ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަލާފައިވާ އުސޫލާއި ހިލާފުވާ ތަންތަން 24 ގަޑިއިރަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑައިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކަށް ބޯލަނބާތޯ ބެލުމަށް މިދިޔަ ހަފްތާގައި މާސް އިންސްޕެކްޝަން ފެށިކަމަށެވެ. މިއީ އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.

މި އިންސްޕެކްޝަންގެ ތެރެއިން މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތަކާއި، ފިހަރާތަކާއި، ސެލޫންތައް އަދި ޖިމްތަކާއި މާރުކޭޓްތައް ބަލައެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން ނޯޓިސް ދީ ޖޫރިމަނާ ވެސް ކުރެއެވެ. އެ މަސައްކަތުގެ ތެރެއިން ފުރަތަަމަ ދެނީ ވައިޓް ނޯޓިސް އެވެ. އެއީ ނަސޭހަތްތެރިވުމުގެ ގޮތުން ދޭ ނޯޓިސް އެކެވެ. ދެން ދެނީ ރެޑް ނޯޓިސް އެވެ. އެއީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެވެ. އޭގެ ފަހުން އެތަން ޖޫރިމަނާ ކުރެއެވެ.

އެހެން ނަމަވެސް މިހަރު މި އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.

ނާސިރް ވިދާޅުވީ، މިހާރު ތިން ވަަނަ މަރުހަލާގައި ޖޫރިމަނާ ކުރުމުގެ ބަދަލުގައި އެފަދަ ފަރާތްތައް 24 ގަޑިއިރަށް ބަންދު ކުރާ ގޮތަށް ބަންދު ކުރާ ގޮތަަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެހެންވީމަ ކުރިއަށް އޮތްތާގައި އަޅުގަނޑުމެންގެ އިންސްޕެކްޝަންގައި ގައިޑްލައިންތަކާއި އެއްގޮތަށް ނެތްކަމުގައި ވަނީނަމަ ފުރަތަމަ ވައިޓް ނޯޓިސް، ރެޑް ނޯޓިސް އަދި އެއަށްވުރެ ތަންތަން 24 ގަޑިއިރަށް ބަންދު ކުރަނީ"ނާސިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު