އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަ މަޖިލީހުގެ މެންބަރުންނަށް ހަޖަމުނުކުރެވިގެން ކަމަށް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހްގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި މެންބަރުން ބަހުސް ކުރައްވަން ފެއްޓެވުމުގެ ކުރިން މަލީހަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ މިއަދު އޮތީ ކޮންކަމެއްތޯ އޭނާގެ ދިހަ އަހަރުގެ ދަރިފުޅާއި ހަތަރު އަހަރުގެ ދަރިފުޅު ސުވާލު ކުރިކަމަށެވެ. "އަޅުގަނޑު ދެންނެވިން މިއުޅެނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަ މަޖިލީހުގެ މެންބަރުންނަށް ހަޖަމުނުކުރެވިގެންނޭ. ކިހިނެއްހޭ ބައްޕަ ހަދަންވީ. ދަރިފުޅު ވިދާޅުވީ އެއްވެސް ގޮތަކަށް ފަހަތައް ޖެހިގެން ނުވާނެއޭ." މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ އޭނާ މަޖިލީހަށް ހާޒިރުވެ ހުރީ ވަޒީރު ކަމުގެ މަގާމު ދިފާއު ކުރަން ނޫން ކަމަށެވެ. "އަޅުގަނޑު މަޖިލީހަށް ހާޒިރުވެ މިހުރީ އަޅުގަނޑުގެ ވަޒީފާ ދިފާއު ކުރާކަށް ނޫން. (އަޅުގަނޑު) މިހުރީ ޤާނޫނު އަސާސީގެ މާއްދާ 27 ދިފާއު ކުރަން. މިއީ އެއްވެސް އަސާސެއް ނެތް، ދޮގާއި މަކަރާއި ހީލަތުން ދައުލަތުގެ ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށްޓަކައި މިމަޖިލީހުގެ އިއްޒަތްތެރި މެންބަރުންތަކެއް ކުރިއަށް ގެންދާ ޒާތީ މައްސަލައެއްކަން ވަރަށް ހިތާމައާއިއެކު ފާހަގަ ކުރަން." މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ހުރިހާ އިޖުރާއަތުތަކެއް މިހާތަނަށް ކުރިއަށް ގެންދަނީ ދޮގާއި މަކަރާއި ހީލަތުން ކަމަށެވެ.
މަލީހް ވިދާޅުވީ މަޖިލީހުގެ 14 މެންބަރަކު ހުށަހެޅި މައްސަލަ ރައްދުވަނީ އޭނާއަށް ކަމާއިމެދު ވެސް ޝައްކު އުފެދޭ ކަމަށެވެ. މަލީހް ވިދާޅުވީ އޭނާ އަށް މަޖިލީހުން ފޮނުވި ލިޔުންތަކާއިމެދު ޝައްކު އުފެދޭތީ އެކަން ބައްލަވައިދެއްވުން އެދި މަޖިލީހަށް ފޮނުއްވާފައި ވާނެ ކަމަށެވެ. "އެލިޔުމުގެ ފުރަތަމަ ޕެރެގްރާފްގައި އޮތް ނަމާއި ހަތަރު ވަނަ ޕެރެގްރާފްގައި އޮތް ނަމާއި ދިމާނުވާކަން އަޅުގަނޑު ފާހަގަކުރަން." މަލީހް ވިދާޅުވިއެވެ.
މަލީހް އެހެން ވިދާޅުވުމާއިއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ "އިއްޒަތްތެރި ވަޒީރަށް ކިޔަނީ ކޮންނަމެއްތޯ؟" ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ. މަލީހް އޭނާގެ ނަން ވިދާޅުވުމުން ނަޝީދު ވިދާޅުވީ މަޖިލީހަށް ހާޒިރުވެ ވަޑައިގެން ހުންނެވީ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހްކަން ސާފުވާކަމަށާއި މަލީހް މަޖިލީހަށް ވަޑައިގެންނެވީ އެކަން ސާފުވާތީ ކަމަށެވެ.
މަލީހް މަގާމުން ދުރުކުރުމަށް އެމްޑީޕީ އިން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. އެހެންކަމުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ވިޕާއި ހިލާފު ނުވެއްޖެނަމަ މަލީހް މަގާމުން ދުރުކުރެވޭނެއެވެ. ވަޒީރަކު މަގާމުން ދުރުކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.
ޢަދިވެސް ގަދަބަސް.. ވިކިކުރޭ!
މީނަ މިނިސްޓރަކަށް ލުމުން ކުރެވުނު ކަމެއްހަޜާން...ރާއީސް ގެޥައުދުތަކެއްވާ ކަމެއްހަދާނެއްނެތް! ޥަކިކުރޭ!!
ބަލަގަ ތިތަނަކީ ފިދަނަ ދެފަ އިން އަރާ ގާނޫނު މުގުރާތަނެތް.
ބަރުލަމާނީ ނިޒާމަށް މަލީހު ތާއީދު ނުކޮށްގެން މަލީހު މިނިސްޓަރު ކަމުން ވަކި ނުކުރެވޭނެއޭ ތަމެންގެ ވެރިކަމަކީ އެއީ ދުވަހަކު ވެސް ކަމެއް ކުރާ ވެރިކަމެއް ނޫނޭ ދެން ކައިކައިގެން ތިބެނީއޭ އަލިފުލައިލާ ވާހަކަ ކިޔަން ކަން މިހެން ހުރުމުން މަލީހު މަގާމުން ވަކި ކުރާނަމަ ނައިބް ރައީސް ފައިސަލް އާއި ރައީސް އިބޫ ވެސް މަގާމުން ވަކި ކުރަން ޖެހޭނެ ކަމަށް މަމެން ދެކެމޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...
ތިޔަ ރީނދޫ ހުމުގެ މީހުން ރަނގަޅެކޭ ނޫން.. އެކަމު މަލީހު 3 އަހަރު ވީއިރު މޮޅު ވާހަކަ ދެއްކުން ފިޔަވާ ކުރީ ކޮންކަމެއް؟؟ ބުއްދި ގޯސް މީހެކޭ ތަފާތެއް ނެތް ތުންފަތުގަ ލިޕްސްޓިކު ޖައްސައިގެން އަރާ މޮޅެތި ކަރާ ފަޅަނީ.. ޒިންމާ އަދާ ނުކުރެވޭ މީހަކު ބޭރުނުކޮށް ބެހެއްޓުމުގެ މާނައެއް ނެތް
ބްރޯ . ބްރާންތީންނާ އެކީ މަސައްކަތެއް ނުކުރެވެނެ.
މަލީހްގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި މެންބަރުން ބަހުސް ކުރައްވަން ފެއްޓެވުމުގެ ކުރިން މަލީހަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ މިއަދު އޮތީ ކޮންކަމެއްތޯ އޭނާގެ ދިހަ އަހަރުގެ ދަރިފުޅާއި ހަތަރު އަހަރުގެ ދަރިފުޅު ސުވާލު ކުރިކަމަށެވެ. "އަޅުގަނޑު ދެންނެވިން މިއުޅެނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަ މަޖިލީހުގެ މެންބަރުންނަށް ހަޖަމުނުކުރެވިގެންނޭ. ކިހިނެއްހޭ ބައްޕަ ހަދަންވީ. ދަރިފުޅު ވިދާޅުވީ އެއްވެސް ގޮތަކަށް ފަހަތައް ޖެހިގެން ނުވާނެއޭ." މަލީހް ވިދާޅުވިއެވެ.
ތަޞައްރަފު ނުފުދޭ ކަމުގެ ރީތި މިސާލެއް.
😃😃😃
ރައީސް ޔާމީންގެ މޮޓޯ 1. حسبنا الله ونعم الوكيل
ރައީސް ޔާމީންގެ މޮޓޯ 2 " ދިރުމެއްވާނަމަ އުއްމީދެއް އޮންނާނެ "
މިސް ކިތްތައް އޭސީ ކުރުމަ ކީވެސް ވައުދެއްނޫންތޯ ؟؟ ކޮބައިތޯ މަޖިލިސް ؟