ސިނަމާލެ ބްރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާއްމުން ވެގެން ހިފަހައްޓައިފިއެވެ.
މިކަން ހިނގާފައި ވަނީ މިރޭ 8:15 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 8:20 ހާއިރު ބްރިޖް މަތިން ފުންމާލަން އުޅުނު މީހަކު އާއްމުންގެ އެހީތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ހިފަހައްޓާފައި ވަނީ އެވަގުތު އެ ސަރަހައްދުގައި ކަސްރަތަށް ގޮސްގެން އުޅުނު ބައެކެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވިގޮތުގައި، އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މީގެ އަށް ވަރަކަށް މަސް ކުރިން ބްރިޖް މަތިން މީހަކު ކަނޑަށް ފުންމާލިއެވެ. އެ ދުވަހު ކަނޑަށް ފުންމާލީ ބިދޭސީއެކެވެ.
ތިޔަވާނީ ހެންވޭރު މެދުދާއިރާގެ އަލީ އާޒޮމު ނޫނީ ޖާބިރު ބަލާތި ރަނގަޅަ އް
ބުރިޖު މަތިން މީހެއްގެ އަމިއްލަ މިނިވަންކަމަށް އަރައިގެންފި. އެ ބުރިޖުމަތިން ފުންމުމަކީ މަނާކަމެއް ނޫން، ބަޔަކު ޖޭވެގެން އޭނަ ހިފެހެއްޓީ، އެއްބަޔަކަށް ކުރަން ނުކެރުނަސް އަނެއްބަޔަކަށް ކުރަން ކެރޭ ކަންކަމަށް ހުރަސް އެޅުން އެއީ ކޮންކަމެއް.
ކީއްކުރަން ހިފެހެއްޓީ ދޫކޮއްލިނަމަ މަރުވީމަ އެކަން އެގޭނެ
ބުރިޖު މަތިން ފުއް މާ ލިޔަސް އޯކޭ. އެކަމު ބުރިޖު މަތިން ފުންމާލައިގެން ނުވާނެ ި.