ހުޅުމާލެ ވައިޓް ބީޗް ކައިރީ ހުރި ގުދަނެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް މޯލްޑިވްސް ނެޝެނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ޙަބަރު ލިބުނީ ރޭ މެންދަމު 2.43 ހާއިރު ގައި ކަމަށެވެ. އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯގައި ފުދޭ ވަރަކަށް ބޮޑަށް އަލިފާން ރޯވެފައި ހުރި މަންޒަރު ފެނެއެވެ.

ރޯވެފައިވާ ގުދަން - ފޮޓޯ: އެމްއެންޑީއެފް

ރޭވެފައިވާ ހުޅުގަނޑުގެ އެއްކޮށް ކޮންޓްރޯލް ކުރެވިފައި ވަނީ މެންދަމުން އަލިވެ، 3:30 ގެ ފަހުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަލިފާން ރޯވި ގުދަނުގައި ހުރީ އިންޖީނާއި އޭގެ ސާމާނު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަން

    ހުޅުމާލޭގެ މީހުން ދިރިއުޅޭ ހިސާބުތަކުގައި ގުދަން ކުރަން ހުއްދަ ކުރަނީ ކޮން އުސޫލަކުންބާ؟ އަހަންނަށް ހީވެފައި އޮތީ ގުދަން ކުރަންޖެހެނީ އިންޑަސްޓްރިއަލް ސަރަހައްދުގައި ކަމަށް. އެކަމަކު އަހަންނަށް ވެސް އެނގޭޭ އެމީހަކު ކުރަން ބޭނުން ކަމެއް އެމީހަކު ކުރަން ބޭނުން ތަނެއްގައި ކުރުމުގެ މިނިވަން ސިޔާސަތެއް އެޗް.ޑީ.ސީ އިން ގެންގުޅޭކަން. ބޮޑު މުސާރަ ނަގައިގެން ތިބޭ އިންސްޕެކްޓަރުންނާއި އެކިއެކި އޮފިސަރުން ތިއްބަސް މުޅި އެޗް.ޑީ.ސީ ވަނީ ހަރާބުވެފައި. އެމް.އެން.ޑީ.އެފް އަދި ޕޮލިސް އިން ވެސް މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގުދަންތައް ބަލާ އިތުރު ނުރައްކާތެރި ކަމެއް ކުރިމަތިވުމުގެ ކުރިން އެތަންތަން ނަގަން އެންގުން މުޙިއްމު.