ޏ. ފުވައްމުލައް ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު އެ ސިޓީން ފެނުނު އާ ވޭދަނައާއެކު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 48 އަށް އަރާފައެވެ. މީގެ ތެރެއިން އެކަކު ވަނީ އައްޑޫ ސިޓީއަށް ފޮނުވާލާފައެވެ. އެއީ އައްޑޫ ސިޓީގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާ ވަނީ ބަލިން ރަނގަޅުވެފައެވެ.

މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 19 މީހަކަށެެވެ.

އަދި އެ ރަށުން ފައްސިވި 28 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު އެ ސިޓީގައި ކޮވިޑްގެ ހަތަރު އިހަލެއް އެބަ އުޅެއެވެ، އެއީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ އިހަލާއި، އަދި އެރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކާއި ގުޅުން ހުރި އިހަލާއި، އެރަށަށް ބަނދަރު ކުރި އުޖާލާ ބޯޓުގެ އިހަލާއި، ބަނދަރުގައި އޮތް އިތުރު ބޯޓެއްގެ އިހާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު