ޓެލެކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ މައްސަލައިގައި، އޭނާއާ ދެކޮޅަށް ވޯޓުދޭން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ވެސް ނިންމައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ތިއްބަވަނީ މަޖިލީހުގެ ނުވަ މެންބަރުންނެވެ. އެއީ ޕީޕީއެމްގެ ހަ މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންނެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވެސް މިއަދު ވަނީ މަލީހް މަގާމުން ދުރުކުރަން ތްރީލައިން ވިޕެއް ނެރެފައެވެ.

އެމްޑީޕީއަކީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ ޕާޓީ އަށް ވާތީ، އެ ޕާޓީގެ މެމްބަރުން ވިޕާ ހިލާފު ނުވެއްޖެ ނަމަ މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވާނެ އެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުން ވަނީ މަޖިލީހުގައި ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތެވެ. އެއީ 43 އެވެ.

މަލީހް މިނިސްޓަރުކަން ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. މަލީހް މަގާމުން ދުރުކުރަން އެމްޑީޕީ އިން މަސައްކަތް ކުރަން ފެށުމުން އޭނާ ގެންދަވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ވެސް ދެއްވަމުންނެވެ.

މަލީހް މަގާމުން ދުރުކުރުމާއިމެދު ރައީސް ޞާލިހް ގޮތެއް ނުނިންމަވާ ކަމަށް މީގެ ދެހަފްތާ ކުރިން ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މަލީހްގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ރައީސް ޞާލިހް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަދީފް

    އެއްޗެއް ވިދާޅުނުވެ ހުރެ ހުރިހާ ނުބައެއްގެ މޭސްތިރިއަކީ ހޮލޯމޭން.އެމްޑީޕީގެ މީހަކު ތިޔަ މިނިސްޓްރީއަށް ލީމަ އިންޓަނެޓް ސްޕީޑް ހުންނާނީ ނާސާގަ ހުންނަ ސްޕީޑްގަ.މިތިބީ ބަލަން ކަލޭމެން ތިކުޅޭ ކުޅި.ވ.ވެދުން

    8
    1
  2. ބޯޖަލީލު

    މަލީހަށް އަލިފާންކެވޭނެ މިފަހަރު ކަލޯމެނަން އެމް ޑީ ޕީ ދަސްނުވޭދޯ

    10
  3. ައަހުމަދު

    މާލަސްވެސްވެއްޖެ ހިންގުންތެރިކަމެއް ހުންނަމީހެއްނޫން ތީ ގަސްހެއްދުނީމަނިމުނީ.

    6
    2
  4. ކަންޒޭ

    ކަންޒު ކަހަނބެއް ވެރިކަމުގައި ހުރީމަ ފަހަތުގައިވެސް ތިބޭނީ އެކަހަލަ އެއްޗެހި! މަގާމުން ދުރުކުރަންވީ މިނިސްޓަރުންނެއްނޫން ، މަގާމުން ދުރުކުރަންވީ ސުލޯލިހު!

  5. Happy

    ކަޑަ މިނިސްޓަރެއް ވިކިކުރޭ!!

  6. މޯޑު

    އިދިކޮޅުން މަލީހާދެކޮޅަށް ވިޕެއް ނުނެރޭ! މަޖްލިސްގެ ތަޅުމުގައި ފެންނަނީ އިދިކޮޅު މެމްބަރުން މަލީޙްގެ ދިފާޢުގައި ވާހަކަދައްކާ މަންޒަރު!