ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ އިޚްލާސްތެރިކަމެއް އޮތް ނަމަ މަޖިލީހުގެ ތަޅުމުގައި މިއަދު ވޯޓް ނަގާނީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނޫން ކަމަށާއި ނަގަން މަސައްކަތް ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާއެކުގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ މަލީހްގެ އިތުބާރު ނެތް މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ނުކުރެވިގެން ދިއުމަކީ ހަމައެކަނި މިނިސްޓަރު މަލީހް ފެއިލްވުން ނޫން ކަމަށާއި އެއީ މުޅި ސަރުކާރު ފެއިލްވުން ކަމަށެވެ.
ސަރުކާރުގެ ވައުދުތައް ނުފުއްދި ދިއުމުން ވަރަށް ގިނަ މިނިސްޓަރުން މިހާރު ވެސް ވަކިކުރެވިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރަށް ވައުދުތައް ނުފުއްދިގެން ދިއުމުން ސަރުކާރުން ވަރަށް ގިނަ ބަޔަކު ވަކި ކުރަމުން މި ދަނީ. ފެއިލްވީމަ ވަކިކުރަން ޖެހޭ ކަން އެމްޑީޕީގެ މެންބަރުން ވެސް މިހާރު އެބަ ގަބޫލު ކުރޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އިޚްލާސްތެރިކަމެއް އޮތް ނަމަ މިއަދު މަޖިލީހުގައި ކުރިއަށް ދާނީ މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނޫން ކަމަށެވެ. މަޖިލީހުގައި ކުރިއަށް ދާން ޖެހިފައި އޮތީ ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެމްޑީޕީގެ މެންބަރުންގެ އިޚްލާސްތެރިކަމެއް އޮތް ނަމަ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނީ މަލީހްގެ އެއް ނޫން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތް ކަމަށް ވޯޓް ނަގާނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ޖެންޑާ މިނިސްޓަރު ކަމުގައި ކުރިން ހުންނެވި ޝިދާތާ ޝަރީފް އާއި ހެލްތު މިނިސްޓަރު ކަމުގައި ކުރިން ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން އުޅުނެވެ. މަޖިލީހުގައި މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް މި ދެ މިނިސްޓަރުން ވެސް އިސްތިއުފާ ދެއްވީއެވެ.
ޝިދާތާއަކީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރެކެވެ. އަމީނަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރެކެވެ. މިހާރު އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާ މަލީހަކީ ވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރެކެވެ. ޝިދާތާގެ ބަދަލުގައި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ބޭފުޅަކު އައްޔަން ކުރެއްވިއިރު އަމީންގެ ބަދަލުގައި އައްޔަން ކުރެއްވީ އެމްޑީޕީގެ އަހުމަދު ނަސީމް (ކެރެފާ ނަސީމް) އެވެ. އެހެންކަމުން ސަރުކާރު ކެބިނެޓުގައި އެމްޑީޕީގެ ނިސްބަތް ވެސް އަންނަނީ އިތުރުވަމުންނެވެ.
ކަލޭމެންގެ ފަސްއަހަރު މަޖިލިހުގެ ރައީސް އިތުބާރު ނެތްކަމަށް ވޯޓްނަގަން އުޅުމުން ފެނިގެން ދިޔަ ކަންތައް ހަދާން އެބަހުރިތަ ؟
ގާނޫނީ ސަރުކާރަކަށް ވަނީ ރައްޔިތުންގެ ވޯޓް ދީގެން ހޮވީމައެއް ނޫން. ވޯޓްދީގެން މިހޮވަނި ގާނޫނީ ސަރުކާރެއް ހިންގާނެ ބޭފުލެއް . އެބޭފުޅަޔާ ހަވާލުކުރަނީ ކީރިތި ގުރްއަނައި ގާނޫނުއަސަސިއައި ގާނޫނުތައް. އެކަންއެގެނީ ކުރައްވާ ހުވައިން. ކީރިތި ގުރްއާނައި ގާނޫނުއަސާސީއައި ގާނޫނުތަކުގައި ވާފަދައިން ވެރިކަން ނުކުރެވޭނަމަ ގާނޫނީ ސަރުކާރެއް ނޯންނާނެ. އެހިސާބުން ރައީސުލްޖުމްހޫރިއްޔާ އަދާކުރަންޖެހޭ ވާޖިބަށް އިހުމާލުވުމުން މަގާމުން ވަކި ކުރުމުގެ ބާރު ހަވާލު ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހާއި ،ރައްޔިތުންގެ މަޖިލީހުން ރާއީސް ދުރުކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ނަޅައިފަިނަމަ އަނެއްކާވެސް އެބާރު ރައްޔިތުންނަށް ލިބިގެންދާނެ. އެއީ މުޒާހަރާ ކުރުން. މުޒާހަރާ ހުރެވޭނީ ގާނޫނީ އިމަށް ވަނުމަށް ނުވަތަ މަގާމް ދޫކޮށްލުމަށް .އަމިއްލަ އިހްތިޔާރުގާ މިއިންމަގެއް ރައީސް ހިޔާރު ކުރައވަންވާނެ. ދިވެހިގައުމު މިއޮތީ މިހާލަތަށް އައިސްފަ.
ކަލޯ ބޮތްކާ! މަސީޙްގެ އިތްބާރުނެތްކަމުގެ ވޯޓު ވެއްދީ ސަރުކާރުންތަ؟ ނުވަތަ އޭރުގެ އިދިކޮޅުންތަ؟ ގޮތްހުސްވެ ނާކާމިޔާބުވާނޭކަން ކަށަވަރުވީމާ ފަސްމިލިޔަންރުފިޔާއަށް މެމްބަރެއްމަގުން ސަރުކާރުކޮޅުގައިތިބި 12 މެމްބަރުން ގަނެލީ ސަރުކާރުންތަ؟ ނުވަތަ އޭރުގެ އިދިކޮޅުންތަ؟ އެއްޗެއް ރޯފިލައިގެން ހުރެ ފޮކުނީމާ ރަގަޅުވާނެ!
ރައީސް ބޭރުކޮއްފަ އަނެއްކާވެސް ޖަލުގައޮތް ބޮޑުވަގަށް ރައީސް ކަން ދޭންވީދޯ...އޭރުންތާ ކަލޭމެން ކަހަލަ ކުދިވަގުންނަށް އެއްޗެއްލިބޭނީދޯ.....
އާދަމްޝަރީފް ވިދާޅުވެލައްވަނީ ރަގަޅުވާހަކަފުޅެއްކަން ގަބޫލްކުރަން ނަމަވެސް ފާހަގަކުރެވޭ
ދެރައީސެއްވޭ އެއީ ވެރިކަމަށްއައުމަށް ވެލައްވާފައިވާ ވަޢުދުތައް ފުއްދިފައިނުވާ ނާގާބިލް
ރައީސް، ފާޅުގައިކުރެއްވިކުށަކަށް 13 އަހަރުގެޖަލުހުކުމެއްއައިސް އެހުކުމުގެ އެންމެދުވަހެއްވެސް
ތަންފީޒްނުވާ މިހާރުމަޖިލިސްގެރައީސްކަމުގައިހުންނެވިރައީސް ( ލާދީނީކަންކަމަށްހިތްވަރުދެއްވާކަން
ފާހަގަކުރެވޭތީ ) އިތުބާރުނެތްކަމުގައިވާނީ ހަަމައެކަނި މިނިސްޓަރުކަންކުރައްވާބޭފުޅުންނެތްނޫން
އެބޭފުޅުން ކުރައްވަންބޭނުންފުޅުވާކަންތައްނުކުރެއްވޭނެނޫންތޯ ސަރުކާރަށް އިތުބާރުނެތީމަ ވީމާ
ޝަރީފްވިދާޅުވެލައްވާހެން އިޚްލާސްތެރިކަމެއް އޮތްނަމަ ވޯޓްނަގާނީ ރައީސުންދުރުކުރުމަށް
ދަތްދޮޅި އާދަނު ހަމަ ހުންނަންޖެހޭނީ ތިގޮތަށް އަގަ ތަޅަ ތަޅާ ތީގަ އެއްވެސް އޮތްޓަރެއް ނެތް.
ޥަގު ފުރަތަމަ ކިޔަންޖެހެނީ ނަސީދު ބައްޕަ ކެރަފާސައްތާރަށް.ޢެއީ މައިޓް ކުންފުނީގެ ފައިސާއަށް ހިޔާނާތް ވި ކަން ސާބިތުވެފަ އޮތީމަ.ދެން ވަގު ކިޔަނަސީދަށް އެއީ ވެލާނާގެ އިން 3 ތަލާއި2ތަޅުދަނޑި ވަގަށް ނެގި ކަން ސާބިތު ހު ކުމެއް އޮތީމަ.
އާދަމް ޝަރީފް އެބުނީ ރަނގަޅުވާހަކައެއް އިޚްލާސްތެރިކަމެއް ހުރިނަމަ މިނިސްޓަރުންނެއްނޫން މިއަދު މަޤާމުން ވަކިކުރަން
ވޯޓުނަގާނިީ ހަމޢެކަނި އިޚްލާސްތެރިކަމެއް ހުރިނަމަ މިއަދު ވޯޓުނަގާނީ ރައީސްގެ އިތުބާރު ނެތްކަމައް