ހެންވޭރު ކާނިވާ ސަރަހައްދަށް ނޫންގޮތަކަށް ސުލްހަވެރިކަމާއެކު އެއްވުން ޤާނޫން ހުއްދަ ނުކުރާކަމަށް ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަކީލު ނިޝާން ވިދާޅުވެފައިވަނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމާއި ގުޅޭ ގޮތުން އޭނާ ކުރި ޓްވީޓެއްގައެވެ.

ޓްވީޓްގައި އޭނާ ވިދާޅުވީ ކާނިވާ ސަހަރައްދުގައި ނޫންގޮތަކަށް އެއްވުން ބޭއްވުމަކީ 1/2013 (ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ ޤާނޫން) ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފުލުހުންގެ ހުއްދަ ލިޔުމުން ނުލިބި ހުއްދަކަމެއް ނޫންކަމަށާއި، މިއީ ރައީސް ޔާމީންގެ ޒައާމަތުގައި އާންމުކޮށްފައިވާ އިއުލާނެއްގެ މައްޗަށް ތަރުތީބުވާ ތަރުތީބުމެއްކަމަށެވެ.

އެކަމާއި ގުޅޭ ލިޔުންތައްވެސް އެޕޯސްޓްގައި ހިނަމާފައިވެއެވެ.

ޓްވިޓާގައި ހިމަނާފައިވާ ލިޔުންތަކުގެ ތެރޭގައި ޤާނުން ނަމްބަރ 1/2013 (ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ ޤާނޫން) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނާއި އެޤާނޫންގެ ދަށުން ހޯމް މިނިސްޓްރީން އިއުލާންކުރަންޖެހޭ އިއުލާންތައްވެސް ހިމަނާފައިވެއެވެ.

އެގޮތުން 2016 އޯގަސްޓް 31 ވަނަ ދުވަހު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްވެސް ހިމަނާފައިވެއެވެ. އެއިއުލާން ބުނާ ގޮތުން ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ ޤާނޫންގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައާއިއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ބަޔާންކޮށްފައިވެއެވެ.

މިއިއުލާނަށް ބާރުދީ 2020 ޖުލައި 14 ވަނަ ދުވަހު މިހާރުގެ ސަރުކާރުން ކޮށްފައިވާ އިއުލާނެއްވެސް ނިޝާންގެ ޓްވީޓްގައި ހިމަނާފައިވެއެވެ.

ނިޝާންގެ ޓްވީޓް އަމާޒުކޮށްފައިވާ ޤާނޫނަކީ 1/2013 ގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫން ނަންބަރު 20/2016) ގައިވާ އިސްލާހުގެ މައްޗަށެވެ. އެއިސްލާހުގައި ބަޔާންކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައާއިއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީއޮފް ހޯމް އެފެއާޒުން ކަނޑައަޅައި އާންމުކޮށްފައިވާ ތަންތަނުގައި އެކަނިކަމަށެވެ. މިނިސްޓްރީއިން ކަނޑައަޅާތަންތަން އެޤާނޫނަށް ޢަމަލުކުރަންފަށާތާ 30 ދުވަހުގެ ތެރޭގައި އާންމުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާދަމޮޅުވަކީލެކޭ

    އެހެން ވެރިކަމެއް ވިއްޔާ އިދިކޮޅުން އޯކޭ މުޅި މާލޭގަ މުޒާހަރާ ކުރިޔަސް!

    10
    4
  2. މާމީ

    ވަކީލުން ނަކީ ސިއާސީ ބަޔާން ނެރޭ ބައެއްނޫން ކިހާވަރެއް ދީގެން ނެރެދިން ބަޔާނެއްތޯ؟؟؟

  3. ކޮވިޑް

    މާނަ އަކީ 1/2013 އިން 2021 އާހަމަޔަށް މަޅޭގަ ކުރިއްޔާ ކުރި ނުވަތަ ބޭއްވިއްޔާ ބޭއްވި މުޒާހަރާ އެއް ވުން ތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ލިބިގެން ބޭއްވި އަދި ކުރި މުޒާހަރާ އޭ ތޯ ؟ ޝުކުރިއްޔާ ނިޝާން ސަރ 08 އަހަރު ފަހުން މިއަދު ތިވާހަކަ ހިއްސާ ކުރީތީ. ތި އިޙްލާސްތެރި ޓްއިޓަށް ކިހާވަރެއް ލިބުން ތޯ ސަރ އަށް؟

  4. ޖަނާޒާ

    ތިޔަ މާއްދާ އުވާލަން ވަޢުދު ވެގެންއައި ސަރުކާރުނޫންތޯ މިއީ (ވަކީލުސާހަބު) ! ކޮބާ ލަދު! ކޮބާ ލަދު ! މިސަރުކާރުގެލަދު ނެތީތޯ! ކޮބާ އެ ޤާނޫނު އުވާލަންވީ ވަޢުދު އެ މީހުން! ކީއްވެގެންތޯ ތިޔަ ވަކީލުންނނަށް އެވާހަކަ ނުދެއްކެނީ! ބޭކާރު ވާހަކަ ދެއްކެނީ ! ކޮބާ ތޯ ދިމާކުރާތީ އާއި އަމާކުރާތީ !