ހެންވޭރު ގެއެެއްގައި ހުރި ގޭސް ފުޅިއެއް ގޮވައި އެކަކަށް އަނިޔާވެއްޖެ އެވެ.

އަނިޔާވި މީހާ މިހާރު ވަނީ އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހެންވޭރު ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެކަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު އެސްބީއައި ކައިރީގައި ހުރި ގެއެއްގައި ކަމަށެވެ.

އެ ސަރަހައްދަށް އެމްއެންޑީއެފް އިންވެސް ދިޔައެވެ. އެހެން ނަމަވެސް އެ ސަރަހައްދަށް ދިޔައިރު ގޭސް ފުޅީގައި ރޯވި އަލިފާންގަނޑު ވަނީ ނިވިފައެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވެފައި ވަނީ އުދުން ރޯކުރި އަންހެނަކަށް ކަމަށެވެ. އަދި މި ހާދިސާގައި އަލިފާން ރޯވެފައި ނުވާ ކަމަށާއި، ނަމަވެސް ބަދިގޭގެ ކަޕަޑުތަކަށާއި، ހިފާ ގެންގުޅޭ ތަކެއްޗަަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޯ

    އަނެއްކާވެސް އަލިފާން ސީޒަން އައީ ތޯއްޗެއް!!! ޔާﷲ އަނިޔާ ލިބުނު މީހާއައް އަވަސް ށިފާއެއް މިންވަރު ކުރައްވާ އާއިލާއައް ކެއްތެރިކަން މިންވަރު ކުރައްވާށި! އާމީން. 😔

    25
    1