ގއ. ވިލިނގިލި ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ އެތަނުން އެކެއްގެ ޙާލު ސީރިއަސް ވެގެން ފަރުވާދޭން ފަށައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ވިލިނގިލީ ނެރުން ނިކުންނަން ދިޔަ ދޯންޏަކާއި އެރަށުގެ ނެރުން ވަންނަން ދިޔަ ލޯންޗަކާއި ޖެހިގެންނެވެ.

މި ހާދިސާގައި ހާލު ސީރިއަސް ވެފައިވާ މީހާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެކްސިޑެންޓްގައި ދެން އަނިޔާވި ތިން މީހުންނަށް ވެސް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއެކްސިޑެންޓާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ.