން ހެދި ތަނެއް ހުންނާނީ.

  2. އައްޑޫ މީހާ

    ނިޒާރު ބުނެބަލަ ޕީޕީއެމް އިން އައްޑޫގައި އެޅި އެންމެ ފާހާނާ ހޮޅިއެއް ދެއްކިޔަސް ނުވަތަ ހޮސްޕިޓަލެއް ދެއްކިޔަސް ފެން ހިންދާ ނިޒާމް މިހުރިހާ ކަންތައް ފެނި ސިޔާސީ ކަންކަމުން ދުރައް ދާނަމޭ ނުކެރޭނެ ބުނާކަށް އޮއްޓަރެއްނެތް ކާޓޫނު ވާހަކައެއް ބުނެފަ ތިބުނަނީ ތިމަންނަ ސިޔާސީ ކަމަކާ ގާތް ނުވާނަމޭ ތިކަހަލަ ވާހަކަ ދައްކަނީ ކުޑަކުދިން އޯކޭ ދޯ ނިޒާރު ! ނިޒާރު އެނގޭތަ އައްޑޫގައި މިހާރު ކެންސަރު ބަލި މީހުންނަަށް ކީމޯ ފަރުވާ ދެވޭ އެމްއާރުއައި ހެދޭ އެހެރަ ހޮސްޕިޓަލަަށް ވަދެފަ ވަކި ކޮޅަކަށްނޫން ހުރިހާ ކޮޅަކަށް ބަލާފަ ލައިގެން ހުރި އަންނަ އުނު ބާލާފަ އޮރިޔާމުން މަގުމަށްޗަށް ނިކުމެ ދުއްވައިގަނޭ ! ތިޔަ ބުނާ އޑޕ އިން ހެދި މަގުތައް ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތްގޮތައް ހަދާފައި ހުރީ މުސްތަގްބަލަކަށް ނުވިސްނާ ފުރަތަމަ ކުރަން ޖެހޭ ކަންތައް ނުކޮށް މަގުގައި ތާރު އެޅިޔަކަސް ނުވާނެ އަދި ބުނަން ޕޕމ އަކަށް ނުބުނެވޭނެ ތިމަންނަމެން ވިމެނި އަދަދަކަށް އަލިފާން ޖަހައި ތަންތަން ރޯކުރީމޭ އެތައް ބިލިޔަން ރުފިޔާގެ ހަރުމުދާ އަންދާލީމޭ ނިޒާރު އަދި ވަރަށް ޅަވާނެ ކަލޯ ކަސްޓަމްސް ގައިހުރެ ބަރަހަނާ ފިލްމް އެތެރެކުރި ވާހަކަވެސް މިކަހަލަ ދަނޑިވަޅެއްގައި ހަނދާން ކޮށްދޭން ބޭނުން ޝުކުރިއްޔާ ޕްލީޒް މި ކޮމެންޓް ޖަހައިދޭތި

    51
  3. ދިރާސާ

    ކޮންމެއް ސަރުކާރެއް އޮތަސް ފީކަޅާ މެމްބަރުން ތިބޭނަމަ ރަށް ތަރަޤީއެއް ނުކުރެވޭނެ. މިއަދުގެ މެމްބަރުންގެ މިސާލަކީ ރީތި އަންހެންކުއްޖަކު ސެޓްކުރުމަށްޓަކައި ދައްކާ ހުވެފެންތަކުގެ މިސާލަ

    39
  4. Anonymous

    ޢެހެއްމެއި އަވަހަށް ހުއްޓަލާއް ފެނެނީ. ވޯޓު ހޯދާށްވެގެން ތިބެ މީހުން ހައްލުން ނުން ކަމައް އެއްވިޔަސް ބާކިންނަކަށްނިވެއި. ޢައްޑޫ އަށް މި މޑޕ ސަރުކާރާއި މަޖިލީހާއި ކައުންސިލެ ތިބިހެއި ގެނޑި ދިންމެއި އަސް ވީކަމައް ހަރާން. ތެތިބި މަގަތައް ފެނޭ ބާކިންނަށް އެނގޭހެއް ތެވެންނަށް އައްޑު އަށް ކަންކަން ކޮށްދިޔޭވަރަ. ބެނަ ކޮވީޑާއު އެނަކެއްތަކާއު. ޢެއްވިޔަސް ކަމަށް ކޮށްނިދިނަސް އައްޑޫ މީހުން ތެވެރިން ހޮވާނެއި. ޢެހެން ވީމެއި ހޮޅި ނިހޮއްލައި ތިބިއަސް ވޭހެއް. ޙަމަ އަޖާއިބުވެއި ރަށި މީހުން ތެވެންނަށް ގޮސް ހެއިބަލިވެފެއި ތިބޭހެދީ.

    66
    1
  5. ޙިތަދޫ ސީދި ބީޑާ

    ސ ހުޅުދޫ އަދި ސ ފޭދޫގެ ބައެއް މަގުތައް ހެދި ނިމުނު ސަރުކާރުން.ޗެލެންޖް ކޮށްފަ މިބުނަނީ ކަލެއަށް ސިޔާސީ މަސައްކަތް ހުއްޓާލަން ނުކެރޭނެ.

    85
    3
  6. މަނީމަނީ

    ހަންކެޑެ ބޮނޑިބަތް ކޮށާރުމަގު މިބުނީ

    60
    3
  7. ފާއިޒު

    ޕީޕީއެމް ސަރުކާރުން އައްޑޫގައި ކޮށްދިން މަސައްކަތެއް ކީއްކުރަން ރާއްޖޭގައި ކުރި އެއްވެސް މަސައްކަތެއް ތި މީހުންނަކަށް ނުފެންނާނެ.

    102
    2
  8. ސަޓޯ

    ނިޒާރު މިއީ ކާކުތަ

    80
    2
  9. ޙޯނު

    ތަށް ދޭނެވޯޓަށް އަފިރިން އަތި ނެތްވާ

    42
    1
  10. ތެދައް

    މުކަހަލަ ދެއަނގައިން ވާހަކަދައްކާ މުނާފިގާ މިތަންތަނައްކުރިމަތިލަންނު

    28
  11. އައިމަން

    މި ފޮޓޯތައް ގޫގަލް ކޮއްލީމަ އައީ މީގެ އެތައް އަހަރުތަކެއްކުރިން ދުނިޔޭގެ އެކި ޤައުމުތަކުގައި ހަދާފައިވާ މަގުތަކާއި ބްރިޖްތައް. ފޮޓޯ ނަގާފަ މިގޮތައް އޮޅުވާލާއިރު މިމީހުންނަށް ހީވަނީ ދެންތިބެނީ މަރުމޯލުންކަމަށް ދޯ.

    27
  12. ޟަރ

    ޕޮއް. ސިޔާސީ މަސައްކަތް ނިމުނީ ޔޯ. ދެން ބުނެ ބުރިޖު އެޅީ އަންނިއޭ

    30
  13. ޢަދުރޭ

    ބަލަ .. ޕީޕީއެމް .. އަކާ ..ނޫނޭ . ..ވެރިކަން .. ހަވާލް ..ކޮށްފަ ..އޮތީ ..މި ވޭތުވެދިޔަ ..ދެއަހަރު . . ޕީޕީއެމް.. ސަރުކާރުން.. އައްޑޫގެ ..ތަރައްޤީއަށް.. ކޮށްދީފަ ..ހުރި.. ކަން..ކަން.. ކޮންމެސް ..ބޭފުޅަކު ..ނިކަން.. މިތަނުގައި..ބަޔާން.. ކޮށްލަ..ދެއްވަ..ބަލަ . .. މި ..މީހުން.. ނަށް .. އެއްޗެއް ..ވިސްނޭތޯ

    25
  14. ނަގުލު ފިއްތި

    އަވަހަށް ހުއްޓާލަންވީ ނޫ ތިބޭފުޅާޔަށް ނުފެނޭތަ ހިތަދޫ ރަށްދެބައިމަގު ނުވަތަ ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަގު އެއީ ކާކުގެ ވެރިކަމެއްގަ އެމަގުގަ ތާރު އަޅާފަ އޮތީ؟؟؟ ހަމަ ޔަގީނުންވެސް 2014ވަނަ އަހަރު ހިތަދޫ ރަށްދެބައިމަގުގަ ތާރުއެޅީ. އޭރު ވެރިކަމުގަ ހުރީ ކާކުބާ.

    32
    1
  15. ނުޒޫ

    އަވަހަށް ހުއްޓާލަންވީ ނޫ ތިބޭފުޅާޔަށް ނުފެނޭތަ ހިތަދޫ ރަށްދެބައިމަގު ނުވަތަ ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަގު އެއީ ކާކުގެ ވެރިކަމެއްގަ އެމަގުގަ ތާރު އަޅާފަ އޮތީ؟؟؟ ހަމަ ޔަގީނުންވެސް 2014ވަނަ އަހަރު ހިތަދޫ ރަށްދެބައިމަގުގަ ތާރުއެޅީ. އޭރު ވެރިކަމުގަ ހުރީ ކާކުބާ.

    27
    1
  16. ޝީޒާ

    ﷲގަންދީ ހުވާކޮށްފަ ބުނަންކެރޭ ޕީޕީއެމް ވެރިކަމެއްގަކަން ހިތަދޫ ރަށްދެބައިމަގުގަ ތާރު އެޅީ.ކަލޭ އަވަހަށް ސިޔާސީކަނަކަމާއި ފެޔައްޖެހޭ

    36
  17. ކިނބޫ

    ތިހެންނަމަ މިހާރު ހުރީހީ ހުއްޓާލައިގެން.
    ދޮގެއް އޮތިއްޔާ ހެދޭތޯ ބަލާ. ދޮގު ހެދި ވަރަކަށް ދިވެހިން ތާއީދު ކުރާވަރު ބޮޑުވާނެ. ލިބޭ ވޯޓު ގިނަވާނެ.

    31
  18. ނޫންތަ

    ލާހިކެއްނޫން ޔާމީން އެޅި އެންމެ ފުލެޓެއްވެސް ދައްކާކަށް. ޔާމީނަކީ މާލެއާއި ހުޅުމާލެ ގުޅާލަން ބުރިޖެއް އަޅާނަމޭ ކިޔައިގެން ފޮނިކެނޑި ރައީސެއް. އަދި އަދަށްދާންދެންވެސް މިދަތުރުކުރަނީ ފެރީގައި.

    31
    2
  19. އަޙްމަދު

    ކަލޭގެ ރަށުގައި އެއްމަގު، ފޭދޫގައި އެއްމަގު، ހިޅުދޫ އަދި މީދޫގެ މަގުތައްހަދަން ފެށީ ޔާމީނުގެ ސަރުކާރުގައި. ޙިތަދޫ ބުރިކެޑެމަގު ހަދަންފެށީ ހަމަ އެވެރިކަމުގައި. ކެރޭނެތަ ސިޔާސީކަންކަމުން ދުރުވާން! ދުވާލު ފެންނަން ހުންނަކަންކަން ޤަބޫލު ނުކުރާ މީހުންނަކީ އަބޫޖަހުލުން!

  20. އައްލާބެއްޔާ

    ނިޒާ ރުމައިމީހާ(ފާތިންދިޔެއެ)އެދެނެތިކެން
    ތެމީހާއްވޯޓުދޭއްއަވަނިންމިންއެކަމަކިއެކަން
    ކެންސަލްކޮއްލިން

  21. ބައްސާމް

    ރާއްޖޭގެ އެހެން ހުރިހާ ރަށްރަށުން ސިޔާސީ ދާއިރާއަށް ނުކުމެ ތިބޭ މީހުން ދައްކަނީ މުޅި ރާއްޖެއަށް ތަރައްޤޫ ގެންނަ ވާހަކައާއެކު ރަށަށް ތަރައްޤީ ގެންނަ ވާހަކައެވެ. އެކަމަކު މި އައްޑޫމީހުން އަބަދުވެސް ދައްކާނީ އައްޑޫ ތަރައްޤީ ކުރާ ވާހަކައެވެ. އެހެން ބައެއްގެ ވާހަކަދަެއްކުން އެމީހުންނަށް މަނާވާނެއެވެ. އެއީ ގަމުގަ އިނގިރޭސިންކޮޅެއް އުޅުނީމާ މާ ތަހުޒީބުވެފަ ވާ ބައެކޯލައެވެ.

  22. ޙހހހ

    ޢެމްޑީޕިއިން އައ އްޑޫ އަށް ދިން ގެ އްލުމުގެ ހިސާބު ހަދާލަބަލަ

  23. ފިރާޤު

    ޕީޕީއެމް ސަރުކާރުގެ ފަސްއަހަރުގައި އެތރެޔާއި ބޭރުން ކަލޭމެން އިސްވެތިބެ ސަރުކާރަށް ޖެއްސި ނުހޮރުއްޕާންތަކާ ދުއްތުރާތަކާއެކުވެސް އެ ސަރުކާރުން އައްޑޫއަށް ގެނަސްދިން ތަރައްޤީ މަދެއް ނުވާނެއެވެ. ފެނާއި ނަރުދަމާ ނިމުމުން އައްޑޫގެ މަގުތަކުގައި ތާރުއަޅައިގެން މޮޅަށްހަދަން ޕީޕީއެމްސަރުކާރުން ވަނީ ފަންޑުވެސް ލިބޭނޭގޮތް ހޯދައިފައެވެ. އެކަމަކު އެފުުރުޞަތު ނުދީ ކަލޭމެން ތިތިބީ ވޯޓުން ބޮޑުތަނުން ވައްކަންކޮށް ޕީޕީއެމްގެ ވެރިކަން ފޭރިގެންނެވެ. ވޯޓުން ވައްކަންކުރުމުގެ ހިތި ނަތީޖާ މިއަދު އެދަނީ ކަލޭމެނަށް ފެންނަމުންނެވެ. ކުރިޔަށްއޮތްތަނުގަ ކަލޭމެންނަށް ކުރިމަތިލާންޖެހިދާނެ ބަދު ނަޞީބުދުވަސްތަކާމެދު ޣާފިލުވެފަ ތިބޭށެވެ.

  24. މާކުން ޢަލީ

    އަވަހެއް ސިޔާސީ ޙަރަކާތުން ދުރަށްދޭ! ހިތަދޫ ރަށްދެބއިމަގުގައި ތާރުއެޅީ ޕީޕީއެމް ސަރުކާރުން. ހުޅުދޫ ފޭދޫގެ ބައެއްމަގުތައްވެސް ހެދި

  25. ހަސަނު

    ޕީޕީއެމް ސަރުކާރުން އައްޑޫ ކެޑެއި މަގަހެދުމުގެ ކުރިން ކެރާއްޖެހި ނިވެ ތިބިކަންތައް.އޭނަރަދަމާ އެޑުން ކަހަލެއި ކަންތެތި.މިދައުރު ލިބެނެ އެއްތެއްނާ އަތެޅެ ނިވިއްކައި ތެކަންކެެރާށިއެ. ޔާމީނުކަލޯ އަކީ އެކަހަލެއި ކަންކެރާއް އެނގޭ ކަލޯއައް.ނިޒާރުއަށް ވަރަށް ސަލާމް.

  26. ސަންފައްތަ

    އެމްޑީޕީން މިޤައުމުގެ ތަރައްޤީއަށް އެންމެ އަލިފާން ދަނޑިޔެއްވެސް ހަދާދީފަ ނެތް.

  27. ޢަދުރޭ

    އެމްޑީޕީ ސަރުކާރުން އައއްޑުއަށް ކޮށްދިނީ އެންމެ ކަމެއް އ އެއީ އިނގިރޭސިންނާއި ރަޝިޔާ ސަރުކާރުން ބޮޑެތި ޢަދަދުތަކުން ފައިސާ ދޭން އެދިގެންވެސް ކުރީގެ ސަރުކާރު ތަކުން އެވެރިންގެ ބޭހެއް އެތަނުގައި ހަދަން ނުދީފަ އޮއްވާ . ތަމްރީނުދޭ މަރުކަޒެކޭ މުށައްވައޭ ކިއާފަ އިންޑިޔާ އަށް އައއއްޑޫގައި ބޭހެއް ހަދަން އެއޮތީ ދީފަ . އައއްޑޫ ރައްޔިތުންގެ މިނިވަންކަންވެސް ގެއްކުލީ .. އައްޑޫ މީހުންނަކީ ވިސްނުންތެރި ބައެއް ތިހެން ގުނބޯ ނެހެއްދޭނެ މޮޅެތި ވާހަކަ ދައްކައިގެނެއް

  28. ހިއުމަން

    އެހެންވެ ނުދައްކާން މިއުޅެނީ. އަނބިދަރިން ބަނޑަށް ޖެހިދާނެ މަސައްކަތްހުއްޓާލީމަ

  29. ދަލޭކާ ދިޔެ

    މާރަނގަޅެއްނޫން މީހުން އަތުން ނަގާފައި ހުރި ފާއިސާގެ ދަރަނި އަދާކުރިއްޔާ .. ލަދު ކޮބާ؟

  30. އެމަންޖެ

    މޑޕ އިން މުޅި ރާއްޖެ ތަރައްގީ ކޮއްފަ މިއޮތީ މާލެޔާ ހުޅުލޭއާ ދޭތެރެ އެޅި ބުރިޖުވެސް އެޅީ މޑޕ އިން.

  31. ބެއްޔާ

    މިމަހުގެ ތެރޭގައި ނިޒާރް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފާއިތުވި 5 އަހަރު އައްޑޫގައި އެއް ކިލޯ މީޓަރުގެ މަގެއް ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ.

    އޭރު ނިޒާރު ވިދާޅުވީ، އެ ސަރުކާރުން ހަދާފައިވަނީ ފޭދޫ ރަށްދެބައި މަގުގެ 0.7 ކިލޯ މީޓަރު މަގަކާއި ހިތަދޫއިން 0.4 ކިލޯ މީޓަރު މަގެއް ކަމަށެވެ.