މާދަމާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށާއި، އެކަމަކު އެއ ީވަޒީފާ ދިފާއު ކުރައްވަން ނޫން ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ދެ ގަޑިއިރަަށް ދެމިގެންދާނެއެވެ. އަދި މިނިސްޓަރު މަލީހަށް ޖަވާބުދާރީ ވުމަށްވެސް 30 މިނެޓްގެ ފުރުސަތު ލިބިގެންދާނެއެވެ.

މިނިސްޓަރ މަލީހް މިރޭ ވިދާޅުވީ، މާދަމާ ހެނދުނު މަޖިލީހަށް ވަޑައިގަންނަވާނީ އޭނާގެ ވަޒީފާގެ ދިފާއު ކުރަން ނޫން ކަމަށާއި ގާނޫނު އަސާސީގެ މާއްދާ 27 ގެ ދިފާއުގައި ކަމަށެވެ.

"ދުލާއި ގަލަމުން އެމީހަކަށް ފެންނަ ވާހަކައެއް އިސްލާމްދީނާއި އަސްލަކާ ހިލާފު ނުވާ ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށް ލިބިގެންވޭ"، މަލީހް މިރޭ ކުރެއްވި ޓްވީތްގައި ވެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވެސް މިއަދު ވަނީ މަލީހް މަގާމުން ދުރުކުރަން ތްރީލައިން ވިޕެއް ނެރެފައެވެ. އަދި މީގެ އިތުރުން، އޭނާ މަގާމުން ދުރުކުރަން އިދިކޮޅު މެންބަރުން ވެސް ތްރީލައިން ވިޕެއް ވަނީ ނެރެފައެވެ.

މަލީހް މިނިސްޓަރުކަން ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުމޭ

  މާއްދާ 27 ގިރައިގެން ބޮއެބަލަ، ލަދެއްވެސް ނުގަނޭ

  2
  1
 2. ހަނާ

  ފުއްޖަހައިގެން ދާތި

 3. މޮޔަސޮރު

  ކޮއްކު މުޔަވީތަ

 4. ާއަހުމަދު

  ފޭލިބޭބެ ލަދު ހަޔާތް ކުޑަކަން ބަލާބަލަ ދެން ދޭ ޕީޕީއެމް އަށް އަނެއްކާ ދުވަސްކޮޅަކަށް ވަޒީފާ ލިބޭނެ

 5. ފަޟީލާ

  ދެން އޮތްތަނުގަވެސް ކަލޭ ދުވާނީ ޔާމީނަށް ކުނިހުތުރުގޮވަމުންތަ؟ ހަމަ ސުވާލުކޮށްލީ

 6. އަލީ

  ޕީޕީއެމް ކުދިން ރެޑީވޭ މަލީހް ޕީޕީއެމްއަށް ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވަން.

 7. ޖަނާޒާ

  އިސްތިޢުފާ ނުދީ ހުރިއްޔާ ބޭނުމިއްޔާ ކަރުގައި ވާޖަހާފައިވެސް ގެންނދެވޭނެދޯ! ޢިބްރަތުލްއެމްޑީޕީގެ 23 ވަނަ އެޕިސޯޑް!